Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެސިޓީގެ މައްސަލަތަކަށް ހައްލު ހޯދައިދިނުން

ކުރީގެ ރައީސް ސާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކޮށް، ބްރިޖުން އަވަށްތަކަށް ދެވޭ ގޮތް ހަދާނަން: އާޒިމް

11 ޖެނުއަރީ 2024 | ބުރާސްފަތި 18:23

ކަންކަން ތަންފީޒު ކުރުމުގެ ގާބިލްކަން މިސަރުކާރުގެ ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖެނުއަރީ 2024 | ބުރާސްފަތި 18:23
މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ވާހަކަދައްކަވަނީ

މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ވާހަކަދައްކަވަނީ

ދޭއްބައި އަހަރުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރާނެ ކަމަށާއި، ބްރިޖުން އަވަށްތަކަށް ދެވޭގޮތް ހަދާނެ ކަމަށް މާލެ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ވާނެ، ކުރާނެ" ޝިއާރުގެ ދަށުން އާޒިމް ކުރިއަށްގެންދެވި ކެމްޕޭނު ރަސްމީކޮށް ނިންމުމުގެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަމަށް ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވާފައިވާ ކަމަށާއި، ޕްރޮޖެކްޓް ފައްޓަވައިދެއްވާފައިވާ ކަމަށެވެ. މި މައްސަލަ ހައްލު ހޯދައިދީފައިވާ ކަމަށް ބުނުމުގެ އެއްވެސް ހައްގެއް މިސަރުކާރަށް ނުލިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ މިސަރުކާރަށް މިމަޝްރޫއު ފެށުމުގެ ގޮތުން ކުރާނެ ކަމެއް ނެތް ކަމަށާއި، ބްރިޖުން ގުޅާލެވޭ ރަށްތަކުން ގޯތިތައް ދޫކޮށްފައިވާ ކަމަށެވެ. މިސަރުކާރަށް ކުރަން އޮތް މަސައްކަތަކީ އެކަން ތަންފީޒު ކުރުން ކަމަށާއި، އެކަން ވެސް ނުކުރެވޭ ކަމަށެވެ. އެއީ މިސަރުކާރުގައި މިކަންކަން ތަންފީޒު ކުރުމުގެ ގާބިލްކަން ނެތުމުން ދިމާވާކަމެއްގެ ގޮތުގައި އާޒިމް ސިފަކުރެއްވިއެވެ.

ފުށިދިއްގަރުފަޅު ހިއްކާ ރަސްމާލެ ނަމުގައި އެސަރަހައްދު ތަރައްގީ ކުރަމުންދާތީ އެކަމަށް އާޒިމް ވަނީ ފާޑު ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ ދޯންޏަށް ރައްޔިތުން އަރުވައިގެން ކަނޑުގައި ވަރަށް ހާލުން ދެވޭ ހިސާބަށް ރައްޔިތުން ގެންދަން ކަމާށާއި، އެކަން އެގޮތަށް ކުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. ރައްޔިތުން ގެންދާނީ ބްރިޖުން ދެވޭ އަވަށް ތަކަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެސިޓީގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މޭޔަރު ކަމަށް ކުރިމަތިލެއްވީ މިމައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީން މިނިކުތީ މާލޭގެ ތޮއްޖެހުން ރަނގަޅުކޮށް، މާލެ ތަރައްގީ ކުރުމަށް ކަމަށެވެ. މާލޭގެ ޚިދުމަތްތައް ރަނގަޅުކޮށް، ޓްރެފިކް، ޓްރާސްޕޯޓު ރަނގަޅު ކުރާނެ ކަމަށާއި، ކުށް މަދުކޮށް، އަދިވެސް ހުރި އެތައް ކަމަކަށް ހައްލު ހޯދައިިދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭސިޓީގައި ވަރަށް ގިނަ މަސައްކަތްތައް ކުރަން އެބައޮތް ކަމަށާއި، މޭޔަރު ކަމަށް ވާދަކުރައްވަނީ 30 އަހަރުގެ ތަޖުރިބާގެ އަލީގައި ކަމަށެވެ. އަދި މިހާތަނަށް ހަވާލުކުރި ހުރިހާ ޒިންމާއެއް ވަރަށް ފުރިހަމައަށް އަދާކޮށް، ރައްޔިތުންނަށް ނަތީޖާ ދައްކައިދީފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. ޒިންމާތައް އަދާނުކުރެވޭ މީހަކު މޭޔަރު ކަމަށް ވާދަކުރައްވަން ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު މޭޔަރުގެ މަގާމުގައި ހުންނެވިއިރު ވެސް މައްސަލަތައް ހައްލު ކުރުމަށް ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް އެއްވެސް މައްސަލައަކަށް ހައްލު ހޯދާދީފައިނުވާ ކަމަށެވެ. ނަމަވެސް މޭޔަރު ކަމަށް ކުރިމަތިލެއްވި ހިސާބުން ހިޔާލުތައް ވަގަށް ނަގައި، ބައެއް މައްސަލަތަކަށް ހައްލު ހޯދައިދޭނެކަން ރައްޔިތުންނަށް އަންގައިދިނުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް މިއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ އެމްޑީޕީއަކީ ކަންކަން ކުރާނެ ޕާޓީއެއް ކަމަށާއި، އެމްޑީޕީގެ ސަރުކާރުގައި ފޮތް ފަންސޫރަށް، ބޭސްފަރުވާއަށް، ހިލޭ ޑިގްރީއަށް ސަލާންޖެހުން ހުއްޓުވި ކަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހަވާނެ ހުރިހާ ކަމަމާއި، އެލަވަންސްތައް ހައްގުވާ ފަރާތްތަކަށް އެކަންކަން މަގުފަހިކޮށްދީ އެލަވަންސްތައް ދޫކުރަން ފެށީ އެމްޑީޕީގެ ސަރުކާރުގައިކަން އާޒިމް ފާހަގަކުރެއްވިއެވެ. ކުރީ ސަރުކާރުގައި ކޮންމެ 11 ދުވަހަކުން ރާއްޖޭގެ ރަށްރަށުގައި ތަރައްގީގެ ޕްރޮޖެކްޓްތައް ނިންމާފައިވާ ކަމަށާއި، މިއަދު އެކަންކަން ހުއްޓިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ މިއަދު މިހާލަތު ބަދަލުކޮށް ދޮގުހަދާ އޮޅުވާލާ ސަރުކާރަށް އިތުރު ފުރުސަތެއް ނުދިނުމަށް ހޮނިހިރު ދުވަހު ބާއްވާ މާލެސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި ރައްޔިތުން ނުކުމެ ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

އާދަމް ޢާޒިމްއެމްޑީޕީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް