Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭރިޕޯޓު

ރައީސް ޔާމީން! ޔެސް އައި އެމް ވެރީ ސީރިއަސް!

އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު ހަނިކުރި ހަނދާނެއް ނެތް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2019 | އަންގާރަ 14:18
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ފަހުގެ ތާރީހެއްގައި ރައްޔިތުމީހާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވެރިކަމުގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ފަރުދާގެ އަނެއް ފަރާތުން، ވަގަށް ފޭރެން އުޅެ އަތަށް ގޮވައި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ބޭފުޅާ ކުރި ކަންތައްތަކަށް އިންސާފު ހޯދައިދިނުމަށް މި ސަރުކާރުން ކުރި މަސައްކަތެވެ. ދައްކަން މިއުޅެނީ އަމިއްލައިން ފަރިކުރެއްވި ދަންތުރަތަކުގައި މެހި އަމިއްލައިން ފޭހުނު އިލޮށި ގަނޑު އަމިއްލަ ލޮލަށް ހެރި ރައްޔިތުމީހާ ކުރިމަތީގައި ފަޟީހަތް ވި "ތަރައްގީގެ ބާނީ"ގެ ވާހަކައެވެ. ޔެސް އައިއެމް ސީރިއަސް!

މަނިކުފާނާއި މަނިކުފާނުގެ އަވައިގައި ޖެހިތިބެ ތާސްކުޅުއްވަން އުޅުއްވި ބޭފުޅުން މަނިކުފާނު ދެއްކެވިހާ ވާހަކައެއް ގަބޫލުކޮށްގެން މަނިކުފާނު ވެރިކަމުގައި ހޭވިހާ ހަޑިއެއް ރައްޔިތުމީހާއަށް ފޮރުވައިގެން ތިބިއިރު ފަހުން ގާނޫނު އަރާ މަނިކުފާނާ ހަމަކުރާނެކަމަށް ހީފުޅުނުކުރެއްވުމަކީ މަގުމަތީ ބަހުން ބުނާނަމަ މަނިކުފާނަށް އެޅުނު އެންމެ ޅަ އެއްޗެވެ. ރައްޔިތުންގެ ލޯބި ގަދަބާރުން ހޯދައި ޖަލްސާތަކުގައި ބޯ އިތުރުކުރުމުން މަނިކުފާނަށް ވި އެއްވެސް ފައިދާއެއް ނެތްކަން މިއަދު އޮންނާނީ މަނިކުފާނަށް ރަނގަޅަށް އެނގިފައެވެ. ފްލައިޓް ޗާޓަރުކޮށްގެން މާލޭގައި އޮތް އެންމެ ބޮޑު ހުސްބިމަށް މީހުން އެއްކޮށް ސަރުކާރުގެ މުއައްސަސާތަކުގައި އުޅުނު މުވައްޒަފުންނަށް އިތުރުގަޑިއަށް ފައިސާ ދީގެން އަމިއްލަ ނުފޫޒުދައްކަން ބޯ އިތުރުކޮށް ފޮނި އަނގަތެޅި ދުވަސް މަތިން އައުކޮށްލަމާ ހިނގާށެވެ. އާޚިރުގައި މަނިކުފާނުގެ އަތުން ހުރިހާ ބާރެއް ބީވެގެން ދިޔުމުން މަނިކުފާނަށް ތާއީދުކުރެއްވިހާ ބޭފުޅުން ކޮބާ ހެއްޔެވެ. ގަބޫލުކުރަންވެސް ދައްޗެވެ. އެކަމަކު މަނިކުފާނު ޖަލަށް ލައިގެން ކޯޓު ކައިރިއަށް 200 މީހުންނެއްވެސް އެކެއް ނުވެއެވެ. އާނއެކެވެ. ހިތާމައާއެކު ބުނެލަން މިޖެހެނީ، އައިއެމް ވެރީ ސީރައަސްއޭ!

ދެން ދައްކަން މިއުޅެނީ އަނެއް ވާހަކައެވެ. މަނިކުފާނުގެ ލޯޔަލް 50 އަކަށް ސަޕޯޓަރުން ތިބިއިރު، 17 އޮގަސްޓު 2016 ވަނަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ޤާނޫނު ހަނިކުރުމަށްފަހު ބިލު ފާސް ކުރީ އޭރުގެ ސަރުކާރުގައި ތިއްބެވި 37 މެންބަރުންގެ ތާއީދާއެކު އެވެ. ބިލާ ދެކޮޅަށް 26 މެންބަރުން ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ. ކުރީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު އިޞްލާޙު ހުށަހެޅުއްވި މިބިލު ފާސްކުރީ އޭރުގެ ރައްޔިތުން ކުރި އާދޭހާ އިދިކޮޅު މެމްބަރުންގެ އަޑު އެހުމެއްނެތިއެވެ.

އެއިރު ޤާނުނު ފާސްކުރެވުނު އިރު މަނިކުފާނު ދުވަހަކުވެސް ވެޑުވިގެން އިން ބޮޑު ގޮނޑިން ފައިބަންޖެހިދާނެކަމަށް ގަބޫލުކުރެއްވި ހެނެއް ހިޔެއް ނުވެއެވެ. ޙާލަތު ބަދަލުވުމާއެކު އޭރުގެ ސަރުކާރުގައި ގަދަބަސް ބުނަމުން ދިޔަ ބޭބޭފުޅުން މިއަދު އެޤާނޫނު މަތިން ހަނދާނެއް ނެތެއެވެ. ޙައްޤުތައް ނިގުޅައިގަނެފި ކަމަށް ބުނެ މިއަދުގެ ސަރުކާރަށް އިންތިހާއަށް ފާޑުކިޔަމުން ދާއިރު އެއީ ތިބޭފުޅުންގެ ލޯބިވާ ރައީސް ރައްޔިތުންގެ އަޑުކަނޑުވާލަން ފާސްކުރި ޤާނޫނަކާއެކު ޖެހުނު ހާލުކަން އިނގޭހެއްޔެވެ؟. އެދުވަހު ހަނިކުރީ ރައްޔިތުންގެ އަޑު އެކަންޏެއް ނޫނެވެ. ރައްޔިތުންނަށް ހަގީގަތް ހާމަކުރަން އުޅުނު މީޑިއާތަށްވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ނޫސްވެރިންވެސް ލީ ޖަލަށެވެ. ޤާނޫނުތަކަށް ހެދީ އޭރު ހިތް އެދުނު ގޮތެކެވެ. ރައްޔިތުންގެ މުދާތަށްވެސް ގެއްލުވާލައި ފައިސާ ނަގަން އެހާމެ ކުޅަދާނައެވެ. ޕާޓީގެ އިސް ސަފުގައި އެއިރު މިކަމަށް އަތްޖަހަން ތިބި ބޭފުޅުންގެ ތެރެއިން މަދު ބަޔަކު މަނިކުފާނަށް އެޅުނު ހާ ޅައެއްޗެއް ފޮރުވަން މަސައްކަތްކުރަމުންދާއިރު އެއީ މަނިކުފާނު ކުރިކަންތައްކަމެއް ނޭނގުނެވެ. މިއީ މަނިކުފާނުގެ ވެރިކަމެއް ނަމަ މިފަދަ ރިޕޯޓެއް ލިޔެގެންވެސް އަބުރުގެ ދައުވާ ކޮށް ޚުދު އަޅުގަނޑުވެސް އޮންނާނީ ޖަލުގައެވެ. ހަޖަމް ކުރަން ދައްޗަކަސް އައިއެމް ވެރީ ސީރިއަސް!

މިނިކާ ބާޒުތަކެއް ޕާޓީގައި އުޅުއްވާކަމަށް ޤަބޫލު ނުކުރިއަސް އެއީ ތެދުވާހަކައެކެވެ. ގާސީމް އިބްރާހިމް ފިޔަވައި ސިޔާސީ މައިދާނުން އެންމެ ބޮނޑި ލިބުން އެއްބޭފުޅަކަށް މަނިކުފާނުވާނެއެވެ. މާޒީން ކިތަންމެ ފިލާވަޅެއް ލިބުނަސް މަނިކުފާނަށް އެކަމެއް ހަޖަމެއް ނުކުރެވެއެވެ. އެންމެ ކައިރީގައި ހީފާ އުޅޭ ރައްޓެހިން ވާނޭ ފަހުން ބޭވަފާ! މި ބައިތުގައި ވަރަށް ފުން މާނައެއް އެކުލެވިގެން ވާކަން ނުދަންނާނެ މީހަކު ނުހުންނާނެވެ. ހިތި ތަޖުރިބާ ތަހައްމަލު ކުރަން ނުޖެހޭ އެކަކުވެސް ނުހުންނާނެވެ. ހަނދާން ނެތިދާނެތީ އެއްވާހަކަ ފާހަގަކޮށްލާނަމެވެ. އިންޓަރނޭޝަނަލް ސްޓެންޑާރޑް އަށް މާފުށީ ޖަލުގައި ހެދި ގޮޅިތަކާއި މަނިކުފާނުގެ އަޚު އަހުމަދު އަދީބު ހައްޔަރުކުރަން މަނިކުފާނު މާލެ ޖަލުގައި ހެދި ގޮޅީގައި މަނިކުފާނު މެޑިކަލް އެސެސްމެންޓްތައް ހެދުމަށް ބެހެއްޓުމުން މަނިކުފާނުގެ ލޯޔަރުން ބުނީ ކީކޭހެއްޔެވެ؟ އިންސާނަކު ބަހައްޓާވަރުގެ ތަނެއްގައި ނޫނޭ ބަހައްޓާފައި ހުރީ. އެކަމު އެއީ މަނިކުފާނުގެ ބޮޑު ބޭބޭފުޅު ހިމެނޭ ގޮތަށް ރާއްޖޭގައި ހިމެނޭ ގިނަ ސިޔާސީ ލީޑަރުން ލި ޖަލުކަން މަނިކުފާނާއި މަނިކުފާނުގެ ސަޕޯޓަރުންނަށް ނޭނގެނީތޯ؟ ޔެސް އައިއެމް ސީރައަސް!

ދެން އޮތީ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ރައީސް ޔާމީން ގެންނެވި އިސްލާހާއެކު، އެމަނިކުފާނުގެ ޕާޓީގެ ލީޑަރޝިޕާ ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި އިސްލާހެވެ. ރައީސް ޔާމީނުގެ ސަރުކާރުގެ މެޖޯރިޓީ އޮތް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާހުގެންނަވައި، ރައީސް ޔާމީން އެ އިސްލާހު ތަސްދީޤު ކުރައްވާފައި ވަނީ 05 މެއި 2015 ގަ އެވެ. ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ގެނައި އިސްލާހުގައި، ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކާއި، ޖަމާޢަތް ހެދުން، ބަޔާން ކުރާ އެޤާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް ޢާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު، ޙުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށެވެ. ރައީސް ނަޝީދު އެކަންޏެއް ނޫނެވެ. ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ގެނައި އިސްލާހުން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲގެ މަޤާމުވެސް ގެއްލުވާލި އެވެ. ބޭބޭފުޅުން އަތުން ޕާޓީ ފޭރިގަނެގެން ޖަލަށް ލައި ޕާޓީގެ ރައީސްގެ މަޤާމު ނަންގަވައިގެން އުޅުއްވި އިރު މަނިކުފާނަށް ތިއޮތީ އަމިއްލައަށް ހެދި ޤާނޫނުން އަމިއްލަ ޕާޓީގެ ރައީސްކަން ގެއްލިފައެވެ. ދަންތުރައިގައި ޖެހުނީވެސް މަނިކުފާނެވެ. ޔެސް. ޔެސް، އައިއެމް ވެރީ ސީރިއަސް!

މިހެންގޮސް ލައްކަ ބައިވަރު ވާހަކައެއް ދެއްކިދާނެއެވެ. އެއް ދުވަހަށް މިވަރުން ފުދޭނެކަމަށް ހީކުރަމެވެ. ދުރުނުން މާޒީގައި ދެއްކޭނެހާ ލައްކަ ގިނަ މަންޒަރުތައް އެބަހުއްޓެވެ. މަނިކުފާނުގެ ސަޕޯޓަރުން އެއިރު ގޮވީ ޤައިދީ ލާދީނީ ނަޝީދޭ ކިޔައިފައެވެ. ހަޖަމް ކުރަން ދަތި ކަންވެސް އިނގެއެވެ. އެކަމަކު އަދިވެސް އެއްފަހަރު ޙުކުމް މަތިން ހަނދާންކޮށްލައިދޭނަމެވެ. ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހު އިއްވި ޙުކުމުގައި ބުނެފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން މއ. ކާމިނީ ހުޅަނގުގެ، ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރީމަނާކޮށް، ފައިސާ 28 ނޮވެމްބަރު 2019 އިން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަންގައި، މައްސަލަ ބެއްލެވި 5 ގާޒީންގެ އިއްތިފާޤުން ހުކުމްކޮށްފައިވާކަމަށެވެ. ޔެސް އަމިއެމް ވެރީ ސީރިއަސް!

ފަސްވަނަ ރައީސަށް ފަސްފަހެތިން އިއްވި ޙުކުމާއެކު ފަސް އަހަރަށް ޖަލު ގޮޅިއަށް ތިދިޔައީ މަނިކުފާނުގެ ވެރިކަމުގައި މަނިކުފާނު ފަރުމާކޮށްދިން ތަނަކަށް ކަން އެނގިވަޑައިގަންނަވާތޯއެވެ؟ ރައްޔިތުމީހާ އަޑުއައްސަވައި ކުރި ހުވަޔާއި އެއްގޮތަށް ޤާނޫނާއި ޤަވާއިދަށް ޙުރުމަތްތެރިކޮށް ހިތައި ރައްޔިތުންގެ ވެރިކަމެއް ކުރެއްވިނަމަ ގައިމުވެސް މިއަދު ޤައިދުކުރެވިފައިވާ ކުރީގެ ރައީސް ޔާމީނޭ ނުކިޔާނެއެވެ. ޔެސް މަނިކުފާނު. އައިއެމް ވެރީ ސީރިއަސް!

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު