Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

އާ ކޭނަރީއާއެކު މަސްވެރިންގެ އަތުން ގަންނަ މަހުގެ އަދަދު އިތުރުކުރާނަން: އެންސިސް

10 ޑިސެމްބަރު 2019 | އަންގާރަ 08:00

މަސްވެރިންގެ ޝަކުވާގެ ހައްލަކީ އުފެއްދުންތެރިކަން އިތުރުކުރުން

އަލީ ސަމާޚް
އަލީ ސަމާޚް | 10 ޑިސެމްބަރު 2019 | އަންގާރަ 08:00
އެންސިސް އިން ހުޅުމާލޭގައި ހުޅުވި މަސް ކަރުހާނާގައި ބަޔަކު މަސް ކަނޑަނީ

އެންސިސް އިން ހުޅުމާލޭގައި ހުޅުވި މަސް ކަރުހާނާގައި ބަޔަކު މަސް ކަނޑަނީ

ހޯމަ ދުވަހު ހުޅުމާލެގައި ހުޅުވި އެންސިސް މަސް ކާރުޚާނާއާ އެކު މަސްވެރިންގެ އަތުން ގަންނަ މަހުގެ އަދަދު އިތުރުކޮށް، ދިވެހި އުފެއްދުންތައް ބޭރު ޤައުމުތަކުގައި ލިބޭ އަގުތައް ރަނގަޅު ވެގެންދާނެ ކަމަށް އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

އެންސިސް އިން ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ގައި ޤާއިމުކުރި ދަޅު މަސް ކާރުޚާނާ ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި އެންސިސްގެ ޖެނެރަލް މެނޭޖަރ ހުސައިން އަފީފް ވިދާޅުވީ، އަލަށް ހުޅުވި ކާރުޚާނާ ގައި ވަޒީފާއަށް މީހުން ނަގާއިރު އިސްކަމެއް ދޭނީ ދިވެހިިންނަށް ކަމަށެވެ.

އެންސިސް އަކީ ބައިނަލްއަޤުވާމީ މާރކެޓުގައި ވާދަކުރާ ކުުންފުންޏަކަށްވާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަކެތީގެ އަގާއި މަސައްކަތުގެ އަގުބޮޑުވުންކަން ފާހަގަކުރައްވަމުން ހުސައިން ވިދާޅުވީ، ބޭރު މީހުންގެ ބަދަލުގައި ދިވެހިންނަށް ވަޒީފާ ދިނުމުން އިޤުދިޞާށްވެސް ފައިދާ ތަކެއް ވާނެ ކަމަށެވެ.

މަސްވެރިކަމުގެ ސިނާޢަތުގައި އެންސިސް ޙަރަކާތްތެރިވަމުން އަންނަތާ 17 ވަރަކަށް އަހަރުވެފައިވާއިރު ހުސައިން ވިދާޅުވި ގޮތުގައި މި އަހަރަކީ، މަސްވެރިންގެ ޝަކުވާ އާއި އެކްސްޕޯޓް ކުރާ ފަރާތްތަކުގެ ޝަކުވާ އެންމެ ގިނަ އަހަރެވެ. މިއަހަރުގެ ފިޝަރީޒް އެކްސްޕޯގައި މަސްވެރިކަމުގެ އިންޓަަނޭޝަލް މާރކެޓް، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ކަންބޮޑުވުން ތަކާއި އެ ޖަމްޢިއްޔާގެ ސިޔާސަތުތައް މަސްވެރިންނަށް އެނގިގެން ދިޔަ ކަމަށާއި، އެއަކީ ރަނގަޅު ފެށުމެއް ކަމަށް ވިދާޅުވިއެވެ.

އެންސިސްއިން ދެކޭ ގޮތުގައި މަސްވެރިންގެ ހުރިހާ ޝަކުވާއެއްގެ ޙައްލަކީ ދިވެހި އުފެއްދުންތައް އިތުރު ކުރުމެވެ. ހުސައިން ވިދާޅުވީ، އެއީ ހަމައެކަނި މަސް ގަނެފައި ބަންދުކުރުން ނޫން ކަމަށާއި، ތިމާވެއްޓާއި ރަށްޓެހި ސާފުތާހިރު މަސްވެރިކަން، އުފެއްދުންތަކާއި އެއްވަރަކަށް ފެންނަ ޖެހޭ ކަމަށެވެ.

އެންސިސްގެ އައު ފެކްޓްރީން ކުރާ އުއްމީދަކީ، ބަންދު ކުރާ ދަޅު މަހުގެ ޢަދަދު އިތުރުވެ، އެކްސްޕޯޓް ކުރާ ފިނިކުރި މަހުގެ ޢަދަދު މަދުވުމެވެ.

ހުސައިން ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި މަސްވެރިންގެ އަތުން މަސް ގަންނަ މިންވަރު ބޮޑުކޮށް، ބޭރުގެ މާރކެޓުތަކުގައި ދިވެހި އުފެއްދުންތައް ލިބޭ އަގު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރާކަމަށެވެ.

25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ ބޮޑު އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އެންސިސްގެ ކޭނަރީ އަކީ، ޒަމާނީ ފެންވަރުގެ "ސްޓޭޓް އޮފް ދި އާޓް" ފެސިލިޓީއެކެވެ. 25 ޓަނުގެ މަސް އެއްފަހަރާ ޕްރޮސެސްކުރެވޭ މި ފެސިލިޓީއިން، ދުވާލަކު 2000 ކޭހުގެ ދަޅު މަސް ބަންދުކުރެވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް