Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ - ރޭޕް

ރޭޕްކޮށް އަންދާލީ އަންހެން މީހާގެ ހަތަރު ގާތިލުން މަރާލައިފި

އެމީހާ ގެއްލުނީ ބުދަ ދުވަހު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2019 | ހުކުރު 06:13
އަންހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ ސިޓީގެ ބޭރުން

އަންހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ ސިޓީގެ ބޭރުން

އިންޑިއާގެ ހައިދްރަބާދުގައި 27 އަހަރުގެ އަންހެނަކު ރޭޕްކޮށްލުމަށްފަހު އޭނާގެ ހަށިގަނޑު އަންދާލި ހަތަރު ފިރިހެނުން މަރާލައިފި ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

އެ މީހުން ހައްޔަރު ކޮށްފައިވަނީ ގޭންގް ރޭޕް އާއި މީހަކު މެރުމުގެ ތުހަމަތުގައެވެ. ފުލުހުން ބުނީ، އެމީހުން މަރާލާފައިވަނީ ހައްޔަރުކޮށްގެން ދަނިކޮށް ފިލަން އުޅެނިކޮށް ކަމަށެވެ. އަންދާލާފައިވާ އުމުރުން 27 އަހަރުގެ އަންހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ ހައިދަރްއާބާދްއާ 50 ކިލޯމީޓަރު ދުރުގައި އޮންނަ ޝަދްނަގަރުން ބުރާސްފަތި ދުވަހުއެވެ.

ބުދަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާގެ ހަށިގަނޑު ފެނުނީ ތެލަންގާނާ ސްޓޭޓްގެ ވެރިރަށް ހައިދަރްއާބާދްގެ ބޭރުން ހިނގާފައި ދިޔަ މީހަކަށެވެ.

ޤާނޫނީ ސަބަބުތަކަށްޓަކައި ނަން ސިއްރު ކޮށްފައިވާ މި އަންހެން މީހާގެ އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ގެއިން ނުކުތީ ޑޮކްޓަރުގެ އެޕޮއިންޓްމަންޓަކަށެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާގެ ސައިކަލުގެ ޓަޔަރު ހަލާކުވި ކަމަށާއި، އެތަނުން ދިޔަ ލޮރީ ޑްރައިވަރެއް ސައިކަލުގެ ޓަޔަރު ހަދާދޭނެކަމަށް ބުނި ކަމަށް އޭނާގެ ދައްތަ ވަނީ މީޑިއާތަަކަށް މައުލޫމާތު ދީފައެވެ. ފުލުހުން ބުނީ، ސައިކަލު ޓަޔަރު ހަދައިދޭނެ ކަމަށް ބުނެ މީހުން ނޫޅެ ހިސާބަށް އެއަން މީހާ ގެންގޮސް ރޭޕްކޮށް މަރާލާފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު އެ ހަތަރު މީހުން ހައްޔަރުކޮށް ބައިތިއްބާފައި ތިބި ހައިދަރްއާބާދުގެ ރަށް ބޭރުގައި ހުންނަ ފުލުހުންގެ މަރުކަޒަށް އެއްވި ބަޔަކު ވަނީ ކުށް ކުރި މީހުން އެ މީހުންނާއި ހަވާލުކުރުމަށް ގޮވާލާފައެވެ.

އެ މައްސަަލަ ވިހާވެސް އަވަހަށް ނިންމައިދޭނެ ކަމަށް ޗީފް މިނިސްޓަރު ވިދާޅުވެފައިވާއިރު، ރޭޕްކުރާ މީހުން ގައިގައި ހައްދު ޖަހައި، ހަރުކަށި އަދަބު ދިނުމަށް މުޒާހަރާ ކުރި މީހުންގެ އިތުރުން ގާނޫނޫ ހަދާ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ގޭންގް ރޭޕްތަކާއި އަންހެނުންނަށް ކުރާ އަނިޔާ އިންޑިއާގައި އިތުރުވެފައިވާއިރު، އެ ޤައުމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގައި ދުވާލެއްގެ މައްޗަށް މަދުވެގެން 92 ރޭޕްކޭސް ފުލުހުންނަށް ހުށައަޅައެވެ. އެގޮތުން 2017 ވަނަ އަހަރުވެސް ރޭޕްއާއި ގުޅުންހުރި 33،658 (ތިރީސް ތިންހާސް ހަސަތޭކަ ފަންސާސް އަށް) ކޭސް ފުލުހުން ރަޖިސްޓަރ ކޮށްފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި

ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި

18 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި

ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި

05 މާރިޗު 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު