Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުޚީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރު ތަރައްގީކުރަން އެންމެގެ ބައިވެރިވުން ވަރަށް މުހިންމު: ސްޓޭޓް މިނިސްޓަރު އިފްހާމް

3 ޑިސެމްބަރު 2019 | އަންގާރަ 18:37

އިންޓާންޝިޕްގެ ޕްރޮގްރާމްތަކުން ފުރުސަތު ހޯދައިދޭން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޑިސެމްބަރު 2019 | އަންގާރަ 18:37
ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސެއިން

ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސެއިން

ޖެންޑަރ މިނިސްޓްރީން މަސައްކަތް ކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް ކަމަށާއި، މިމަސައްކަތަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި އިފްހާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަ ސަމާލުކަމެއްދީ، ހަމަހަމަ އުޞޫލުން އެކުދިންނަށް އެހީތެރިވަމުން އަންނަ ކަމަށެވެ. އިފްހާމް ވިދާޅުވީ މަސައްކަތް ކުރަނީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަކީ ޤާބިލު ބަޔަކަށް ހެދުމަށް ކަމަށާއި، އިންޓަންޝިޕްގެ ޕްރޮގުރާމުތަކުން ފުރުޞަތު ހޯދައިދިނުމަށް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރޭގައި ޤުރުއާން ހިތުދަސް ކުދިން ތިބިކަން ފާހަގަކުރައްވައި އިފްހާމް ވިދާޅުވީ، ނުކުޅެދުންތެރި މީހަކަށް ވީތީ ވަޒީފާ ދިނުމުގެ ވިސްނުމުގެ ބަދަލުގައި، އެކުއްޖެއްގެ ކިބައިގައި ހުރި ހުނަރެއް ދެނެގަތުމަށްފަހު، އެހުނަރު ތަރައްޤީކުރަން ކަމަށެވެ. އަދި އެއަށްފަހު އެކަށީގެންވާ ވަޒީފާއެއް ހަމަޖައްސައިދިނުމަކީ އެންމެ އެކަށީގެންވާ ގޮތްކަން އިފްހާމް ފާހަގަކުރެއްވިއެވެ.

ޖެންޑަރ މިނިސްޓްރީން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ އިފްހާމް ވިދާޅުވީ މިހާރު ސަރުކާރުގެ ހުރިހާ ވުޒާރާތަކުން ފޯކަލް ޕޮއިންޓެއް ކަނޑައެޅިފައިވާ ކަމަށާއި، އެފޯކަލް ޕޮއިންޓަށް ވެސް އެކިބާވަތުގެ ނުކުޅެދުންތެރިކަމާއި ގުޅުންހުރި މަޢުލޫމާތު ދެވިފައިވާ ކަމަށެވެ. އަދި ފޯކަލް ޕޮއިންޓް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރުމަށް ފަސޭހަވެގެންދާ ކަމަށް އިފްހާމް ވިދާޅުވިއެވެ.

އިފްހާމް ވިދާޅުވީ އަތޮޅު ތެރޭގައި ދިރިއުޅެމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ޚާއްޞަ ސަމާލުކަމެއްދީގެން މިނިސްޓްރީން މޮނީޓަރ ކުރަމުން އަންނަ ކަމަށާއި، އެރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެވެ. އަދި އެރަށްރަށަށް މިނިސްޓްރީގެ ޓީމުތަކުން ގޮސް ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅޭ ގޭގެއަށް ޒިޔާރަތް ކުރާ ކަމަށް ވެސް އިފްހާމް ވިދާޅުވިއެވެ.

މީގެ އިތުރުން އިފްހާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތާއި، އެފަރާތްތަކަށް މިހާރު ލިބޭ ޚިދުމަތްތަކާއި ބެހޭ ގޮތުން ޢާންމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމަކީ މުހިންމު ކަމެއް ކަމުގައި ދެކިލައްވާ ކަމަށެވެ. އެގޮތުން ބެލެނިވެރިންނަށާއި، ސަރުކާރުގެ ވުޒާރާތަކަށާއި، ސްކޫލުތަކުގެ އިތުރުން އެކި ޖަމިއްޔާތަކަށް ޚާއްސަކޮށް ހޭލުންތެރިކަމުގެ ސެޝަންތައް ހިންގަމުން އަންނަ ކަމަށް އިފްހާމް ވިދާޅުވިއެވެ.

އިފްހާމް ވިދާޅުވީ މިހާރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގޯނާކުރުން ފަދަ މައްސަލަތައް ވަރަށް މަދު ކަމަށެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާއެއް ނުވަތަ އިހުމާލެއްވާކަމުގެ ރިޕޯޓު މިނިސްޓްރީއަށް ލިބޭއިރަށް ވަގުތުން އެކަމެއް ބަލައި ފިޔަވަޅު އަޅާކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް