Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ-ރާއްޖެ

ފަންނީ އެހީތެރިކަން އިތުރުކުރުމުގެ އެމްއޯޔޫގައި އީސީން، އިންޑިއާއެކު ސޮއިކޮށްފި

ފަސޭހަތަކެއް ވެގެންދާނެ ކަމަށް އަކްރަމް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2019 | ހުކުރު 17:41
ހުކުރު ދުވަހު ދެ ގައުމުގެ އީސީ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހުކުރު ދުވަހު ދެ ގައުމުގެ އީސީ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ފަންނީ އެހީތެރިކަން އިތުރުކުރުމުގެ އެމްއޯޔޫއެއްގައި ރާއްޖޭގެ އިލެކްޝަން ކޮމިޝަން (އީސީ) އާއި އިންޑިއާގެ އިލެކްޝަން ކޮމިޝަނާއި ދެމެދު ސޮއިކޮށްފި އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުކުރު ދުވަހު ބޭއްވި ހަވަނަ ޖޮއިންޓް ކޮމިޝަން ނިންމާލުމުގެ ރަސްމިއްޔާތުގައި އެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ހާޒިރުގައެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އިލެކްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަކްރަމް އެވެ. އަދި އިންޑިއާގެ ފަރާތުން އެމްއޯޔޫ ގައި ސޮއިކުރެއްވީ އެ ގައުމުގެ އީސީގެ ނައިބު ރައީސް އެވެ.

އެ ފަހުމުނާމާ އާއި ބެހޭގޮތުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން އިންޑިއާ ގައި ހުންނެވި އަކްރަމް ވިދާޅުވީ، ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމުގެ އީސީގެ މެދުގައި ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމެއްވެސް ހިމެނޭ ކަމަށެވެ.

މި އެމްއޯޔޫގެ ސަބަބުން މިހާރަށްވުރެ ފަސޭހައިން އިންޑިއަން އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރެސީ އެންޑް އިލެކްޝަން މެނޭޖްމެންޓް (އައިޑީއީއެމް) މެދުވެރިކޮށް ތަމްރީނުތައް ގެންދިޔުމަށް ފަސޭހަވެގެންދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

2011 ވަނަ އަހަރުން ފެށިގެން އައިޑީއީއެމުން ދަނީ އީސީގެ މުވައްޒަފުން ތަމްރީނު ކޮށްދެމުންނެވެ. އީސީގެ ނައިބް ރައީސް ވިދާޅުވީ، އެއްބަސްވެވުނު ކަންތައްތަކުގެ އަމަލީ މަސައްކަތް އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ފެށިގެންދާނެ ކަމަށެވެ.

އީސީގެ ފަރާތުން އިންޑިއާ އަށް ވަޑައިގެން އުޅުއްވަނީ، އަކްރަމްގެ އާއި ކޮމިޝަނުގެ މެންބަރު ފުއާދު ތައުފީގުގެ އިތުރުން ޑިރެކްޓަރ އޮފް ޕޮލިސީ އެންޑް ރެގިއުލޭޝަންސް ހަދިއްޖާ ރަޝާއެވެ. އީސީގެ މެމްބަރުން ވަނީ ހުކުރު ދުވަހު އިންޑިއާގެ އިލެކްޝަން ކޮމިޝަންގެ ރައީސް ސުނިލް އަރޯރާއާ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިޔަވަމުންދާ ދެ ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެނީ

ދިޔަވަމުންދާ ދެ ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެނީ

01 ޖޫން 2017
މާލޭ ދެކުނު ފަރާތުގައި ނެރުމައްޗަށް ދޯންޏެއް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

މާލޭ ދެކުނު ފަރާތުގައި ނެރުމައްޗަށް ދޯންޏެއް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

26 މެއި 2017
ގާނޫނީ ވަކީލުން ހޯދުމުގައި އެހީތެރިކަންދޭ ވެބްސައިޓެއް!

ގާނޫނީ ވަކީލުން ހޯދުމުގައި އެހީތެރިކަންދޭ ވެބްސައިޓެއް!

23 މެއި 2017
ވިއްސާރައިގައި ގެއްލުވާ ރައްތަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި

ވިއްސާރައިގައި ގެއްލުވާ ރައްތަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި

18 މެއި 2017
ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް އާއިލާއިން އެދިއްޖެ

ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް އާއިލާއިން އެދިއްޖެ

02 މެއި 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު