Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަންގު ބަހުސް

ސަންގު ބަހުސްގައި އެމްޑީޕީގެ ކެންޑިޑޭޓު އާޒިމަށް ފާޅުގައި އެންޓި ކެމްޕޭންކުރުމުން އެހެން ކެންޑިޑޭޓެއްގެ ފާޑުކިޔުން، ވަކި މީހަކު ޕްރޮމޯޓުކުރާ ކަމުގެ ތުހުމަތު!

11 ޖެނުއަރީ 2024 | ބުރާސްފަތި 07:07

އާޒިމް ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވޭ ސަބަބު ތަފްސީލާއެކު ސަންގުޓީވީއަށް އަންގަވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖެނުއަރީ 2024 | ބުރާސްފަތި 07:07
ސަންގު ޓީވީން ގެނެސްދިން މޭޔަރު ބަހުސް 2024

ސަންގު ޓީވީން ގެނެސްދިން މޭޔަރު ބަހުސް 2024

ސަންގުޓީވީން ގެނެސްދިން "ސަންގު ބަހުސް" ގައި އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމަށް ފާޅުގައި އެންޓި ކެމްޕޭން ކުރުމުން އެހެން ކެންޑިޑޭޓެއް ވެސް އެކަމަށް ފާޑު ވިދާޅުވެ، ބަހުސްގެ ޒަރިއްޔާއިން ވަކި މީހަކު ޕްރޮމޯޓުކުރާ ކަމުގެ ތުހުމަތު ކުރައްވައިފިއެވެ.

އާޒިމް ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވޭ ސަބަބު ތަފްސީލާއެކު ސަންގުޓީވީއަށް އަންގާފައިވާކަމަށް އެމްޑީޕީން ބުނެފައިވާއިރު، އެ ބަހުސްގެ ތެރެއިން އެކި ފަހަރުމަތިން ވަނީ އާޒިމްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އަދި އެ ފާޑުކިޔުންތަކަކީ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައްކަމަށް ބަހުސްގެ ތެރެއިން ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓު، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަޙީދު ވެސް ވަނީ މި ބަހުސްގެ ތެރެއިން އެކަން ތަކުރާރުކޮށް ފާހަަގަ ކުރައްވާފައެވެ.

ހުސައިން ވަޙީދު ވަނީ ވަކި ކެންޑިޑޭޓަކު ޕްރޮމޯޓުކޮށް، ދެން ހުންނަ ކެންޑިޑޭޓު އެއްކޮށް ނައްތާލުމަށް ބަހުސްގެ އަމާޒު ހުރިކަމަށް ވިދާޅުވެފައެވެ.

ސަންގު ބަހުސްގައި ވަކި ކެންޑިޑޭޓަކު ޕްރޮމޯޓު ކުރަން މަސައްކަތް ކޮށްފައިވާ ކަމުގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު ވިދާޅުވީ، ސަންގު ޓީވީން ގެނެސްދިން މޭޔަރު ބަހުސްގައި އެމްޑީޕީގެ ކެންޑިޑޭޓާމެދު އަމަލު ކުރި ގޮތާއިމެދު ނުހަނު ހިތާމަ ކުރައްވާ ކަމަށާއި، އެކަމުގެ ކަންބޮޑުވުން ބަހުސްގައި ބައިވެރިވި ކެންޑިޑޭޓުން ވެސް ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

އާޒިމް ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވޭ ސަބަބު ތަފްސީލާއެކު ލިޔުމުން ސަންގުޓީވީއަށް އަންގަވާފައިވާ އިރު ވެސް، އޭނާއަށް އެންޓި ކެމްޕޭނު ކޮށްފައިވާ ކަމަށާއި، އެކަމާ ޕާޓީން ހިތާމަ ކުރާކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވަނީ އެއީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

މާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް