Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހު

މިދިޔަ އަހަރުތަކުގައި އެޗްއާރްސީއެމަށް މަސްއޫލިއްޔަތު އަދާކުރެވިފައެއްނުވޭ: ރައީސް ޞާލިޙު

އެޗްއާރްސީއެމް އުފެއްދެވީ ވަރަށް މުހިންމު ބޭނުމެއްގައި

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޑިސެމްބަރު 2019 | އަންގާރަ 05:51
ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

މިދިޔަ އަހަރުތަކުގައި ހިއުމަން ރައިޓްސް ކޮމިޝަނަށް ފުރިހަމަ ގޮތުގައި މަސްއޫލިއްޔަތު އަދާކުރެވިފައިނުވާ ކަމަށާއި، މިސަރުކާރުން އެކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުންދީ މުސްތަޤިއްލުކަމާއެކު މަސައްކަތްތައް ކުރުމުގެ ފުރުޞަތުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރައީސް ޞާލިޙު ވިދާޅުވީ، ދިވެހިރާއްޖޭގައި އިންސާނީ ހައްޤުތައް ޙިމާޔަތް ކުރުމަށް މީގެ 16 އަހަރު ކުރިން ޚާއްޞަ ކޮމިޝަނެއް އުފެއްދީ ވަރަށް މުހިންމު ބޭނުމެއްގައި ކަމަށާއި، ނަމަވެސް މިދިޔަ އަހަރުތަކުގައި ތަފާތު އެކި ސަބަބުތަކާ ހުރެ އެކޮމިޝަނުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިފައިނުވާ ކަމަށެވެ. އެއީ ކުރީ ސަރުކާރު ހިންގާ ފަރާތުގެ ނުފޫޒާއި، ނުރަނގަޅު ބާރު އެކޮމިޝަނުގެ މައްޗަށް އޮތްއޮތުމަކީ އެކަށީގެންވާ ގޮތެއްގައި މަސްއޫލިއްޔަތި އަދާނުކުރެވުނު ސަބަބެއްގެ ގޮތުގައި ރައީސް ޞާލިޙު ފާހަގަކުރެއްވިއެވެ. ނަމަވެސް މިސަރުކާރުން ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުންދީ އެހީތެރިވެ މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަތުދޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އިންސާނީ ހައްޤުތަކަށް އަލިއަޅުއްވާލައްވާ ރައީސް ޞާލިޙު ވިދާޅުވީ ޢާންމު ރައްޔިތުންގެ އިންސާނީ ހައްޤުތައް ރައްކާތެރިކޮށްދިނުމަކީ ދައުލަތުގެ އެންމެ މަތީ ޒިންމާއެއް ކަމަށެވެ. އަދި ދައުލަތެއް ހިގަނީ ސަރުކާރުގެ ބެލުމުގެ ދަށުން ކަމަށްވާއިރު، އެއިރަކު އޮންނަ ސަރުކާރަކުން ޤާނޫނު އަސާސީއާ ޚިލާފުވެ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްޤުތަކާމެދު އިހުމާލުވާނަމަ އިންސާނީ ހައްޤުތައް ނެގެހެއްޓޭނެ އެއްވެސް ޔަޤީންކަމެއް ޢާންމު ރައްޔިތުންނަށް ނޯންނާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ މިވެރިކަމާ ރާއްޖެ ކުރިމަތިލިއިރުގަ މިޤައުމުގައި އަށަގަންނަމުންދިޔަ ޘަޤާފަތަކީ އާރާބާރުގައި ތިބެ ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތުމަށްފަހު އެއްވެސް އަދަބަކާ ކުރިމަތިލާން ނުޖެހި ބޯދަމައިގަތުން ކަމަށާއި، މިސަރުކާރުގެ އިންތިޤާލީ އަދާލަތުގެ ދަށުން މިނުބައި ޘަޤާފާތް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޞާލިހު ވިދާޅުވީ މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އިންސާނީ ޝގެ އެންމެ އިސް ޙައްޤުކަމަށްވާ ދިރިހުރުމުގެ ޙައްޤު ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް ކަމަށާއި، ސަރުކާރުގެ މުޅި ވިސްނުން ހުއްޓިފައިހުރީ މިރަށްތަކުގެ އަހުލުވެރިންނަށް ޖަޒީރާ ވަންތަ ދިރިއުޅުމެއްގެ އުފާވެރިކަން އިޙުސާސްކުރެވޭ ފަދަ އަމާންވެއްޓެއް މިމުޖުތަމަޢުގައި ޤާއިމު ކުރުމަށެވެ.

ރައީސް ޞާލިޙު ވިދާޅުވީ ޢާންމު އިޖްތިމާޢީ ހަމަތަކަށް ބަލާއިރު ކޮންމެ މީހަކަށްވެސް ބޭނުންވާ ޢަސާސީ ޙައްޤަކީ ޚިޔާލު ފާޅު ކުރުމުގެ މިނިކަންކަމަށެވެ. އެއީ ސަރުކާރު ޒިންމާދާކުރުމަށްޓަކައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޙައްޤެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް މިދިޔަ ސަރުކާރުގެ ވަކި ހިސާބަކުން އަނބުރުގެ ޤާނޫނެއް ފާސްކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤާއި ނޫސްވެރިކަމުގެ ޙައްޤުގައި ކަސްތަޅު އަޅުވާފައިވާކަން ފާހަގަކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބުމަކީ ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް ރައްޔިތުންނަށް ހެޔޮ އެދިގެން ވެރިކަން ކުރާ އެއްވެސް ސަރުކާރެއް ޖެހިލުންވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު އެކަމާ ބިރު ނުގަންނަ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
13 މާރިޗު 2017

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް
13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
08 މާރިޗު 2017

މަޖިލީހުގެ ރައީސް މަސްއޫލިއްޔަތު އަދާކުރަނީ ވަކި އަތަކަށް ޖެހިގެން: މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް މަސްއޫލިއްޔަތު އަދާކުރަނީ ވަކި އަތަކަށް ޖެހިގެން: މައުމޫން
14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް