Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މާދަމާގެ ޖަލްސާއަށް ބަޖެޓު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުން އެޖެންޑާކޮށްފި

ޓެކްސް ނެގުމުގެ ބިލް މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުމަށްވެސް އެޖެންޑާކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ޑިސެމްބަރު 2019 | ހޯމަ 17:34
ބަޖެޓް ދިރާސާކުރި ކޮމިޓީ

ބަޖެޓް ދިރާސާކުރި ކޮމިޓީ

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓް ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުމަށް އެޖެންޑާކޮށްފި އެވެ.

މާދަމާގެ ޖަލްސާއަށް ބަޖެޓުގެ ކޮމިޓީ ރިޕޯޓް ހުށަހެޅުމުން އެ ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެމްބަރަކަށް 7 މިނެޓުގެ ފުރުޞަތެއް ލިބިވަޑައިގަންނަވާނެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ 366 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. ކޮމިޓީއަށް ހުށައަޅާފައިވާ ބަޖެޓަށް ގެނެވުނު އިޞްލާޙުތަކާއި އެކު ބަޖެޓުގެ އަދަދު 37،871،314،865 (ތިރީސް ހަތް ބިލިއަން އަށްސަތޭކަ ހަތްދިހަ އެއްމިލިއަން ތިން ސަތޭކަ ސާދަހާސް އަށްސަތޭކަ ފަސްދޮޅަސް ފަހެއް) ވަނީ އިތުރުވެފައެވެ. ކޮމިޓީގެ އިޞްލާޙުތައް ފާސްކޮށްފައިވަނީ ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާޤުންނެވެ.

މީގެއިތުރުން މާދަމާގެ ޖަލްސާއަށް ވަނީ ޢާމްދަނީން ޓެކްސް ނެގުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުމަށްވެސް އެޖެންޑާކޮށްފަ އެވެ. އަދި ދީބާޖާ އިންވެސްޓްމަންޓަށް ބަދަލު ދިނުމަށް ނިންމި މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމަށްވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

މާދަމާގެ ޖަލްސާއަށް ވަނީ ބްރޯޑްކޮމް އަށް ޢައްޔަނުކުރުމަށް ރައީސް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރި ކޮމިޓީން ތަޅުމަށް ފޮނުވާފައިވާ ނަންތަކަށް ވޯޓަށް އެހުމަށްވެސް އެޖެންޑާކޮށްފަ އެވެ.

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

މާދަމާގެ ޖަލްސާއަށް ފާރިސް މަޖިލީހަށް ގެނެސްދޭން އެދިއްޖެ

21 އޯގަސްޓު 2017
މާދަމާގެ ޖަލްސާއަށް ފާރިސް މަޖިލީހަށް ގެނެސްދޭން އެދިއްޖެ
15 އޯގަސްޓު 2017

ސްޓެލްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަދިވެސް ދިރާސާކޮށް ނުނިމޭ: ޕީޖީ

15 އޯގަސްޓު 2017
ސްޓެލްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަދިވެސް ދިރާސާކޮށް ނުނިމޭ: ޕީޖީ
31 ޖުލައި 2017

މަޖިލީހުގެ ފާޚާނާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާދަމާގެ ޖަލްސާ ކެންސަލް ކޮށްފި

31 ޖުލައި 2017
މަޖިލީހުގެ ފާޚާނާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާދަމާގެ ޖަލްސާ ކެންސަލް ކޮށްފި
30 ޖުލައި 2017

މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި މިނިސްޓަރު ތޯރިގާ ސުވާލު ކުރުން

30 ޖުލައި 2017
މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި މިނިސްޓަރު ތޯރިގާ ސުވާލު ކުރުން
24 މެއި 2017

ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ

24 މެއި 2017
ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު