Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޑީސީ

މަރުގެ ހާދިސާއާ ގުޅިގެން ހުޅުމާލޭގައި މަގު ބައްތި އިތުރުކުރުމުގެ މަޝްރޫއެއް އެޗްޑީސީން ފަށައިފި

ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާ ގުޅިގެން ވެސް ދަނީ މަސައްކަތްތަކެއް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޑިސެމްބަރު 2019 | ބުރާސްފަތި 14:05
ހުޅުމާލޭގެ މަގެއް

ހުޅުމާލޭގެ މަގެއް

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަގު ބައްތި އިތުރުކުރުމުގެ މަޝްރޫޢެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ޓެކްސީ ޑްރަވަރަކަށް ވަޅިން ހަމަލާދީ މާރާލާފައިވާތީ، އެކަމާއި ގުޅިގެން އެޗްޑީސީން ޢާންމު ކުރި ބަޔާނުގައި ބުނެފައިވަނީ، މިފަދަ ހިތާމަވެރި ހާދިސާތައް މަދުންނަމަވެސް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވަމުންދާތީ، ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ހުޅުމާލޭގެ މަގުތައް އިތުރަށް އަލިކުރުމަށްޓަކައި މަގު ބައްތި އިތުރުކުރުމުގެ މަޝްރޫއެއް ފަށާފައިވާކަމަށާއި، ފާހަގަކުރެވޭ ބައެއް މަގުތަކުގައި މަގު ބައްތި އިތުރުކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ. މީގެ އިތުރުން އެޗްޑީސީން ބުނީ މޯލްޑިވިސް ޕޮލިސް ސަރވިސްއާއެކު ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިމަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާތައް ހަރުކޮށްފައިވާ ކަމަށާއި، މުޅިއަކު 48 ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާއިރު، 25 ކެމެރާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިގެން، އެފަރާތަށް އެންމެ އެކަށީގެންވާ ސަރަހައްދުތަކުގަ ހަރުކޮށްފައިވާ ކެމެރާތަކެއް ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ހަރުކޮށްފައިވާ 23 ކެމެރާއަކީ އާންމުންގެ ކަންކަން އެޗްޑީސީން ބެލެހެއްޓުމަށްޓަކައި، އާންމުންނަށް ޚާއްސަކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ޕާކުތަކާއި ބައެއް ޕާކިން ޒޯންތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކެއް ކަމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ރައްޔިތުންނަށް ދިރިއުޅުން ފަހިކޮށްދިނުމަށް އެކި އިދާރާތަކާއިއެކު މަސައްކަތް ކުރަމުން އަންނައިރު، ހިތާމަވެރި ހާދިސާތައް ހުޅުމާލޭގައި މަދުކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު