Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ

ބިޑަކާއި ނުލާ ސަރުކާރު ކުންފުނިތަކަށް މަޝްރޫއުތައް ދޫކުރެވޭ މާއްދާ އުވާލުމަށް އޭސީސީން ލަފާދީފި

ބައެއް ފަހަރު ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ބިޑަކާއި ނުލާ މަޝްރޫއުތައް ދޫކޮށްފަ ހުރޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2019 | ހޯމަ 02:40
އެންޓި ކޮރަޕްޝަން ކޮމިޝަން

އެންޓި ކޮރަޕްޝަން ކޮމިޝަން

ސަރުކާރުގެ މަޝްރޫޢުތައް ބިޑަކާއި ނުލާ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް މަޝްރޫޢުތައް ދޫކުރެވޭ ގޮތަަށް މާލިއްޔަތު ޤާނޫނުގައި އޮތް މާއްދާ އުވާލާ، އެ މާއްދާގައި ހިމެނޭ މަފްޙޫމްތައް ހިމެނޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދަށް ބަދަލު ގެންނައުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ލާފާދީފިއެވެ.

މާލިއްޔަތުގެ ޤަވާއިދުގެ 10.27 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙުގެ ކޮރަޕްޝަން ރިސްކް އެނަލިސިސްއެއް ހެދި، ކޮރަޕްޝަން ހުއްޓުވުމަށާއި، ކޮރަޕްޝަނުގެ ހިރާސް ކުޑަކުރެވޭނެ ނިޒާމެއް ޤާއިމުކޮށް، ދައުލަތުގެ ޕްރޮކިއުމަންޓާބެހޭ އިޖުރާޢަތުތައް އިޞްލާޙުކުރުމަށްޓަކައި އޭސީސީން ވަނީ ކަރުދާހެއް ތައްޔާރުކޮށްފައެވެ.

Advertisement - newsAdvertisement

އޭސީސީން ތައްޔާރު ކުރި ކަރުދާހުގައިވާގޮތުން 10.27 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި އޮތްގޮތުން، ޢާންމުކޮށް ބީލަމަށް ހުޅުވާނުލައި ސަރުކާރުގެ ޙިއްސާ އޮންނަ ކުންފުންޏަކާއި މަސައްކަތް ޙަވާލުކުރުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. އަދި މީގެކުރިން މި މާއްދާގެ ދަށުން ސަރުކާރުގެ ބައެއް މަސައްކަތްތައް ޙަވާލުކޮށްފައިވަނީ، އެ ޙަވާލުކުރެވޭ މަސައްކަތަކީ، އެ ކުންފުނީގެ މެންޑޭޓުގައި ހިމެނޭ މަސައްކަތެއްތޯ ބެލުމަކާނުލައި ކަމަށެވެ. އަދި ޙަވާލުކުރެވޭ މަސައްކަތް އެ ކުންފުންޏަށް ނުކުރެވުމުގެ ސަބަބުން، އެ ކުންފުނިން އެ މަސައްކަތް ތިންވަނަ ފަރާތަކަށް ޙަވާލުކުރަނީ ގިނަފަހަރަށް ޢާންމުކޮށް ބީލަމަށް ހުޅުވާނުލައި ދައުލަތަށް ގެއްލުންވާގޮތަށް ކަމަށެވެ.

އޭސީސީން ބުނީ މިގޮތަށް މިކަން ގިނަފަހަރަށް ކޮށްފައިވަނީ، ދައުލަތުގެ ޕްރޮކިއުމަންޓް އުޞޫލުތަކަށް ޢަމަލުނުކޮށް ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި، އެ މަސައްކަތް ޙަވާލުކުރެވޭ ކުންފުނީގައި އެ މަސައްކަތްކުރުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން، ދައުލަތުން އެ ކުންފުންޏާ މަސައްކަތް ޙަވާލުކޮށްފައިވާ އަގަށްވުރެ ކުޑައަގެއްގައި އެ މަސައްކަތް ތިންވަނަ ފަރާތަކާ ޙަވާލުކޮށްގެން ކުރުވާ ކަމަށެވެ.

އޭސީސީން ބުނީ އެފަދަ ގޮތަކަށް ކުންފުނިތަކާއި މަޝްރޫޢުތައް ޙަވާލު ކުރުމުން ނުކުންނަ ނަތީޖާއަކީ ދައުލަތުގެ އިދާރާއަކުން މާލިއްޔަތުގެ ޤަވާއިދަށް ޢަމަލުކުރަން ބޭނުންނުވާ ކޮންމެ ޙާލަތެއްގައި ކޯޕަރޭޓިވް ސޮސައިޓީއަކާ އެ މަސައްކަތް ޙަވާލުކޮށްގެން ކުރުވުމުގެ ފުރުޞަތު އޮތުން ކަމަށެވެ. އަދި މިގޮތަށް ދައުލަތުގެ މަޝްރޫޢުތައް ޙަވާލުކުރާއިރު، އެ ކޯޕަރޭޓިވް ސޮސައިޓީއަކީ ދައުލަތުގެ މަޞްލަޙަތު އޮތް ކޯޕަރޭޓިވް ސޮސައިޓީއެއްތޯ ބަލާނެ މިންގަނޑެއް މާލިއްޔަތުގެ ޤަވާއިދުން އެނގެންނެތްކަމާއި އަދި އެކަން އެނގެން އޮތްނަމަވެސް، ކޯޕަރޭޓިވް ސޮސައިޓީއަކާ ދައުލަތުގެ މަޝްރޫޢުތައް ޙަވާލުކުރުމުގެ ސަބަބުން ވާދަވެރި ބީލަމެއްގެ ފުރުޞަތު ގެއްލި، މާރކެޓް ރޭޓަށްވުރެ ބޮޑުކޮށް ދައުލަތަށް ޚިދުމަތާއި ތަކެތި ހޯދުމުގެ އިޙްތިމާލު ނުހަނު ބޮޑުވެގެންދާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެ ކޮމިޝަނުން ބުނީ ދައުލަތުން ކުރިއާލައި ރާވައިގެން ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ބޮޑެތި މަޝްރޫޢުތައް ޢާންމުކޮށް ބީލަމަށް ހުޅުވާނުލައި ދޫކުރަންޖެހިއްޖެ ޙާލަތެއްގައި ދޫކުރަން އެ ކޮމިޝަނަށް ފެންނަނީ، ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށްކަމަށް ބަޔާންކުރާ މާއްދާއެއް ޤަވާއިދުގައި ހިމެނުމަށް ފަހުކަމަށެވެ. ނަމަވެސް، އެ ޙާލަތުގައިވެސް، އެފަދަ ކުންފުންޏަކާ މަސައްކަތް ޙަވާލުކުރަންވާނީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކުންފުނީގެ މެންޑޭޓުގައި ހިމެނޭ މަސައްކަތެއްތޯ ބެލުމަށްފަހު ހަމަ އަގުގައި ކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި އެފަދަ ގޮތަކަށް މަސައްކަތް ނުވަތަ މަޝްރޫޢުތައް ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކާ ޙަވާލުކުރެވޭގޮތަށް ބާއްވާނަމަ، އެކަން އޮންނަންވާނީ އެފަދަ ކުންފުންޏަކާ ޙަވާލުކުރެވޭ މަސައްކަތް، އެހެން ތިންވަނަ ފަރާތަކާ ޙަވާލު ނުކުރެވޭގޮތަށް ކަމަށް އޭސީސީން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު