Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތް އޭޝިއަން ގޭމްސް

ދީމާ އަދި ރަފާ ސިންގަލްސްގެ ކުއާޓާ ފައިނަލަށް!

5 ޑިސެމްބަރު 2019 | ބުރާސްފަތި 09:01

ރަފާ އަދި ދީމާ މި މުބާރާތުގެ ކުއާާޓާ އަށް ދަތުރުކުރީ ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްގެން

އަތޫފް އާތިފް
އަތޫފް އާތިފް | 5 ޑިސެމްބަރު 2019 | ބުރާސްފަތި 09:01
ފާތިމަތު ދީމާ އަލީ

ފާތިމަތު ދީމާ އަލީ

ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގެ ކުއާޓަރ ފައިނަލުން ދީމާ އަދި ރަފާ ޖާގަ ހޯދައިފިއެވެ.

ދީމާ މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި އޭނާ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެންނެވެ.

ބުރާސްފަތި ދުވަހު ހެނދުނު ދީމާ ކުޅުނު ފުރަތަމަ މެޗުން ސްރީލަންކާގެ އިޝާރާ އަތުން ދީމާ ވަނީ ބަލިވެފައެވެ. މި މެޗުން ދީމާ ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ. ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ފުރަތަމަ ސެޓު ދީމާ ކާމިޔާބު ކޮށްފައިވަނީ 11-13 އިންނެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓު އިޝާރާ ވަނީ ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ސެޓުތައް އިޝާރާ ކާމިޔާބުކުރީ، 11-8، 11-4 އަދި 11-2 އިންނެވެ.

ދީމާގެ ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ނޭޕާލުގެ ކުޅުންތެރިޔާ ރަބީނާ މަހަރްޖާން އާއި ވާދަކުރި އިރު، މި މެޗު ދީމާ ވަނީ ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ދީމާ ވަނީ ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފައެވެ. ނޭޕާލުގެ ކުޅުންތެރިޔާ ރަބީނާ މަހަރްޖާން އާއި ވާދަކުރި އިރު، މި މެޗު ދީމާ ވަނީ ތިން ސެޓުއެކު ކާމިޔާބު ކޮށްފައެވެ. މި ދެ ސެޓު ދީމާ ގެންދިޔައީ 11-7 އަދި 11-9 އިންނެވެ. ނަމަވެސް މެޗުގެ ތިންވަނަ ސެޓުގައި ނޭޕާލުގެ ރަބީނާ ވަނީ ދީމާ ބަލިކޮށް އުންމީދު އާ ކޮށްފައެވެ. މި ސެޓު ރަބީނާ ގެންދިޔައީ 7-11 އިންނެވެ. ނަމަވެސް ޖެހިގެން އައި ސެޓު ކާމިޔާބުކޮށް ދީމާ ވަނީ މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދައިފައެވެ. މި ސެޓު ދީމާ ކާމިޔާބުކުރީ 11-7 އިންނެވެ.

މި މުބާރާތުގެ ފައިނަލަށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ވެސް ދަތުރުކުރީ، އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވެގެންނެވެ. ރަފާގެ ފުރަތަމަ މެޗުގައި އޭނާ ނިކުތީ ޓީޓީ ގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ އިންޑިއާގެ ކުޅުންތެރިޔަކާއި ދެކޮޅަށެވެ. މި މެޗުން ރަފާ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އިންޑިއާގެ އަޔްކާ ކާމިޔާބުކުރީ 11-4، 11-4 އަދި 11-5 އިންނެވެ.

ރަފާގެ ދެވަނަ މެޗުގައި ބަންގްލަދޭޝްގެ ސަޑިއާ ރަހްމާން ފަސޭހަ ކަމާއެކު އޭނާ ވަނީ ބަލިކޮށްފައެވެ. މި މެޗު ރަފާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ރަފާ ގެންދިޔައީ 11-6، 11-5 އަދި 11-9 އިންނެވެ.

ޓީޓީ އަންހެން ޑަބަލްސް އިވެންޓުން ރަފާ އަދި ދީމާގެ ޕެއަރ އިއްޔެ ކެޓީ ވަރުގަދަ އިންޑިއާ އަތުން ބަލިވެގެންނެވެ. ނަމަވެސް މި މެޗުގައި ރަފާ އަދި ދީމާ ވެސް ވަނީ މޮޅަށް ކުޅެފައެވެ.

އަންހެން ޓީމު އިވެންޓުން ރާއްޖެއަށް ވަނީ ބްރޯންމެޑަލް ހޯދައިފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް