Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައްޑޫ ސީޓީ

ދިން މުއްދަތުގެ ތެރޭގައި އައްޑޫގެ ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއު އެއްކޮށް ނިމޭނެ: ޕްލޭނިންގ

މަޝްރޫއު ހަވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2019 | ހޮނިހިރު 07:19
އައްޑޫގެ ލިންކް ރޯޑު މަތިން ނަގާފައިވާ ފޮޓޮއެއް

އައްޑޫގެ ލިންކް ރޯޑު މަތިން ނަގާފައިވާ ފޮޓޮއެއް

ތިން އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މުޅި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީ ކަމުގައިވާ، އައްޑޫ ސީޓީގެ މަގު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތް އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓަރަކްޗަރ ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެލްއީއޭ އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ޕްލޭނިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން އެ މަސައްކަތް ނިމެން ތިން އަހަރާއި ތިން މަސް (1221) ދުވަސް ނަގާނެއެވެ. މި މަޝްރޫއުގެ ޑިޒައިން އެންޑް ކޮންސަލްޓަންސީ މަސައްކަތަށް އެހާ ދުވަސްވާނެ ކަމަށް ދޭހަވާ މޭރުމަކުން ނޫސްތަކުގައި ހަބަރު ލިޔެފައި އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޕްލޭނިންގ މިނިސްޓްރީއަށާއި ސަރުކާރަށް އަމާޒުވެފައެވެ.

އެކަމާއި ގުޅިގެން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދިން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ 1221 ދުވަހަކީ މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެކަމަށް އަންދާޒާކުރާ މުއްދަތު ކަމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި، އެ މަޝްރޫއުގެ ޕްލޭނިންގ އާއި ފަރުމާގެ އިތުރުން، މަގު ހެދުމާއި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިމޭނެކަމަށް ވިދާޅުވިއެވެ.

މި ކޮންޓްރެކްޓްގެ ދަށުން އައްޑޫ ސީޓީގައި ހިއްކަން ހަމަޖެހިފައިވަނީ، ހިތަދޫއިން 90 ހެކްޓަރާއި، މަރަދޫ-މަރަދޫފޭދޫއިން 75 ހެކްޓަރާއި، ހުޅުމީދޫއިން 38 ހެކްޓަރުގެ އިތުރުން ރިސޯޓް ތަރައްގީ ކުރުމަށް އައްޑޫ ފަޅުތެރެއިން ހިއްކާ 25 ހެކްޓަރެވެ. މިއީ މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ގެންގުޅޭ ތަރައްގީގެ ތަސައްވުރުގެ ތެރެއިން ކުރެވިގެންދާ މަސައްކަތެކެވެ.

މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވަނީ، އިންޑިއާއިން ރާއްޖެއަށް ދޭން ނިންމާފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުންނެވެ. އެގޮތުން އައްޑޫގެ ތަރައްގީއަށް އެކަނި، އެ ފައިސާގެ ތެރެއިން 200 މިލިއަން ޑޮލަރު ސަރުކާރުން ކަނޑައަޅާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު