Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕާކިސްތާން

ރާއްޖޭގެ ދާހިލީ ކަންކަމާބެހި މިނިވަންކަމަށް ބުރޫއަރާ ކަމެއް ނުކުރަން: ޕާކިސްތާން

ޕާކިސްތާނުން އެއްވެސް ގައުމެއްގެ ދާޚިލީ ކަންކަމާ ނުބެހުމަކީ ޕާކިސްތާނުގެ ސިޔާސަތެއް ކަމަށާއި ރާއްޖެއާ މެދު ވެސް އެ ގައުމަށް އޮންނާނީ އެ ސިޔާސަތު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2019 | ހުކުރު 02:14
ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް (ވ) ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު (ކ) އާއި ސަލާމް ކުރައްވަނީ

ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް (ވ) ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު (ކ) އާއި ސަލާމް ކުރައްވަނީ

ދިވެހިރާއްޖޭގެ ދާހިލީ ކަންކަމާބެހި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ޕާކިންތާނުން ކޮށްފައި ނުވާނެކަމަށް ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ބުނެފިއެވެ.

ހުކުރު ދުވަހު ޕާކިސްތާން އެމްބަސީން މި ބަޔާނެއް ނެރި މިހެން ބުނެފައިވަނީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހެން ޕާކިސްތާނުން އުޅޭކަމަށް ބުނެ ދިވެހި މީޑިއާތަކުން ހަބަރުފަތުރާފައިވާތީއެވެ. މި ބަޔާނުގައި ބުނެފައިވަނީ އަވަށްޓެރި އެހެން ގައުމުތަކާ ހިލާފަށް ޕާކިސްތާނުން އެއްވެސް ގައުމެއްގެ ދާޚިލީ ކަންކަމާ ނުބެހުމަކީ ޕާކިސްތާނުގެ ސިޔާސަތެއް ކަމަށާއި ރާއްޖެއާ މެދު ވެސް އެ ގައުމަށް އޮންނާނީ އެ ސިޔާސަތު ކަމަށެވެ.

އަދި އެހެން ގައުމުތަކުން ކަންކުރަމުންދާ ގޮތަށް ޕާކިސްތާނަކުން ރާއްޖޭގައި ޖާސޫސްކުރަން ބަޔަކު ބައިތިއްބާފައި ނުވާނެ ކަމަށާއި، ދައުލަތުގެ އެކި މަގާމުތަކާއި ދާއިރާތަކުގެ ވަފުދުތަކަށް ޕާކިސްތާނުން ދައުވަތު ދެމުން ގެންދަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ސަރުކާރުގައި ވެސް އެފަދަ ވަފުދުތައް ޕާކިސްތާނަށް ގޮސްފައިވާ ކަމަށް އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވެސް އެގައުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވާ ކަމަށާއި، ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން ދިވެހި ސަރުކާރު ބަދުނާމު ކުރަން ސޯޝަލް މީޑިއާގައި ޕާކިސްތާނާއި ޗައިނާ އިން މަސައްކަތް ކުރަމުންދާ ކަމަށް ބުނާ ވާހަކަތަކަކީ ވެސް ދޮގެއްކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި ސޯޝަލް މީޑިއާގެ އެފަދަ ހަރަކާތްތައް ހިންގާފައި ނުވާނެ ކަމަށާއި، ޓެރަރިޒަމްގެ އިތުރު އެފަދަ އެހެން ކަންކަމާ ޕާކިސްތާނާ ގުޅުވައިގެން ދޮގު މައުލޫމާތުތައް ފަތުރަނީ އެ ގައުމުގެ އަގު ވައްޓާލަން ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު