Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުޑީޝަރީ ކޮމެޓީ

އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް، ފަނޑިޔާރުކަމަށް ސުއޫދު އައްޔަންކުރަން ކޮމެޓީން ރުހުންދީފި

މުއުތަސިމް އަދުނާނަކީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 ޑިސެމްބަރު 2019 | އަންގާރަ 06:23
މުއުތަސިމް އަދުނާނާއި، ހުސްނުއް ސުއޫދު

މުއުތަސިމް އަދުނާނާއި، ހުސްނުއް ސުއޫދު

އުއްތަމަ ފަނޑިޔާރުކަމަށް އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ރުހުން ދީފި އެވެ.

އުއްތަމަ ފަނޑިޔާރުކަމަށް އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ހޯމަ ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ކޮމެޓީގެ އެ ބައްދަލުވުުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

އެ ދެބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އުއްތަމަ ފަނޑިޔާރުކަމަށް އަޙްމަދު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މަޝްވަރާއަކަށް އެދިވަޑައިގަންނަވާފައިވާތީ، "ހައިލީ ރިކޮމަންޑް" ދެ ބޭފުޅުންގެ ގޮތުގައި ރައީސަށް މަޝްވަރާ ދެއްވާފަ އެވެ.

މީގެއިތުރުން ރައީސް އެ ކޮމިޝަނަށް ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ހިމެނޭ އަބްދުއްރައޫފް އިބްރާހީމާ ގުޅޭގޮތުން 3 ޝަކުވާއެއް ކޮމިޝަނަށް ލިބިފައިވާތީ، އެ ޝަކުވާތަކާމެދު ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާ މެދު ރައީސަށް މަޝްވަރާދިނުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމަށް އަދި އެ ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކަށް އައްޔަންކުރަން ނިންމީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔަރ ކުރެއްވުމާއިވެސް ގުޅިގެންނެވެ. މިދިޔަ އޯގަސްޓް މަހު ފަނޑިޔާރު ޢަބްދުﷲ ދީދީ ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް ނަން ފޮނުވާފައިވާ މުއުތަސިމް އަދުނާނަކީ މީގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ފަނޑިޔާރެކެވެ. މުއުތަސިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރައްވާފައިވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗު ފަސް ފަނޑިޔާރުންނަށް ތިރިކުރުމަށް ރައީސް ޔާމީނުގެ ސަރުކާރުން ޤާނޫނަށް ގެންނެވި އިޞްލާޙާ ގުޅިގެންނެވެ. އެ އިޞްލާޙާ ގުޅިގެން، އޭރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ހުސައިން ވެސް ފަނޑިޔާރުކަމުން ވަނީ ވަކިކުރައްވާފަ އެވެ. އެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރެއްވިއިރު، އެ ދެ ފަނޑިޔާރުންނަށް ޖަވާބުދާރީ ވުމަށްވެސް ފުރުޞަތު ދެއްވާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ރައީސް ޞާލިޙު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވުމަށް ފޮނުއްވާފައިވާ ހުސްނުއްސޫދަކީ ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލެއްގެ އިތުރުން ކުރިން ދައުލަތުގެ އެޓަރނީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް ޞާލިޙު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ނަން ފޮނުއްވާފައިވާ، އަބްދުއްރައޫފު އިބްރާހީމަކީ މިހާރު ވެސް ހައިކޯޓުގެ ފަނޑިޔާރެކެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ ޖޭއެސްސީގެ މެމްބަރެކެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައޫފްގެ ނަން ރައީސް ސޯލިހު ފޮނުއްވުމާއެކު، ރައޫފް ވަނީ ޖޭއެސްސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.

އިތުރަށް ކިޔާލަން

01 އޯގަސްޓު 2017

އުއްތަމަ ފަނޑިޔާރު މާލެވަޑައިގަތުން އެންމެ ފަހު ވަގުތު ފަސްކުރައްވައިފި

01 އޯގަސްޓު 2017
އުއްތަމަ ފަނޑިޔާރު މާލެވަޑައިގަތުން އެންމެ ފަހު ވަގުތު ފަސްކުރައްވައިފި
30 ޖުލައި 2017

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުއްތަމަ ފަނޑިޔާރު ސައީދު އާއި ޕީޖީ ބިޝާމްއާ ބައްދަލު ކުރުމަށް އެދެފި

30 ޖުލައި 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުއްތަމަ ފަނޑިޔާރު ސައީދު އާއި ޕީޖީ ބިޝާމްއާ ބައްދަލު ކުރުމަށް އެދެފި
29 ޖުލައި 2017

އާޒިމާ އުއްތަމަ ފަނޑިޔާރު ކަމަށް؟!

29 ޖުލައި 2017
އާޒިމާ އުއްތަމަ ފަނޑިޔާރު ކަމަށް؟!
20 ޖުލައި 2017

ކާނަލް ނާޒިމަށް އިންސާފް ލިބުމަށް ހުރަސްއަޅާ ފަރާތްތަކަށް ދައުވާކުރާނަން: ސުއޫދު

20 ޖުލައި 2017
ކާނަލް ނާޒިމަށް އިންސާފް ލިބުމަށް ހުރަސްއަޅާ ފަރާތްތަކަށް ދައުވާކުރާނަން: ސުއޫދު
16 ޖުލައި 2017

އާޒިމާ މަސައްކަތް ކުރައްވަނީ އުއްތަމަ ފަނޑިޔާރުކަން ހޯދަން:ވައްޑެ

16 ޖުލައި 2017
އާޒިމާ މަސައްކަތް ކުރައްވަނީ އުއްތަމަ ފަނޑިޔާރުކަން ހޯދަން:ވައްޑެ
12 ޖުލައި 2017

ބާރީ އާއި ޝަކީލް އެހެން ކޯޓަކަށް ބަދަލު ކުރީ ޤާނޫނާ ޚިލާފަށް: ސުއޫދު

12 ޖުލައި 2017
ބާރީ އާއި ޝަކީލް އެހެން ކޯޓަކަށް ބަދަލު ކުރީ ޤާނޫނާ ޚިލާފަށް: ސުއޫދު
26 މެއި 2017

ޔާމީންގެ މަރު ތަޙްގީގަށް ހުރަސް އެޅޭ ކަމެއް ހާމަކުރަންޖެހޭ: ސުއޫދު

26 މެއި 2017
ޔާމީންގެ މަރު ތަޙްގީގަށް ހުރަސް އެޅޭ ކަމެއް ހާމަކުރަންޖެހޭ: ސުއޫދު
22 މެއި 2017

ދުސްތޫރީ ހަޔާތުގައި މިއަދަކީ ކަޅު ދުވަހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

22 މެއި 2017
ދުސްތޫރީ ހަޔާތުގައި މިއަދަކީ ކަޅު ދުވަހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް