Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބްނާން މުޒާހަރާ

އެއްބާރުލުން ބޭނުންވާނަމަ ލުބްނާނުން އިތުބާރުހިފޭ ސަރުކާރެއް ޤާއިމުކުރަންޖެހޭ: އައިއެސްޖީ

ލުބްނާނުގެ ރައްޔިތުން އެދޭފަދަ އިޞްލާޙީ ބަދަލުތައް ގެނެވޭފަދަ ސަރުކާރެއް އެކުލަވާލަން ޖެހޭ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2019 | ހުކުރު 10:14
ލުބްނާން ސަރުކާރާއި ދެކޮޅަށް އެޤައުމުގަ ކުރިޔަށްދާ މުޒާހަރާގެ ތެރެއިން / ފޮޓޯ: ސައުދީ ގެޒެޓް

ލުބްނާން ސަރުކާރާއި ދެކޮޅަށް އެޤައުމުގަ ކުރިޔަށްދާ މުޒާހަރާގެ ތެރެއިން / ފޮޓޯ: ސައުދީ ގެޒެޓް

ލުބްނާނުން އަލަށް އެކުލަވާލާ ސަރުކާރަކީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް އިތުބާރުހިފޭ ސަރުކާރަކަށް ވެގެން ނޫނީ އެޤައުމަށް އެއްބާރުލުން ނުދޭނެކަމަށް އިންޓަރނޭޝަނަލް ސަޕޯޓް ގްރޫޕް (އައިއެސްޖީ) އިން ބުނެފިއެވެ.

ފަރަންސޭސި ވިލާތުގައި ޕެރިސްގައި މިހާރު ކުރިޔަށްދާ އައިއެސްޖީ ގްރޫޕުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަމުންދާ ފްރާންސްގެ ޚާރިޖީ ވަޒީރު ޝޯން ވޭސް ލުދްރިއޯން ވިދާޅުވީ ލުބްނާނުގެ ރައްޔިތުން އެދޭފަދަ އިޞްލާޙީ ބަދަލުތައް ގެނެވޭފަދަ ސަރުކާރެއް އެކުލަވާލެވިގެން ނޫނީ ލުބްނާނަށް އެހީތެރިކަން ފޯރުކޮށްދޭން އެގްރޫޕުން ބޭނުންނުވާކަމަށެވެ.

ލުބްނާނުގެ ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަނާއި ފަސާދައިގެ އަަމަލުތަކާއި އަދި އިޤްތިޞާދީ މައްސަލަތަކާހުރެ އެޤައުމުގެ ރައްޔިތުން ސަރުކާރާއި ދެކޮޅަށް އަޑު އުފުލަން ފެށި މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ސަރުކާރަށް ފާޑުކިޔާ މުޒާހަރާކުރަމުންދިޔަ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގޮވާލުމަށް އޭރު އެޤައުމުގެ ބޮޑުވަޒީރު ސާދް އަލް ހަރީރީ އިޖާބައެއް ނުދެއްވައެވެ. އެހެންކަމުން ބައިނަލްއަޤުވާމީ ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެ، ރައްޔިތުންނާއި ބޭރުގެ ފަރާތްތަކުގެ ފިއްތުންތައް ކުރިމަތިވެ ސާދު މުޒާހަރާއަށް ދެހަފުތާވީތަނާހެން މަޤާމުން އިސްތިޢުފާ ދެއްވިއެވެ.

އެހާހިސާބުން ސިޔާސީ ފަރާތްތަކުން އަވަސްވެގަތީ އާ ސަރުކާރެއް ޤާއިމުކުރުމަށެވެ. އެހެންނަމަވެސް އާ ސަރުކާރުގެ އިސްވެރިޔަކަށް ޢައްޔަނުކުރާނެ ފަރާތަކާމެދު ސިޔާސީ ފަރާތްތަކަށް އަދިވެސް އެއްގަލަކަށް ނޭރެއެވެ. ބޮޑުވަޒީރުކަމުގެ މަޤާމުން އިސްތިޢުފާދެއްވިނަމަވެސް، ވަގުތީ ނުވަތަ އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރުކަން ކުރައްވަނީ ސާދް އަލް ހަރީރީއެވެ. ލުބްނާނަށް ކުރިމަތިވި ސިޔާސީ އޮައިވަރުގައި އެޤައުމުގެ ސަރުކާރުން ގެންގުޅުނު ދޯދިޔާ ސިޔާސަތުގެ ސަބަބުން، އެޤައުމަށް ޒަރޫރީ ބައެއް ބާވަތްތައް އެތެރެކުރާ ޤައުމުތަކުން ވަނީ އެކަން ހުއްޓާލާފައެެވެ. އެޤައުމުތަކުގެ މިޢަމަލާހުރެ ލުބްނާނުގައި މިހާރު ވަނީ ތެލާއި،ބޭހާއި ގޮދަން ފުށަށް ޖެހިފައެވެ.

މިކަމާއި ގުޅިގެން އިންތިޤާލީ ބޮޑުވަޒީރު ސާދް އަލް ހަރީރީ ވަނީ ބޭރުގެ އެހީތެރިކަމަށް އެދި ގޮވާލާފައެވެ. ލުބްނާނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އދ މެދުވެރިވެ އެކުލަވާލާފައިވާ ބައިނަލް އަޤުވާމީ ސަޕޯޓިންގް ގުރޫޕުން ލުބުނާނުގެ މައްސަލައަށް ހައްލެއް ހޯދަން ބަލާއިރު، އެޤައުމުގެ ސިޔާސީ މަޞްރަޙު އެކަމަކަށް ތަނެއް ނުދެއެވެ. އެގުރޫޕުން މިހާރުވެސް ފަރަންސޭސި ވިލާތުގައި ލުބުނާނުގެ މައްސަލައާއި ބެހޭ ގޮތުން ބައްދަލުވުމެއް ބާއްވަމުން އަންނަ އިރު، ބައްދަލުވުން ބާއްވާ ޤައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ލުބުނާނުގެ އިންތިޤާލީ ބޮޑު ވަޒީރު ބޭރުގެ އެހީއަށް ގޮވާލިނަމަވެސް، ލުބުނާނުގެ ދާޚިލީ އަދި ސިޔާސީ ކަންކަން ޙައްލު ނުކުރެވެނީސް އެޤައުމަށް އެހީތެރިވާން އުދަނގޫކަމަށެވެ. ވަކިން ޚާއްޞަކޮށް ބައިނަލް އަޤުވާމީ މުޖުތަމަޢުގައި އިތުބާރު ގެއްލިފައިވާ އެޤައުމުގެ ސިޔާސީ އަދި ވެރިކަމުގެ ނިޒާމަކީ އިތުބާރުހިފޭ ނިޒާމަކަށް ހަދަން ޖެހޭ ކަމަށެވެ. ވަކިން ޚާއްޞަކޮށް އަލަށް އެކުލަވާލާ ސަރުކާރަކީ އެޤައުމުގެ ރައްޔިތުންގެ ގޮވާލާ އިޞްލާހީ ބަދަލުތަކައް އީޖާބީ ގޮތެއްގައި ބަލައިގަންނަ އިތުބާރު އޮންނަ ސަރުކާރަކަށް ވާންޖެހޭ ކަމަށެވެ.

އިންޓަރނޭޝަނަލް ސަޕޯޓް ގްރޫޕް (އައިއެސްޖީ) މެންބަރު ޤައުމުތަކުން ބުނެފައިވަނީ، އެއްވެސް ބޭރުގެ އެހީއަކަށް ލުބުނާން ކުފޫ ހަމަވާނީ ރައްޔިތުން އެދިފައިވާ އިޞްލާޙި ބަދަލުތައް ގެނައުމުން ކަމަށެވެ. އަދި މި އިޞްލާޙީ ބަދަލުތައް ވާންޖެހޭނީ އަދުލު އިންސާފުގެ ނިޒާމު މިނިވަންކުރެވޭ އަދި ވެރިކަމުގެ ނިޒާމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރިޔަށްގެންދާ ދެފުށްފެންނަ ހަމަ ހަމަ ނިޒާމަކަށް ވާންޖެހޭނެކަމަށެވެ. ހަމަ އެއާއެކު އެޤައުމަށް މިހާރު ކުރިމަތިވެފައިވާ މާލީ، އިޤްތިޞާދީ، އިޖުތިމާޢީ ކަންކަމުން އަރައިގަތުމަށް ނުވަތަ ޙައްލުކުރެވޭފަދަ ޕްލޭނަކާއެކު، ބައިނަލްއަޤުވާމީ މުޖުތަމަޢަށް އިތުބާރު ހިފޭ ފަދަ ސަރުކާރެއް ލުބްނާނުގައި އެކުލަވާލުން ވަރަށް މުހިންމު ކަމަށެވެ.

އައިއެސްޖީ ގްރޫޕުގެ ބައްދަލުވުމަށް އަލި އަޅުއްވާލައްވަމުން ސާދް އަލް ހަރީރީ ވިދާޅުވެފައިވަނީ، ބައްދަލުވުމުގައި އދ އާއި މެންބަރު ޤައުމުތަކުން ލުބްނާނަށް މަތިކުރާ ކަންކަން ނުވަތަ އިރުޝާދު ދޭ ކަންކަން ރަނގަޅުކުރުމަށް އެއްބާރުލުންދީގެން މަސައްކަތް ކުރައްވާނޭކަމަށާއި، ބޭނުންވަނީ ލުބްނާނުގެ ދާޚިލީ އަދި ސިޔާސީ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށް ކަމަށެވެ.

އިންޓަރނޭޝަނަލް ސަޕޯޓް ގްރޫޕް (އައިއެސްޖީ) އަކީ 2013 އަހަރު އަރަބި މުސްލިމް ޤައުމުތަކަށް ކުރިމަތިވި އިންތިފާޟާގައި، ސޫރިޔާގެ ސިޔާސީ ދާޚިލީ ބޮޑެތި ހަމަނުހެޖުންތައް އުފެދި، އެ ޤައުމުގެ ދާޚިލީ ކަންކަން ޙައްލުނުވެ، ރައްޔިތުން ޢާންމު ދިރިއުޅުމަށް ބުރޫ އަރަމުންދާތީ، އޭގެ ސީދާ އަސަރު ލުބްނާނަށް ކޮށްފާނެކަމުގެ ބިރު ހީވެ، އދ އިން އިސްވެ އުފެއްދި ލުބްނާނަށް ޚާއްޞަ ގްރޫޕެކެވެ. މި ގްރޫޕުގެ މެންބަރުންގެ ތެރޭގައި އދ ގެ އިތުރުން ވިލާތު އިއްތިހާދާއި، އަރަބި ލީގާއި، އެމެރިކާއާއި، ޗައިނާއާއި، ފަރަންސޭސިވިލާތާއި، ޖަރުމަނާއި، ރަޝިޔާއާއި، އިޓަލީވިލާތާއި، އިގިރޭސިވިލާތް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯލިޝަން ސަރުކާރެއް ހިންގުމަށް ގޮނޑި ހަމަކުރެވިއްޖެ: ޕީޓީއައި

ކޯލިޝަން ސަރުކާރެއް ހިންގުމަށް ގޮނޑި ހަމަކުރެވިއްޖެ: ޕީޓީއައި

31 ޖުލައި 2018
އިމްރާން ޚާން، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްޓަކައި ހޮނިހިރު ދުވަހު ޕާޓީތަކާ މަޝްވަރާ ކުރަނީ

އިމްރާން ޚާން، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްޓަކައި ހޮނިހިރު ދުވަހު ޕާޓީތަކާ މަޝްވަރާ ކުރަނީ

30 ޖުލައި 2018
ލުބްނާނުން އދ. ގެ ރެފިއުޖީ އޭޖެންސީއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފި

ލުބްނާނުން އދ. ގެ ރެފިއުޖީ އޭޖެންސީއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފި

08 ޖޫން 2018
އިދިކޮޅު ކޯލިޝަނުން އިންތިޚާބު ކާމިޔާބުކޮށް ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑި ހޯދައިފި

އިދިކޮޅު ކޯލިޝަނުން އިންތިޚާބު ކާމިޔާބުކޮށް ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑި ހޯދައިފި

09 މެއި 2018
އަސަދުގެ އަމަލުތަކާ ގުޅިގެން ސީރިއާއަށް ހަމަލާދިނުމުގައި އެއްބާރުލުން ދޭނަން: އިނގިރޭސިވިލާތް

އަސަދުގެ އަމަލުތަކާ ގުޅިގެން ސީރިއާއަށް ހަމަލާދިނުމުގައި އެއްބާރުލުން ދޭނަން: އިނގިރޭސިވިލާތް

12 އެޕްރީލު 2018

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު