Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން ދައުލަތުގެ ބިންތައް ވިއްކާލުން

ބޭނުން ނުހިފާ ދައުލަތުގެ ބިންތައް ވިއްކަން ޕާކިސްތާނު ސަރުކާރުން ނިންމައިފި

5 ޑިސެމްބަރު 2019 | ބުރާސްފަތި 20:44

ބޭނުން ނުހިފާ ދައުލަތުގެ 32 ބިމެއް ވިއްކަން ނިންމާފައިވޭ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 5 ޑިސެމްބަރު 2019 | ބުރާސްފަތި 20:44
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިސްމަސްއޫލުވެރިންގެ ބައްދަލުވުމެއްގައި

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިސްމަސްއޫލުވެރިންގެ ބައްދަލުވުމެއްގައި

ބޭނުން ނުހިފާ ހުރި ދައުލަތުގެ ބިންތައް ވިއްކަން ޕާކިސްތާނު ސަރުކާރުން ނިންމައިފިއެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ޚަބަރުފަތުރާގޮތުގައި، ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން މިފަދައިން ނިންމެވީ ދައުލަތުގެ މިލްކުވެރި ބިންތަކުގެ ތެރެއިން މިހާރު ސަރުކާރުގެ އެއްވެސް ބޭނުމަކަށް ބޭނުންނުހިފާ ބިން ބޭނުންކޮށްގެން ސަރުކާރުން ރައްޔިތުންގެ މަންފާއަށް ހިންގާ "ވެލްފެއަރ" މަޝްރޫޢުތަަކާއި، ޕްރޮގުރާމުތަކަށް ފައިސާ ހޯދުމުގެ ނިޔަތުގައެވެ.

އިމްރާން ޚާން މިގޮތައް ނިންމެވީ ސަރުކާރުގެ އިސްމަސްއޫލުވެރިންނާއެކު ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ދުބާއީގައި ބާއްވާ އެކްސްޕޯއެއްގައެވެ. މި ބައްދަލުވުމުގައި އިމްރާން ޚާން ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނުގެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި، އެ އަޑިގުޑަންތަކުން އަރައިގަތުމަށް އޮތް އެންމެ ލުއި ގޮތަކީ މިއީ ކަމަށް ބަޔާންކުރައްވާފައިވެއެވެ. ހަމަ އެއާއެކު، ބޭރުގެ އިންވެސްޓަރުންނާއި، ޤައުމުން ބޭރުގައި ދިރިއުޅޭ ޕާކިސްތާނުގެ މުއްސަނދި ވިޔަފާރިވެރިން ޕާކިސްތާނުގައި އިންވެސްޓްކުރަން ޝައުޤުވެރިކުރުވުން މިއީވެސް އެއް ސަބަބެވެ.

މިބައްދަލުވުމުގައި، ސަރުކާރުގެ އެކި ވުޒާރާތަކުގެ ބެލުމުގެ ދަށުގައި އޮތް 32 ބިމެއް ވިއްކަން ނިންމާފައިވެއެވެ. އިމްރާން ޚާން ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ބޭނުން ނުކުރާ ބިންތައް ވިއްކައިގެން ލިބޭ ފައިސާ ޚަރަދު ކުރާނީ ސަރުކާރުގެ ވެލްފެއަރ ސްކީމް ދަށުން ހިންގާ ތަޢުލީމާއި، ބޯހިޔާވަހިކަމާއި، ޞިއްޙީ ފަރުވާއާއި، ކާބޯތަކެތީގެ ޕްރޮގުރާމުތަކަށް ކަމަށެވެ. އެގޮތުން އާ ސްކޫލްތަކާއި، ކޮލެޖުތަކާއި، ހޮސްޕިޓަލްތައް މި ފައިސާއިން ތަރައްޤީކުރަން ނިންމާފައިވެއެވެ.

އިމްރާން ޚާން ވިދާޅުވީ ދައުލަތުގެ މިލްކިއްޔާތައް ބިލިއަނުން ގުނަ ކުރެވޭފަދަ ބިންތައް އެއްވެސް ގޮތަކަށް ބޭނުންނުހިފައި ބަހައްޓާފައިވާއިރު، ދައުލަތައް އަހަރަކު އެތައް ބިލިއަން ރުޕީސްގެ ގެއްލުންވަމުން އަންނަ ކަމަށެވެ. އަދި މި އަގުހުރި ބިންތައް އެއްވެސް ގޮތަކަށް ކުރީ ސަރުކާރުތަކުން ބޭނުން ހިފާފައި ނުވަނީ އިހުމާލުންނާއި ވައްކަންކުރުމުގެ ނިޔަތުގައި ކަމަށް އިމްރާން ޚާން ވިދާޅުވެފައިވެއެވެ. ސަރުކާރުގެ އިދާރާތަކާއި، ވުޒާރާތަކާއި މުއައްސަސާތަކަށް ބިލިއަނުން ގެއްލުންވެ އިނދަޖެހެމުން ދިޔަތަން ބަލަން ކުރީ ސަރުކާރުން ތިބި ނަމަވެސް އޭނާގެ ސަރުކާރުގައި އެކަން ތަކުރާރިވިޔަ ނުދީ ފައިސާ ހޯދެން ހުރި ގޮތަކަށް ހޯދައިގެން އެކަން ރަނގަޅު ކުރައްވާނެކަމަށް ވިދާޅުވިއެވެ. އެގެގޮތުން ބަލާއިރު، މިވަގުތައް ދައުލަތައް އެންމެ ބޮޑު ޢާމްދަނީއެއް އޮތީ ދައުލަތުގެ މިލްކިއްޔާތުގައި ހުރި ބިންތައް ވިއްކުންކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.

އިމްރާން ޚާން ވަނީ ދައުލަތުގެ ބިންތައް ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގައި އިހުމާލުވާ ސަރުކާރުގެ މަސްއޫލުވެރިންނާއި، އަދި އެމަސައްކަތް ކުރިޔަށްގެންދަން ހުރަސް އަޅާ މަސްއޫލުވެރިންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ. އަދި މި ބިންތައް ދެނެގަތުމަށް އެސެޓް މެނޭޖްމެންޓް ކޮމިޓީއަށާއި މައި ސަރުކާރުގެ ވުޒާރާތަކަށް ދެެއްވާފައިވަނި އެއް ހަފުތާގެ މުހުލަތެކެވެ.

ޕާކިސްތާނުގެ އިޤުތިޞާދު ހީނަރުވުމުގެ ސަބަބުން، އާސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން މާލީ ދަތިތަކާއި ކުރިމަތިވިއެވެ. މިކަން ޙައްލުކުރުމުގެ ގޮތުން އިމްރާން ޚާނުގެ ވެރިކަމުގެ ފުރަތަމަ އަަހަރުގައި އެކަނިވެސް 10.4 ބިލިއަން ޕާކިސްތާނު ރުޕީސްގެ ލޯނުތައް ބޭރުގެ ޤައުމުތަކުން ނަގާފައިވެއެވެ. މީގެ ތެރެއިން 46 އިން ސައްތަ ލޯނަކީ ކުރު މުއްދަތުގައި ދައްކާ ޚަލާސް ކުރާގޮތައް 5.5 އިން ސައްތަ އިންޓަރެސްޓް ރޭޓުގައި ބޭރުގެ ޤައުމުތަކުގެ ބޭންކުން ނަގާފައިވާ ލޯނުތަކެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް