Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޔާމީން މިނިވަންކުރަން އެއްވެސް ގައުމަކުން ގޮވާނުލުމުން، އެންމެފަހުން އާދޭހުގެ ސިޓީއާއެކު "ދޮން މީހުން" ކައިރިޔަށް!

ޔާމީން މިނިވަންކުރުމަށް ބޭރުގެ ޤައުމުތަކުގެ ސަފީރުންނާ ގެންދަވަނީ ބައްދަލުކުރައްވުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2019 | ހުކުރު 12:09
އަބްދުﷲ ޔާމީނަށް ޖަލު ހުކުމް އިއްވަމުންގެންދިޔަ ވަގުތު، އެމަނިކުފާނުގެ ކްރިމިނަލް ކޯޓުގައި

އަބްދުﷲ ޔާމީނަށް ޖަލު ހުކުމް އިއްވަމުންގެންދިޔަ ވަގުތު، އެމަނިކުފާނުގެ ކްރިމިނަލް ކޯޓުގައި

މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ރާއްޖޭގެ މީޑިއާތަކުގެ ސުރުހީތަކުން ފެންނަން ހުރީ އޭރު ވެރިކަމުގައި ހުންނެވި ހުދުމުހާތު ވެެރިޔަކު، ގަދަބަސް ވިދާޅުވެ ދައްކަވަމުންގެންދެވި ވާހަކަފުޅުތަކެވެ. ސިޔާސީ ފަރާތްތަކުގެ މައްޗަށް އިއްވި ސިޔާސީ ހުކުމްތައް ދިފާއުކުރައްވާ، ބައިނަލްއަޤުވާމީ ބޮޑެތި ގައުމުތަކާއި ޖަމިއްޔާތަކަށް ގޮންޖައްސަވަމުންގެންދެވި މަންޒަރު އެވެ.

ރާއްޖޭގެ ދާހިލީ ކަންކަމާއި އެއްވެސް ފަރާތަކުން ބެހިގެން ނުވާނެކަމަށާއި، ޖަލުގައި އޮތް ކުށްވެރިޔަކު މިނިވަންކުރުމަށް ގޮވާލައިގެން ނުވާނެކަމަށް ވިދާޅުވަމުންގެންދެވީ މި ދެންނެވި ހުދުމުތާރު އަނިޔާވެރި ވެރިޔާ އެވެ. ކޯޓުން ހުކުމެއްކޮށްފައިވާ ކުށްވެރިއަކު މިނިވަންކުރަން ގޮވާލާނަމަ، އެ ޖަމިއްޔާއަކާއި، އެ ޤައުމާއި އޮންނަ ގުޅުން ކަނޑާލަންޖެހިދާނެކަމުގެ އިންޒާރުތައްވެސް ދެއްވަމުންގެންދެވި އެވެ. ޤައުމުގެ ދާހިލީ ކަންކަން ހައްލުކުރާނީ، ދިވެހިންކަމަށް ވިދާޅުވަމުންގެންދެވީވެސް ހަމަ އެމަނިކުފާނު އެވެ. މަގުމައްޗަކީ މައްސަލަތައް ހައްލުކުރަން އޮންނަ ތަނެއް ނޫންކަމަށާއި، މައްސަލަތައް ހައްލުކުރަންޖެހޭނީ ކޯޓުންކަމަށް ވިދާޅުވީވެސް ހަމަ މި ދެންނެވި މަނިކުފާނު އެވެ. ދޮން މީހުންނޭ، ކަޅު މީހުންނޭ ވިދާޅުވެ ވާހަކަފުޅުތައް ދެއްކެވީވެސް ހުދުމުހުތާރު ވެރިޔާ އެވެ.

މުޅި މަންޒަރު ބަދަލުވެ، ޖަލުގެ ގޮޅިއަށް ވަޑައިގަންނަވަންޖެހުނުއިރު، އޭރުގައި ވިދާޅުވި ހުރިހާ ވާހަކަފުޅުތަކެއް ވަނީ ކީ ފަރިއްސަވެ ނިމިފަ އެވެ. އެ ދުވަހުގައި ރާއްޖޭގެ ކަންކަން ހައްލުކުރުމަށް ބޭރުގެ ދޮން މީހުން ކައިރިއަށް ގޮސްގެން ނުވާނެކަމަށް ވިދާޅުވިނަމަވެސް، މިއަދުގެ ހަޤީޤަތްވަނީ ބަދަލުވެފަ އެވެ.

ހުދުމުހުތާރު ވެރިޔާ އަބްދުﷲ ޔާމީންގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 6 މަސް ދުވަހުގެ ތެރޭގައި 5 މިލިއަން ޑޮލަރު ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ހުކުމް އިއްވިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވީއިރު މިއަދުގެ ހަޤީޤަތަކީ މަނީ ލޯންޑަރިންގގެ ހުކުމާއި ގުޅެގޮތުން އެއްވެސް ޤައުމަކުން، އެއްވެސް އެއްޗެއް ވިދާޅުވެފައިނުވާކަމެވެ. އެންމެ ކުޑަ މިންވަރުން އެ ހުކުމް އިއްވުމުން، އެކަން ކުށްވެރިވެސްކޮށްލާފަ ނުވާކަމެވެ. އެއީ ސިޔާސީ ދައުވާއެއްކަމާއި، ޝަރީއަތް ކުރިއަސްގެންގޮސްފައިވަނީ އިންސާފުން ބޭރުގައިކަމަށް ބުނި އެއްވެސް ޤައުމެއް ނެތްކަމެވެ.

އެންމެ ގާތް އެކުވެރިންގެ ގޮތުގައި ދެކުނު ޗައިނާ އަދި ސައުދީ ސަރުކާރުންވެސް އެކަން ކުށްވެރިކޮށްލާފައިނުވާއިރު، ސަރުކާރާއެކު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް އެ ޤައުމުތަކުން ގެންދަނީ މަސައްކަތްތައްކުރަމުންނެވެ. ޖަމިއްޔާ ޖަމާއަތްތަކުންވެސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމާއި ގުޅެގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ހުރިހާ ޤައުމަކާއި، ޖަމިއްޔާތަކުންވެސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަކީ އިންސާފުން އިއްވާފައިވާ ޖަލު ހުކުމެއްކަމަށް ބުނާ ކަހަލަ އެވެ.

ދެން އޮތީ ބައިނަލްއަޤުވަމީ ބޮޑެތި ނޫސް އެޖެންސީތަކުން ރާއްޖޭގެ ތާރީހުގައި ފުރަތަމަފަހަރަށް މަނީ ލޯންޑަރކުރެއްވިކަމުގެ ކުށް ސާބިތުވި ވެރިޔާގެ ހަބަރުތައް ގެނެސްދީފައިވާގޮތެވެ. މިއިން އެއްވެސް މީޑިއާއެއްގެ ސުރުހީއަކުންވެސް މީގެކުރިން ހިންގި ޝަރީއަތްތަކާއި ގުޅިގެން ފެންނަން ހުރި އިބާރަތްތަކެއް ފެންނާކަށް ނެތެވެ. ސިޔާސީ ދައުވާއެއްކަމާއި، ސިޔާސީ ޝަރީއަތެއްކަމަށް ބައިނަލްއަޤުވާމީ ބޮޑެތި އެއްވެސް މީޑިއާއަކުންވެސް ރިޕޯޓްކޮށްފަ އެއް ނުވެ އެވެ.

މިއީ މުޅި ދުނިޔެ ހުދުމުހުތާރު ވެރިޔާ އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ސިފަކޮށް، އަމަލުކުރަމުން ދިޔަ ގޮތެވެ. މިކަމުގައި ފެންނަން ހުރި ހަޤީޤަތްކެވެ.

މިއަދު ހަޤީޤަތަކީ، އަބްދުﷲ ޔާމީނާއި، އަބްދުﷲ ޔާމީނަށް ތާއިދުކުރާ މަދު މީސްކޮޅު، ޤައުމުތަކުގެ ފައި ބުޑަށް ވެއްޓި، އަބްދުﷲ ޔާމީންގެ ދިފާއުގައި ކޮންމެވެސް އެއްޗެއް ވިދާޅުވުމަށް އެދި އާދޭސްކުރަމުންދާކަމެވެ. ޖަމިއްލާތަކުގައި އެކަމަށް އެދި ސަލާންޖަހަމުންދާކަމެވެ. އެ ދުވަހުގައި ރާއްޖޭގެ ދާހިލީ ކަންކަންމާއި ބޭރުގެ މީހުން ބެހިގެން ނުވާނެކަމަށާއި، ޝަރީއަތުން ހުކުމްކޮށްފައިވާ ކުށްވެރިއަކު މިނިވަންކުރަން ގޮވާލުމަކީ ބައިލަންގަންނާނެކަމެއް ނޫންކަމަށް ވިދާޅުވިނަމަވެސް ވަފުދުތައް ހަަދައި، ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ޤައުމުތަކަށް ވަޑައިގަންނަވަމުންދާކަމެވެ. ދޮން މީހުންނާއި ބައްދަލުކޮށްވެސް އެކަމަށް އާދޭސްކުރަމުންދާކަމެވެ.

އަބްދުﷲ ޔާމީނާއި، އަބްދުﷲ ޔާމީން ތާއީދުކުރާ މީސްކޮޅު މިއަދު ދަންނަންޖެހޭ ހަޤީޤަތަކީ މުޅި ބައިނަލްއަޤުވާމީ މުޖުތަމައުވެސް އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމަށް ތާއީދުކުރާކަމެވެ. ދިވެހި ރައްޔިތުންނާ އެއް މިންވަރަށް އެ ޝަރީއަތަކީ އިންސާފުން ކުރިއަށްގެންދިޔަ ޝަރީއަތެއްކަމަށް ގަބޫލުކުރާކަމެވެ. ލިބެންޖެހޭ އެންމެހައި ހައްޤުތައް އެމަނިކުފާނަށް ދެމުންގެންދާކަމެވެ. އެހެންކަމުން ކިތަންމެ، އާދޭހެއް ކުރިނަމަވެސް، ކިތަންމެ ވަރަކަށް ސަލާންޖެހިނަމަވެސް އެކަން ބދަލުނުކުރެވޭނެކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

04 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު