Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާ ކާރު ބޮމުގެ ޙަމަލާ

ސީރިއާގަ ދިން ކާރުބޮމުގެ ޙަމަލާއެއްގައި ތުރުކީ ފަސް ސިފައިން މަރުވެއްޖެ

5 ޑިސެމްބަރު 2019 | ބުރާސްފަތި 20:46

ޙަމަލާ ދީފައިވަނީ ތުރުކީ ސިފައިން ދަތުރު ކުރަމުން ދިޔަ ޤާފިލާއަކަށް

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 5 ޑިސެމްބަރު 2019 | ބުރާސްފަތި 20:46
ސީރިއާއާއި ތުރުކީ ގުޅޭ ޞަރަހައްދީ ބޯޑަރު

ސީރިއާއާއި ތުރުކީ ގުޅޭ ޞަރަހައްދީ ބޯޑަރު

ސީރިއާގައި ދިން ކާރުބޮމުގެ ޙަމަލާއެއްގައި އެޤައުމުގައި ޙަރަކާތްތެރިވަމުންދާ ތުރުކީވިލާތުގެ އަސްކަރީ ފައުޖުގެ 5 ސިފައިން މަރުވެއްޖެއެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާ "ސަނާ" އިން ޚަބަރު ފަތުރާގޮތުގައި، ސީރިއާގެ އުތުރު ހަލަބް ޕްރޮވިންސްގެ މައި ސިޓީކަމަށްވާ ޖަރާބުލްސްގައި ދަތުރުކުރަމުންދިޔަ ތުުރުވިލާތުގެ އަސްކަރިއްޔާގެ ޤާފިލާއަކަށް އަމާޒުކޮށް ދިން ބޮމުގެ މި ޙަމަލާގައި ތުރުކީވިލާތުގެ އަސްކަރީ ފައުޖުގެ ފަސް ސިފައިން މަރުވެ އިތުރު 12 ސިފައިން ޒަޚަމްވިއެވެ. ޒަޚަމްވި ސިފައިން ސީރިއާއާއި، ތުރުކީވިލާތް ގުޅޭ ޞަރަޙައްދީ އިން ކައިރީ ޤާއިމުކޮށްފައިވާ އަސްކަރީ ބޭހަށް ގެންގޮސްފަރުވާ ދީފައިވާކަމަށާއި، މީގެ ތެރެއިން ބައެއް ސިފައިންގެ ޙާލަތު ވަރަށް ނާޒުކުކަމަށް ސަނާ ނިއުސް އޭޖެންސީން ބުނެއެވެ.

ޙަމަލާދިން ވަގުތު ތުރުކީގެ ޤާފިލާ ދަތުރު ކުރަމުން ދިޔައީ އުތުރު ސޫރިޔާގެ ރަށްބޭރުގައި ތުރުވިލާތުން ޤާއިމުކޮށްފައިވާ އަސްކަރީ ބޭހަކަށްކަމަށް މަޢުލޫމާތު ލިބެއެެވެ. މި އަސްކަރީ ބޭހަކީ ސީރިއާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކުރުދީންނާއި ދެކޮޅަށް އަސްކަރީ ހަމަލާތައް ދޭން ތުރުކީގެ ލަޝްކަރުން މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާ ތަނެވެ.

ތުރުކީން އިސްވެ ކުރުދީ ހަނގުރާމަވެރިންނަށް ޙަމަލާދޭން މިދިޔަ އޮކްޓޯބަރުމަހު ފެށީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދާއި ދެކޮޅަށް ކުރުދީން ކުރަމުންދާ ހަނގުރާމަ ދިގުލައިގެން ގޮސް ސީރިއާގެ ޢާންމު ރައްޔިތުން ޢާންމު ދިރިއުޅުމުން މަހުރޫމުވެ، އެޤައުމަށް އުމްރާނީ ގޮތުން ބޮޑެތު ގެއްލުންތައްވެ، ސަރުކާރު ހިންގަން އުދަގޫވެ، ބޮޑު މަދަނީ ހަނގުރާމައަކަށް ބަދަލުވުމުގެ ސަބަބުން ސީރިއާ ސަރުކާރަށް ވާގިވެރިވެ ދިނުމުގެ ގޮތުންނެވެ.

ތުރުކީގެ ލަޝްކަރުން ކުރުދީ ހަނގުރާމެވެރިންނާއި ދެކޮޅަށް އަސްކަރޯ ގޮތުން ތެދުވުމުން އެކަމުގެ ރުޅިވެރިކަމުގައި، ދޭތެރެ ދެތެރެއިން ތުރުކީ ސިފައިންނަށް ޢަމާޒުކޮށް ޙަމަލާތައް ދެއެވެ. އެއްގަމު މަގުންނާއި ވައިގެ މަގުން ދޭ މިޙަމަލާތައް ބޮޑަށް ޢަމާޒުކުރަނީ ތުރުކީ ސިފައިންގެ މަރުކަޒުތަކަށާއި، ދަތުރުކުރަމުންދާ އެއްގަމު އުޅަނދުތަކަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް