Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

މުސްލިމުން އިސްތިސްނާވާގޮތަށް އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނު ފާސްކޮށްފި

ބީލް ފާސްކޮށްފައިވަނީ 125 މެމްބަރުންގެ ވޯޓުން

އަލީ ސަމާޚް
އަލީ ސަމާޚް | 11 ޑިސެމްބަރު 2019 | ބުދަ 17:44
ރަށްވެހިކަމުގެ ބިލާއި ދެކޮޅަށް ބަޔަކު މުޒާހަރާ ކުރަނީ

ރަށްވެހިކަމުގެ ބިލާއި ދެކޮޅަށް ބަޔަކު މުޒާހަރާ ކުރަނީ

އެކިއެކި ސަބަބުތަކާއިހުރެ އަމިއްލަ ގައުމުދޫކޮށް އަވަށްޓެރި ތިން ގައުމަކުން އިންޑިއާއަށް ހިޖުރަކޮށްފައިވާ މީހުންނަށް, އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް ހުށައެޅި ބިލް ފާސްކޮށްފިއެވެ. ފާސްކުރި ބިލުގެ ދަށުން ރަށްވެހިކަން ނުލިބޭނީ މުސްލިމުންނަށެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ތާއިދުކުރި އެ ބިލް ބުދަ ދުވަހު މަތިގެއިން ފާސްކޮށްފައިވަނީ 125 މެމްބަރުންގެ ތާއިދާ އެކު އެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް 105 މެމްބަރުކު ވޯޓު ދެއްވިއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ، ޕާކިސްތާން، ބަންގްލަދޭޝް އަދި އަފްޢާނިސްތާނުގެ މުސްލިމުންނަށް ރަށްވެހިކަން ނުލިބޭ ގޮތަށް ފާސްކުރި ބިލުގެ ސަބަބުން އެ ގައުމުގެ ސެކިއުލަރ ގާނޫނު އަސާސީއާ ތައާރަޒުވާ ކަމަށެވެ.

މި ބިލު ގާނޫނަކަށް ވެގެން ދިޔުމުން 2015 ވަނަ އަހަރު ކުރިން އެ ތިން ގައުމުން އިންޑިއާ އަށް ހިޖުރަ ކޮށްފައިވާ ބުޑިސްޓުން، ކްރިސްޓިއަނުން، ހިންދޫން، ޖެއިން އަދި ޕާރިސީސްގެ އިތުރުން ސިކުންނަށް އިންޑިއާގެ ރައްޔިތުކަން ލިބޭނެއެވެ.

ބިލަށް ވާހަކަދައްކަވަމުން ފެޑެރަލް ހޯމް މިނިސްޓަރު އަމިތް ޝާހް ވިދާޅުވީ، އެ ގައުމުގެ މުސްލިމުން ބިލާ މެދު ކަންބޮޑުވުން ފާޅުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެ ބިލަކީ ރަށްވެހިކަން ދޭ ބިލެއް ކަމަށާއި، ރައްޔިތުކަން އަނބުރާ އަތުލައިގަންނަ ބިލެއް ނޫން ކަމަށެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ ނެޝަަނަލް ކޮންގްރެސް ޕާޓީގެ އަނަންދު ޝަރުމާ ވިދާޅުވީ، އެ ބިލަކީ އިންޑިއާގެ ގާނޫނަށާއި، އެ ގައުމުގެ ޑިމޮކްރެސީ އަށް ދިން ހަމަލާއެއް ކަމަށެވެ. އެކަމަކު ބޮޑުވަޒީރު މޯދީ އެ ބިލް ސިފަކޮށްފައިވަނީ މުހިއްމު ކާމިޔާބީއެއް ގޮތުގައެވެ. އަދި ބިލުގެ ސަބަބުން އެކި ސަބަބުތަކާއި ހެދި ގައުމުތައް ދޫކޮށް އިންޑިއާ އަށް އެތެރެވި މީހުންނަށް ރަށްވެހިކަން ލިބިގެންދާނެ ކަމަށެވެ.

މުސްލިމުންނަށް ރައްޔިތުންކަން ނުލިބޭ ގޮތަށް ފާސްކުރި ބިލް ގާނޫނު ހަދާ މަޖިލީހަށް ހުށައެޅި ހިސާބުން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ވަނީ މުޒާހަރާ ކޮށްފައެވެ. ހާއްސަކޮށް އައްސާމް ސްޓޭޓްގައި ކުރި މުޒާހާރާގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ.

މުޒާހަރާ ކުރި ބައެއް މީހުން ބުނީ، އެ ބިލަކީ އިންޑިއާގެ ގާނޫނުގައި އެއްވެސް ދީނަކަށް ބެލުމެއް ނެތި ހަމަހަމަކަމާއި އެކު އެންމެންނާ މެދު އަމަލުކުރަން ބުނެފައިވާ ބުނުމާއި ދެކޮޅަށް ފާސްކޮށްފައިވާ ބިލެއް ކަމަށެވެ. ބައެއް މީހުންގެ ހިޔާލު ތަފާތެވެ. އެމީހުން ބުނާ ގޮތުންނަމަ، އިންޑިއާ އަށް ހިޖުރަށް ކޮށްފައިވާ ހިންދޫ އަކަސް މުސްލިމަކަށް ވިޔަސް އެ ގައުމުގެ ރަށްވެހިކަންދީގެން ނުވާނެއެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު