Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ގްރީން ކޮޅަށް ހަ ލަނޑު ޖަހާ މާޒިޔާއިން އެއް ވަނައިގައި 11 ޕޮއިންޓްގެ ލީޑެއް!

16 ޑިސެމްބަރު 2019 | ހޯމަ 14:31

މި މެޗުން މާޒިޔާ މޮޅުވީ 6-1 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 16 ޑިސެމްބަރު 2019 | ހޯމަ 14:31
މާޒިޔާ އަދި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އަދި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ އަދި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގައި މާޒިޔާއިން 6 ލަނޑު ގްރީން ކޮޅަށް ޖަހާ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ހޯމަ ދުވަހު ހަވީރު ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ ފަހަތުން އަރައި 6-1 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖަހަން ފުރުސަތުތައް ތަނަވަސްކޮށްފައިވެއެވެ. މެޗުގެ ކުރީ ކޮޅު ގްރީން އިން ލަނޑު ޖަހައި ލީޑު ނެގިއެވެ. މި ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވަރޑް ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އެވެ.

މި ލަނޑާއެކު މާޒިޔާއިން އެ ޓީމުގެ ކުޅުން ރަނގަޅު ކޮށް ގްރީންގެ ގޯލަށް ނުރައްކާ ކޮށްފައިވެއެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބިދޭސީ ފޯވަރޑް ސްޓެވާޓް އެވެ. މި ލަނޑާ އެކު މާޒިޔާ ކުޅުންތެރިން ވަނީ ޕްރެޝަރެއް ނެތި ކުޅެފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޓެވާޓް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ނަގައިފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-1 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިގެން ގްރީން އިން އެޓޭކިންގ ގޭމެއް ކުޅެމުން ގެންދިޔައިރު މެޗުގެ 50 ވަނަ މިނެޓުގައި ދަނގަޑޭ އަށް ވަނީ ޕެނަލްޓީ އެއް ލިބި ބޭކާރުވެފައެވެ.

އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒު ވާގޮތެއް ނުވިއެވެ. މެޗުގައި މާޒިޔާއިން ޖެހި ތިންވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ކާމިޔާބުކޮށްދިން އިރު، މެޗުގެ ހަތަރު ވަނަ ލަނޑު 62 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަސްސަދުﷲ އަބްދުﷲ އެވެ. އަދި މެޗުގެ 66 ވަނަ މިނެޓުގައި ސްޓެވާޓް ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި އަސްސަދުﷲ އަބްދުﷲ އިތުރު ލަނޑެއް ޖެހި އިރު މެޗުގައި މާޒިޔާއިން ޖެހި އެންމެ ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް މަހްދީ (އިއްބެ) އެވެ. މިއީ އަނިޔާ އަށް ފަހު އިއްބެ ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

ދިރާގު ދިވެހި ލީގުގައި މިރޭ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ނިލަންދޫ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

03 ފެބުރުއަރީ 2017
ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް