Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހާއި ލޮކްސަބާއާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

9 ޑިސެމްބަރު 2019 | ހޯމަ 14:47

މި ދަތުރުފުޅުގައި ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 9 ޑިސެމްބަރު 2019 | ހޯމަ 14:47
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއު ލޯކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާ އެމްއޯޔޫގައި ސޮއި ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއު ލޯކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާ އެމްއޯޔޫގައި ސޮއި ކުރައްވަނީ

އިންޑިޔާގެ ޤާނޫނު ހަދާ މަޖިލިސް (ލޮކް ސަބާ) އާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭޑިންގއެއްގައި ސޮއިކޮށްފިއެވެ.

އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާއާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު "އެގްރީމެންޓް ފޮރ ކޯޕަރޭޝަން ބިޓްވީން ލޮކް ސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް"ގެ ނަމުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު، މި އެމްއޯޔޫގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ލޮކް ސަބާގެ ފަރާތުން ސޮއިކުރެއްވީ ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާއެވެ.

Advertisement - newsAdvertisement

އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު ވެވޭ މިއެއްބަސްވުމުގައި ދެ ފަރާތުންވެސް ބަރުލަމާނީ ގުޅުން ރަނގަޅުކުރުމަށް ބާރު އެޅުމަށާއި، ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ކުރިއެރުވުމަށް ހިމަނާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައެވެ.

ރާޖްޔާ ސަބާގެ ޗެއަރމަން، ޝްރީ އެމް. ވެންކައިއަ ނައިޑު އަދި އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސްގެ ތިރި ގެ، ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާގެ ދަޢުވަތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ވަފުދުގެ ބޭފުޅުންވަނީ ހޯމަ ދުވަހުގެ ހެނދުނު މަހަތްމާ ގާންދީގެ ހަދާނީ ބިނާއަށް ޒިޔާރަތްކުރައްވާފައެވެ.

އަދި ހޯމަ ދުވަހުގެ މެންދުރު އިންޑިއާގެ ޤާނޫނުހަދާ މަޖިލިސްކުރާ ގެއަށް ވަޑައިގެން އެތަން ބައްލަވާލެއްވިއެވެ. މީގެ އިތުރުން މެންދުރު ފަހު ރައީސް މުޙައްމަދު ނަޝީދާއި ވަފުދުގެ ބޭފުޅުންވަނީ ރާޖްޔާ ސަބާގެ ޗެއަރމަން، ޝްރީ މ. ވެންކައިއަ ނައިޑޫއާއި ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާއާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގުޖުރާތް ލެޖިސްލޭޓިވް އެސެމްބްލީގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ "ލޮކް ސަބާ ޓީވީ"އަށް އިންޓަވިއުއެއް ދެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. 5 ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފައެވެ.

މިމަހުގެ 9 ން 13 ށް ރައްޔިތުންގެ މަޖިލީހުގެ ވަފުދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި 15 މެމްބަރުންގެ ހިމެނެއެވެ. މިވަފުދު އެކުލަވާލާފައިވަނީ، މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއެއް ތަމްސީލުކުރެވޭގޮތައް ކަމަށާއި، އެ މެމްބަރުންނާއި އަމީން ޢާންމުގެ އިތުރުން ކައުންސެލަރ ޖެނެރަލް ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް