Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާ މޫސުމީ ވިއްސާރަ

ސްރީލަންކާގެ އުތުރާއި އިރުމަތީ އަވަށްތަކުގައި ފެންބޮޑުވެ އެތައްހާސް ބަޔަކު ޙާލުގަ ޖެހިއްޖެ

އިރުމަތީ ޕްރޮވިންސްތަކުގައި 79 ހާސް މީހުންނަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވޭ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 7 ޑިސެމްބަރު 2019 | ހޮނިހިރު 19:49
ސްރީލަންކާގެ މައި ހައިވޭއެއްގަ ފެންބޮޑުވެފައި

ސްރީލަންކާގެ މައި ހައިވޭއެއްގަ ފެންބޮޑުވެފައި

ސްރީލަންކާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެޤައުމުގެ އުތުރާއި އިރުމަތީ ޕްރޮވިންސްތަކުގައި ފެންބޮޑުވެ އެތައްހާސް މީހުން ޙާލުގައި ޖެހިއްޖެއެވެ.

ސްރީލަންކާގެ ކާރިސާތަކާއި ބެހޭ މައި އިދާރާއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، އިރުމަތީ ޕްރޮވިންސްތަކުގައި 79 ހާސް މީހުންނަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވެއެވެ. ފެންބޮޑުވުމާއި ގުޅިގެން މި ޕްރޮވިންސްތަކައް ކުރިމަތިވި ތަފާތު އެކި ޙާދިސާގައި ގެއްލުންވެެ 798 ޢާއިލާއަކުން 2،507 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް އެއިދާރާއިން ބުނެއެވެ.

އިރުމަތީ ޕްރޮވިންސްތަކުގެ ތެރެއިން ހަމައެކަނި ބަޓިކަލޯއާ އަވަށުންވެސް 15019 ޢާއިލާއަކުން 51،434 މީހުންނަށް ވިއްސާރައިގެ އަސަރުކޮށް، އޭގެތެރެއިން 2،303 މީހުން ސަރުކާރުން ޤާއިމުކޮށްފައިވާ 15 ވަގުތީ ހިޔާގައި ވަގުތީ ގޮތުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ކަމަށް ސްރީލަންކާގެ ކާރިސާތަކާއި ބެހޭ މައި އިދާރާއިން ބުނެއެވެ.

ސްރީލަންކާގެ ނޫސްތަކުން ޚަބަރުފަތުރާގޮތުގައި އިރުމަތީ ޕްރޮވިންސްތަކުގައި ފެންބޮޑުވެ ޙާލުގައި ޖެހިފައިވާ މީިހުންނަށް ކާބޯތަކެއްޗާއި، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މައި ސަރުކާރުން 1.7 މިލިއަން ރުޕީސް މިކަމަށް ޚަރަދުކުރުމަށް ކަނޑައަޅާފައިވެއެވެ. އަދި ޙާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިތުރު އެހީތައް ފޯރުކޮށްދިނުމަށް ޑިޒާސްޓަރ މޭނޭޖްމެންޓް ސެންޓަރުން ވަނީ އިތުރު 16.6 މިލިއަން ސްރީލަންކަން ރުޕީސްގެ އެހީއަކަށް އެދި ގޮވާލާފައެވެ.

ސްރީލަންކާގެ އުތުރު ޕްރޮވިންސްތަކަށް ބަލާއިރު، އުތުރު ފަސް އަވަށެއްގެ 64،448 މީހުންނަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވެއެވެ. އެގޮތުން 2،611 ޢާއިލާއެއްގެ 8،478 މީހުން ޙާލުގައި ޖެހި ސްރީލަންކާ ސަރުކާރުން ޤާއިމުކޮށްފައިވާ 56 ވަގުތީ ހިޔަލުގައި ދިރިއުޅެމުންދާކަމަށް ސްރީލަންކާ ކާރިސާތަކާއި ބެހޭ މައި އިދާރާއާއި ޙަވާލާދީ ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އުތުރުގެ ޕްރޮވިންސްތަކުން ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ކިލިނޮއްޗީ އަދި މުއްލައިޓިވޫ އަށެވެ. އެގޮތުން ކިލިނޮއްޗީ އަވަށުގައި 23،344 މީހުންނަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވާއިރު، 6،090 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެއެވެ. އަދި މުއްލައިޓިވޫ އަވަޑުން 30،020 މީހުންނަށް ފެންބޮޑުވުމުގެ އަަސަރުކޮށްފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސްރީލަންކާގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރާއި ޙަވާލާދީ، ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ސްރީލަންކާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ކުރިމަތިވި ތަފާތު އެކި ޙާދިސާތަކުގައި އެޤައުމުގެ ހުރިހައި ކަންކޮޅުތަކުން ޖުމްލަ 70،000 އާއިލާއަކުން 235،906 މީހުންނަށް އަސަރު ކޮށްފައިވެއެވެ. އަދި 4،083 ޢާއިލާއެއްގެ 13،310 މީހުން ޙާލުގައި ޖެހި ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެއެވެ.

ގިނަ މީހުން ޙާލުގައި ޖެހިފައިވަނީ ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމާއި ގުޅިގެން ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ފޭބުމުގެ ޙާދިސާތަކުގައެވެ. އަދި ކޯރުތައް ފުރި ބަންޑުންވެ، ކޯރުގެ އައްސޭރިފަށުގައި ދިރިއުޅޭ ގިނަ ބަޔަކު ޙާލުގައި ޖެހުނެވެ. ހަމަ އެއާއެކު، ގަދަ ވަޔާއެކު ކަނޑުގެ ބާނިތައް ބޮޑުވެ އުދަ އެރުމުގެ ސަބަބުން، ބަނދަރުމަތީ އަވަށްތަކުގައި ގިނަ ބަޔަކު ޙާލުގައި ޖެހުނެވެ.

ސްރީލަންކާގެ މައި ސަރުކާރުން ދަނީ މިކާރިސާ ވަރަށް ގާތުން ބަލަމުންނެވެ. ޙާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރައްކާތެރި ހިސާބުތަކައް ސަލާމަތްތެރިކަމާއެކު ގެންދިއުމުގެ މަސައްކަތުގައި މދަނީ ފުލުހުންނާއި، އެއްގައިމާއި ކަނޑާއި ވައިގެ އަސްކަރިއްޔާއިން ދަނީ ޙަރަކާތްތެރިވަމުންނެެވެ. އަދި ރެޑްކްރޮސްއާއި މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުން ޙާލުގައި ޖެހިފައިވާމީހުންނަށް ފުޅާ ދާއިރާއެއްގައި އެހީތެރިވަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ.

ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، އެޤައުމުގެ އުތުރާއި، މެދުއުތުރާއި، އިރުމަތީ ޕްރޮވިންސްތަކަށް ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ވާރޭވެހޭނެކަމަށް ސްރީލަންކާގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ވަކިން ޚާއްޞަކޮށް މިމަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނޭކަމަށް އަންދާޒާކޮށްފައިވެއެވެ.

އަދި މިދުވަސްތަކުގައި ކަނޑު ގަދަވާނެކަމަށް ލަފާކޮށް، ކަނޑުގެ އައްސޭރިފަށުގެ އަވަށްތައް ކަމަށްވާ މުއްލައިޓިވޫއާއި، ނެގަމްބޯއާއި، މައްނާރާއި، ޕުއްޓަލަމާއި، ކަންކަސަންތުރާއީ އަވަށަށްތަކަށް ބައެއް ވަގުތުތަކުގައި ގަޑިއަކު 50-55 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ

25 ޑިސެމްބަރު 2017
އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ
13 ޑިސެމްބަރު 2017

އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ބަލައިގަތުމަށް އޯއައިސީން ގޮވާލައިފި

13 ޑިސެމްބަރު 2017
އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ބަލައިގަތުމަށް އޯއައިސީން ގޮވާލައިފި
07 ޑިސެމްބަރު 2017

މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް

07 ޑިސެމްބަރު 2017
މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް
03 ޑިސެމްބަރު 2017

އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ފެންބޮޑުވެއްޖެ

03 ޑިސެމްބަރު 2017
އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ފެންބޮޑުވެއްޖެ
10 ނޮވެމްބަރު 2017

މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް

10 ނޮވެމްބަރު 2017
މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް
02 ނޮވެމްބަރު 2017

އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓަރންބުލް ސްރީލަންކާގެ ރައީސް ސިރިސެނާއާ ބައްދަލުކުރައްވައިފި

02 ނޮވެމްބަރު 2017
އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެލްކޮމް ޓަރންބުލް ސްރީލަންކާގެ ރައީސް ސިރިސެނާއާ ބައްދަލުކުރައްވައިފި
05 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!

05 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
08 ޖޫން 2017

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު