Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖެ - އިންޑިއާ

އިންޑިއާގެ ރަށްވެހިކަމުގެ ބިލަށް ގެނައި އިސްލާހް: ޝާހިދު ވިދާޅުވީ ގައުމުތަކުގެ އެތެރޭގެ ކަންތައްތަކަށް އިހްތިރާމްކުރާ ކަމަށް

ބިލް ފާސްކޮށްފައިވަނީ ބުދަ ދުވަހު

އަލީ ސަމާޚް
އަލީ ސަމާޚް | 12 ޑިސެމްބަރު 2019 | ބުރާސްފަތި 06:02
ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާގެ ވިއޯން ނޫހަށް އިންޓަވިއު ދެއްވަނީ

ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާގެ ވިއޯން ނޫހަށް އިންޓަވިއު ދެއްވަނީ

މުސްލިމުން ފިޔަވާ އެހެން އަވަށްޓެރި ތިން ގައުމަކުން އިންޑިއާއަށް ހިޖުރަކޮށްފައިވާ މީހުންނަށް, އިންޑިއާގެ ރަށްވެހިކަން ލިބޭގޮތަށް ފާސްކުރި ބިލާއި މެދު ކޮމެންޓް ކުރަން ބޭނުންނުވާކަމަށާއި، އެހެން ގައުމުތަކުގެ އެތެރޭގެ ކަންތައްތަކަށް އިހްތިރާމް ކުރާ ކަމަށް ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މައްސަލަ ހޫނުވެފައިވާ އެ ބިލް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖް ސަބާއިން ފާސްކޮށްފައިވަނީ ބުދަ ދުވަހުއެވެ. މަތިގެއިން ބިލް ފާސްކޮށްފައިވަނީ 125 މެމްބަރުންގެ ތާއިދާ އެކު އެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް 105 މެމްބަރުކު ވޯޓު ދެއްވިއެވެ. އެ ބިލަށް ގެނައި އިސްލާހާ އެކު 2015 ވަނަ އަހަރު ކުރިން ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްޢާނިސްތާނުގެ މުސްލިމުން ފިޔަވާ އެހެނިހެން ދީން ތަކުގެ މީހުންނަށް ރަށްވެހިކަން ލިބޭނެއެވެ.

އެކަމާއި ގުޅިގެން އިންޑިއާ އަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ އިންޑިއާގެ ނޫހަކުން ކުރި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން އިންޑިއާގެ އިތުރުން އަވަށްޓެރި އެހެން ގައުމުތަކުގެ އެތެރޭގެ ކަންތައްތަކަށް އިހްތިރާމް ކުރާ ކަމަށެވެ. އެ ބިލާއި ބެހޭ ގޮތުން މިނިސްޓަރު އެއްޗެއް ވިދާޅެއްނުވެއެވެ.

މުސްލިމުންނަށް ރައްޔިތުންކަން ނުލިބޭގޮތަށް ފާސްކުރި ބިލް ގާނޫނު ހަދާ މަޖިލީހަށް ހުށައެޅި ހިސާބުން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ވަނީ މުޒާހަރާ ކޮށްފައެވެ. ހާއްސަކޮށް އައްސާމް ސްޓޭޓްގައި ކުރި މުޒާހާރާގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ.

މުޒާހަރާ ކުރި ބައެއް މީހުން ބުނީ، އެ ބިލަކީ އިންޑިއާގެ ގާނޫނުގައި އެއްވެސް ދީނަކަށް ބެލުމެއް ނެތި ހަމަހަމަކަމާއި އެކު އެންމެންނާ މެދު އަމަލުކުރަން ބުނެފައިވާ ބުނުމާއި ދެކޮޅަށް ފާސްކޮށްފައިވާ ބިލެއް ކަމަށެވެ. ބައެއް މީހުންގެ ހިޔާލު ތަފާތެވެ. އެމީހުން ބުނާ ގޮތުންނަމަ، އިންޑިއާ އަށް ހިޖުރަށް ކޮށްފައިވާ ހިންދޫ އަކަސް މުސްލިމަކަށް ވިޔަސް އެ ގައުމުގެ ރަށްވެހިކަންދީގެން ނުވާނެއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު