Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންވެލްތް

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އަށް ރައީސް ނަޝީދު ތުހުމަތު ކުރައްވައިފި

ކޮމަންވެލްތުން މިހާތަނަށް ތިން އެސެސްމެންޓެއް ހަދާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޑިސެމްބަރު 2019 | ހޮނިހިރު 03:23
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރާއްޖެއިން ކޮމަންވެލްތާއި ގުޅުމުގެ ކަންތައްތަކަށް އެޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝީއާ ޤަޞްދުގައި ލަސްކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

އިންޑިޔާގެ ނޫހަކަށް ފޯނު މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއިން ކޮމަންވެލްތާއި ގުޅުމަށް އަލުން ހުށަހެޅުމުން ޤަޞްދުގައި އެކަންތައްތައް ލަސްކުރައްވާތީ، އެއީ މައްސަލައެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިހާތަނަށް ތިން އެސެސްމެންޓެއް ހަދާފައިވާއިރު އެހެން ޤައުމާއި އަޅާކިޔާއިރު ބޮޑުތަނުންވެސް ރާއްޖެ ރަނގަޅުވާނެ ކަމަށާއި، މިހާ ބޮޑަށް މިކަން ދިގު ދައްމާލުމަކީ މެންބަރު ޤައުމުތަކުން ބޭނުންވާ ގޮތް ނޫން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނަމަވެސް ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން ކޮމަންވެލްތުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ގެންދަވަނީ ރާއްޖެއިން ކޮމަންވެލްތާއި ގުޅުމުގެ ކަންތައްތައް ފަސޭހަ ކުރައްވަން މެންބަރު ޤައުމުތަކާއ ވާހަކަ ދައްކަވަމުން ކަމަށެވެ. އަދި އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްސާކުރައްވާނެ ކަމަވެސް އޮފިޝަލާއި ޙަވާލާދެއްވާ އިންޑިއާގެ ނޫހުގައި ބުނެފައިވެއެވެ.

ރާއްޖެއިން ކޮމަންވެލްތުން ވަކިވެފައިވަނީ އެ ޖަމާޢަތުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ކަމަށް ބުނެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެން އެ ނިންމުން ބަދަލު ކުރައްވާ އަލުން ކޮމަންވެލްތާއި ގުޅުމުގެ ކަންކަން ވަނީ ފައްޓަވާފައެވެ.

އެގޮތުން ކޮމަންވެލްތާއި ގުޅެން ނިންމާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި އެފަހުން އަހަރެއް ވެފައިވާ އިރު، ތިން އެސެންމަންޓެއް އެ ޖަމިއްޔާއިން ވަނީ ރާއްޖޭގައި ހަދާފައެވެ. ޚަބަރު ލިބިފައިވާ ގޮތުގައިި އަލުން ރާއްޖެ ކޮމަންވެލްތުގެ ފުރިހަމަ މެންބަރަކަށް ވީކަން އިޢުލާން ކުރައްވާނީ އަންނަ ޖޫން މަހުއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު