Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދުގެ މަރުގެ ދިފާއީ ހެކިވެރިއެއްގެ ގޮތުން އަޅުގަނޑުގެ ނަން ހުށައެޅީ އަބުރު ކަތިލަން: ޒާހިދު ރަމީޒު

މި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކުރިއަށް ގެންގޮސްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޑިސެމްބަރު 2019 | އަންގާރަ 16:44
ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު

ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ ދިފާޢީ ހެކިވެރިއެއްގެ ގޮތުން ނަން ހުށައަޅާފައިވަނީ އަބުރު ކަތިލުމަށް ކަމަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ބުނެފިއެވެ.

ޔާމީނުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކޮށް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ ޒާހިދު ރަމީޒު ހާޒިރު ކުރުމަށް ކޯޓު އަމުރެއް ނެރުމަށް ނިންމަވާފައެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ދައުވާލިބޭ މ. ތާއިފް އިސްމާއިލް ރަޝީދުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ދިފާއީ ވަކީލު މައުމޫން ހަމީދު ޒާހިދުގެ ނަން ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާއިރު، އެކަމާ ގުޅޭގޮތުން ޒާހިދު ބުނީ، މި މައްސަލައިގައި އޭނާގެ ނަން ހުށައަޅާފައިވަނީ، މި މައްސަލާގައި ސިޔާސީ ކުލަވަރު ޖައްސައި އޭނާގެ އަބުރު ކަތިލުމަށް ކަމަށެވެ. އަދި އެއީ ޕީޕީއެމް ބަލިކަށި ކުރުމަށް ކުރި ކަމެއްގެ ގޮތުގައި ޒާހިދުވަނީ ސިފަކޮށްފައެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އިސްމާއިލް ރަޝީދުގެ މައްޗަށް އުފުލާފައިވާއިރު، އިސްމާއިލް ރަޝީދަކީ އޭނާ ދަންނަ މީހެއް ނޫން ކަމަށާއި، ދުވަހަކުވެސް އޭނާއާ ބައްދަލުވެފައި ނުވާކަމަށް ޒާހިދު ބުނެފައިވެއެވެ.

ޒާހިދު ވަނީ އޭނާގެ ނަން ހުށައެޅުއްވުމާއި ގުޅިގެން އިސްމާއިލް ރަޝީދުގެ ދިފާއީ ވަކީލު އަދި ބާރ ކައުންސިލުގެ ރައީސް މައުމޫނު ހަމީދުގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ދިވެހި ރާއްޖޭގެ ބާރ ކައުންސިލަށް ހުށައަޅާފައެވެ. އެގޮތުން ޒާހިދު ބާރ ކައުންސިލަށް ހުށައެޅި މި ލިއުމުގައި ބުނީ، މައުމޫނު ހަމީދު ކަންތައް ކުރައްވާފައިވަނީ "ޕްރޮފެޝަނަލް" މިންގަނޑުތަކާއި ޚިލާފަށް ކަމަށެވެ. އަދި ފުލުހުންނާއި ޕީޖީންވެސް މިމައްސަލައާ ބެހޭގޮތުން އޭނާއާއި ސުވާލުކޮށްފައިނުވާ ކަމަށް ޒާހިދު ބުންޏެވެ.

ޒާހިދު އެހެން ބުނެފައިވާއިރު، ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށައަޅާ ފަރާތަކީ ފުލުހުން ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލް އިން ސުވާލުކޮށްފައިވާ ފަރާތަކަށްވުން ޖިނާއީ އިޖުރާޢަތުގެ ޤާނޫނު ލާޒިމެއް ނުކުރެއެވެ.

ޔާމީން ރަޝީދަށް މަރުގެ އިންޒާރުވެސް ދިން ކަމަށް ބުނާ ޒާހިދު ހާޒިރު ކުރުމަށް ކޯޓު އަމުރު ނެރުމަށް ޝަރީޢަތުން ނިންމާފައިވާއިރު، މިއަހަރުގެ ކުރީކޮޅު މަރު ކޮމިޝަނުންވެސް ވަނީ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޒާހިދު ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެގޮތުން އޭރު ކޮމިޝަނުން ޒާހިދުއާއި ސުވާލުކޮށްފައިވަނީ އޭނާ ކޮށްފައިވާ ޓްވީޓުތަކަކާއި ގުޅިގެންނެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު