Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަކްޝޭ

އިންޑިއާގެ ރައްޔިތުކަމަށް ހުށަހަޅައިފިން، ޕާސްޕޯޓް ވަރަށް އަވަހަށް ލިބޭނެ: އަކްޝޭ

އަކްޝޭ ވަނީ އޭނާ ކެނެޑާ ޕާސްޕޯޓެއް ގެންގުޅޭކަން ރަސްމީ ސިފައެއްގައި ދާދި ދަހުން އިއުލާންކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ޑިސެމްބަރު 2019 | ހޮނިހިރު 06:44
އަކްޝޭ ކުމާރް

އަކްޝޭ ކުމާރް

އަކްޝޭ ކުމާރަކީ އިންޑިއާގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންގެ ލޯބި ލިބިފައިވާ މަޝްހޫރު ބޮލީވުޑް އެކްޓަރެކެވެ. އިންޑިއާގެ އިޖްތިމާއި ތަފާތު އެކި ޙަރަކާތްތަކުގައި އިސްސަފުން ފެނުމަކީ އިންޑިއާ ރައްޔިތުންގެ މެދުގައި އަކްޝޭގެ މަޤްބޫލުކަން އިތުރުވެގެންދާ ކަމެެކެވެ. އެހެންނަމަވެސް އިންޑިއާގެ ރައްޔިތުކަން، އަކްޝޭ މީގެ ކުރިން ދޫކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

އަކްޝޭ އަށް ކެނެޑާގެ ރައްޔިތުކަން ލިބިފައިވާކަމުގެ ޚަބަރު މީޑިއާތަކަށް ތިލަވެފައިވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. މިއަހަރުގެ ލޮކްސަބާހް އިންތިޚާބުގައި ވެސް އަކްޝޭ ވޯޓްލާފައެއް ނުވެއެވެ. އެކަމުގެ ސަބަބުން އޭނާއަށް ވަރަށް ގިނަ ފާޑުކިޔުންތަކެއް ޢަމާޒުވެ، އެކަމާއި ގުޅިގެން އޭނާ ބަޔާނެއް ވެސް ނެރުނެވެ. ކެނެޑާ ޕާސްޕޯޓެއް ގެންގުޅޭކަން ރަސްމީ ސިފައެއްގައި އިއުލާންކޮށްފައިވަނީވެސް މި ބަޔާނުގައެވެ.

މިކަމާއި ގުޅިގެން އަކްޝޭ މީޑިއާތަކަށް މާގިނަ މައުލޫމާތު މީގެ ކުރިން ހިއްސާކޮށްފައިނުވި ނަމަވެސް އޭނާ ވަނީ ދާދިފަހުން އިންޑިއާާގެ ނިއުދިއްލީގައި ކުރިއަށްދިޔަ ހިންދުސްތާން ޓައިމްސްގެ 17 ވަނަ ސަމިޓުގައި މިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އަކްޝޭ ކެނެޑާ ޕާސްޕޯޓެއް ހޯދަން ޖެހުނު ސަބަބާއި ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ ބުނީ، އެއީ ވަރަށް ކުރިން ހިނގާދިޔަ ކަމެއް ކަމަށާއި އޭނާ އެންމެ ފުރަތަމަ ކުޅުނު 14 ފިލްމް ޕްލޮޕް ވި ކަަމަށެވެ. އަދި އެކަމަށް ކޮންމެވެސް ހައްލެއް އޭނާ ގެންނަން ބޭނުންވި ކަަމަށެވެ. އެވާހަކަތައް ކެނެޑާގައި އުޅޭ އޭނާގެ ގާތް ރައްޓެއްސަކާ ހިއްސާކުރުމުން ކެނެޑާއަށް އައުމަށް އަކްޝޭ ގާތު ބުނި ކަމަށް އޭނާ ބުންޏެވެ. އަދި އެހިސާބުން އޭނާ ކެނެޑާ ޕާސްޕޯޓެއް ހޯދައި އެ ޤައުމުގައި މަސައްކަތް ކުރިކަން ވެސް އަކްޝޭ ވަނީ ހާމަކޮށްފައެވެ. އަދި އެކަން އޭނާ ކޮށްފައިވަނީ ބޮލީވުޑުގައި އޭނާގެ އެކްޓިންގ ކެރިއަރ އެއްކޮށް ފެއިލްވެދާނެ ކަމުގެ ބިރު އޮތުމުން ކަަމަށް އަކްޝޭ ވަނީ އެއްބަސްވެފައެވެ.

ކެނެޑާ ޕާސްޕޯޓް ހޯދުމަށްފަހު އަކްޝޭ ކުޅުނު 15 ފިލްމް ހިޓުވިކަމަށާއި އޭގެ ފަހުން ރައްޔިތުކަން ބަދަލުކުރަން ވިސްނާފައިނުވާ ކަަމަށް އަކްޝޭ ބުންޏެވެ. އެހެންނަމަވެސް މިހާރު އިންޑިއާގެ ރައްޔިތުކަމަށް އެދިފައިވަނީ މީހުން އެކަމާއި ގުޅުވައި ފާޑުކިޔާ މިންވަރު އިތުރުވެފައިވާތީކަމަށް އަކްޝޭ ބުންޏެވެ.

އަކްޝޭގެ ފިލްމީ ހަޔާތުގައި އޭނާ ވަނީ މީހާތަނަށް 152 ފިލްމް ކުޅެފައެވެ. އަކްޝޭ ވަނީ އާންމުންނާއި ހަމައަށް އެކި ރޯލްތަކުން ފެނިގެން ގޮސްފައެވެ. އެގޮތުން ސީރިއަސް މީހެއްގެ ރޯލާއި، ހެއްވާ މަޖާ މީހެއްގެ އިތުުރުން ލޯބީގެ ރޯލުތަކުން ވެސް އަކްޝޭ ފެނިގެންގޮސްފައިވެއެވެ. އޭނާ އަކީ ކުޅަދާނަ އެކްޓަރެކެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

01 މެއި 2017
މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް
18 އެޕްރީލު 2017

ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި

18 އެޕްރީލު 2017
ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި
17 އެޕްރީލު 2017

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން
07 އެޕްރީލު 2017

އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ

07 އެޕްރީލު 2017
އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ
07 މާރިޗު 2017

އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި

07 މާރިޗު 2017
އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
20 ފެބުރުއަރީ 2017

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

20 ފެބުރުއަރީ 2017
62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި
09 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު

09 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު
13 ޖެނުއަރީ 2017

އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި

13 ޖެނުއަރީ 2017
އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި
07 ޖެނުއަރީ 2017

ބްރެޑް ޕިޓް ހުރީ ވަރަށް ބިރުން، ޢާއްމުންނަށް އަދި ޙަޤީޤަތް އެނގޭނެ: އެންޖެލީނާ ޖޯލީ

07 ޖެނުއަރީ 2017
ބްރެޑް ޕިޓް ހުރީ ވަރަށް ބިރުން، ޢާއްމުންނަށް އަދި ޙަޤީޤަތް އެނގޭނެ: އެންޖެލީނާ ޖޯލީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު