Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ވިމްލާ އަށް ބަދަލު ދިނުމާއި ގުޅޭ ކޮމިޓީ ރިޕޯޓަށް ވޯޓަށް ނާހާ ފަސްކޮށްފި

މިމައްސަލައަކީ ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ރޫހާ ޚިލާފުކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2019 | ހޯމަ 18:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ސުނާމީ ހާދިސާގައި ގއ އަތޮޅުން ޙާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިޔަށްގެންދިޔުމަށް ޙަވާލުވި ވިމްލާ ކޮންސްޓްރަކްޝަނަށް ބަދަލުދޭން ޖެހޭގޮތަށް އޮތް މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް ނާހާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާސްކުރައްވައިފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ މިރިޕޯޓް ހުށަހަޅާ އެރިޕޯޓަށް މެމްބަރުން ބަހުސްވެސް ކުރައްވާފަ އެވެ. މިރިޕޯޓަށް ވޯޓަށް އެހުމާ ހަމައަށް އައިސްފައިވަނިކޮށް މަޖިލީހުގެ ރައީސް ވިދާޅުވީ ވިމްލާ ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެމައްސަލައަކީ ދައުލަތާއި ވިމްލާ ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އިޖުރާޢީ ގޮތުން ސިވިލް ކޯޓަށް ހުށަހެޅިގެންވާނެ މައްސަލަ އެއް ނޫންކަމަށް ދައުލަތުން ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައިވާ ގަޒިއްޔާއެއްގައި ވަނީ 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަކީ ވިމްލާ ކޮންސްޓްރަކްޝަނަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ކަމަށް ނިންމާފައިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެމައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައިވާ ކަމަށާއި އަދި މިހާރު އެމައްސަލަ ކޯޓުގައި ކުރިޔަށްދާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން މިމައްސަލައަކީ ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ރޫޙާ ޚިލާފުކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ނަޝީދު ވިދާޅުވި އެވެ.

މިމައްސަލާގައި މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ނުފެންނަކަމަށެވެ. މި މަޝްރޫއު 6 އަހަރާއި 20 ދުވަހުން ނިންމި އިރު، މަޝްރޫއު ލަސްވުމުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. ވިމްލާ އަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުންވަނީ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިޢުނާފުކޮށްފަ އެވެ. ގެއްލުމުގެ ބަދަލާ އެކު އެ ކުންފުނިން ނަގައިދޭން އެދޭ އަދަދު 89 މިލިއަން ރުފިޔާއަށް އަރަ އެވެ.

މި ސަރުކާރުން ބުނެފައި ވަނީ ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމާ މެދު ކޯޓުން ބޭރުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު