Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ-ޗައިނާ

ފްރީ ޓްރޭޑް އެގްރީމަންޓް މަރެއް ނުވޭ: ސައީދު

އެގްރީމެންޓް ގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރު

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2019 | އާދީއްތަ 04:38
ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

ދިވެހި ރާއްޖެއާއު ޗައިނާއާއި މެދު 2017 ވަނަ އަހަރު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) "މަރެއް" ނުވާކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ވެފައިވާ ފްރީޓްރޭޑް އެގްރީމެންޓް ކުރިޔަށް ނުގެންދާނެ ކަމަށާއި، އެ އެގްރީމެންޓަށް މަޖިލީހުން ރުހުން ނުދޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވުމާއި ގުޅިގެން ސައީދު ޓްވިޓަރ މެދުވެރިކޮށް ރައްދުދެއްވައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައިނަލްއަގްވާމީ މީޑިއާތަކުގައި ދައްކަވާ ވާހަކަތަކީ އަމިއްލަ ސިޔާސީ މަންފާތަކެއް ހާސިލްކުރެއްވުމަށް ދައްކަވަމުން ގެންދަވާ ވާހަކަތަކެއްކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ އިދިކޮޅު ސިޔާސީ ޕާޓީކަމަށްވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް ކަން ކުރައްވާ ސައީދު ވަނީ ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެބޭފުޅާކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް ބައިނަލްއަގްވާމީ މީޑިއާގައި ދެއްކެވި ވާހަކަ ކުށްވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ގޮވާލައްވާފައެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެވޭ "ފްރީ ޓްރޭޑް އެގްރީމަންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގެ ނަމުގައި އެގްރީމެންޓެއް ގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވާށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. އެފްޓީއޭއަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ، އެ އެގްރީމެންޓާއި އެކު ކުރިޔަށް ނުދާނެ ކަމަށާއި، އެ އެގްރީމެންޓު މަޖިލީހުން ފާސްނުކުރާނެ ކަމަށެެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ އެގްރީމެންޓަކީ މަޖިލީހުގެ ރުހުން ލިބިގެން ކުރިޔަށްދާނެ އެގްރީމެންޓަކަށްވާތީވެ، ކުރީ ސަރުކާރު ނިމިގެން ދިޔައިރުވެސް އެ އެގްރީމެންޓަށް މަޖިލީހުގެ ރުހުން ލިބިފައިވާނުވާ ކަމަށެވެ. މީގެކުރިން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ ޗައިނާއާއި ރާއްޖެއާއި މެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ކަންބޮޑުވާކަންތައް ހުރިކަމަށް ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކައަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒޭންގް ލިޒޯންގް ވެސް ވަނީ ރައްދުދެއްވާފައެވެ، އެގޮތުން ސަފީރު ވިދާޅުވީ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކައަކީ އަނެއްކާވެސް ރާއްޖޭގެ ސިޔާސީ ފަރާތެއް ނުވަތަ ޕޮލިޓިޝަންއެއް ދެއްކެވި އެއްވެސް އޮއްޓަރެއް ނެތް، ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ޗައިނާ އިން ރާއްޖޭގެ ބިން އަތުލާތޯ ސުވާލުކުރައްވާ، ޗައިނާ އިން ރާއްޖެއަށް ކުރާ އިންވެސްޓްމަންޓަތަކާއި އެހެން ގައުމަކުން ރާއްޖެއަށް ކުރާ އިންވެސްޓްމަންޓްތަކުގައި އެއްވެސް ތަފާތެއް ނެތް ކަމަށް ވިދާޅުވިއެވެ.

ޗައިނާއާ އެކު ވެފައިވާ ފްރީޓްރޭޑް އެގްރީމެންޓަށް މަޖިލީހުން ރުހުން ނުދޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، އެމަނިކުފާނު ގެންދަވަނީ ޗައިނާއަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޯޑިއޯ: މަސީޙު ބަހައްޓަން ރައީސް ޔާމީން ފެކްޝަންގެ ބައެއް މެމްބަރުން ބޭނުމެއް ނުވޭ!؟

އޯޑިއޯ: މަސީޙު ބަހައްޓަން ރައީސް ޔާމީން ފެކްޝަންގެ ބައެއް މެމްބަރުން ބޭނުމެއް ނުވޭ!؟

22 މާރިޗު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު