Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

އިންޑިއާ އަންހެނަކު ރޭޕްކޮށް އަންދާލި މައްސަލައިގައި 3 ފުލުހަކު ސަސްޕެންޑްކޮށްފި

އެ އަންހެން މީހާ އަކީ ޖަނަވާރުންގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ މީހެއް

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 2 ޑިސެމްބަރު 2019 | ހޯމަ 12:06
އަންހެނުންގެ ހައްޤުތައް ހޯދުމަށް އިންޑިއާގެ އަންހެނުންތަކެއް އަޑުއުފުލަނީ - ސީ.އެން.އެން

އަންހެނުންގެ ހައްޤުތައް ހޯދުމަށް އިންޑިއާގެ އަންހެނުންތަކެއް އަޑުއުފުލަނީ - ސީ.އެން.އެން

އަވައްޓެރި އިންޑިއާގެ ހައިދަރުބާދުގައި 27 އަހަރުގެ އަންހެނަކު ރޭޕްކޮށްލުމަށްފަހު އޭނާގެ ހަށިގަނޑު އަންދާލި މައްސަލައިގައި އެ ގައުމުގެ ތިން ޕޮލިހަކު ސަސްޕެންޑްކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނަން ފަށައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެ ތިން ފުލުހުން ސަސްޕެންޑްކުރީ އެ އަންހެންމީހާ ގެއްލުނު މައްސަލަ އާއިލާއިން ހުށަހެޅުމުން އެ މައްސަލަ ބެލުމުގައި އިހުމާލުވެފައިވާތީއެވެ.

އެ އަންހެން މީހާގެ އާއިލާއިން ބުނި ގޮތުގައި އޭނާ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓު ކުރަން ދިޔުމުން، ފުލުހުން ވަނީ އަވަސް ފިޔަވަޅު އަޅަން ދެކޮޅު ހަދާ، ކަމާ ގުޅުމެއް ނެތް ސުވާލު ކުރުމުގައި ވަގުތު ބޭކާރުކޮށްފައެވެ.

ފުލުހުން އާއިލާއަށް ހުތުރުބަހުން މުޢާމަލާތްކޮށް، އެ އަންހެން މީހާ އެހެން މީހަކާއެކު ފިލައިގެން ދިޔައީ ކަމަށް ބުނެ ވާހަކަ ދައްކާފައިވާ ކަމަށް، އެ އަންހެން މީހާގެ މަންމަ އާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

ޖަނަވާރުންނަށް ފަރުވާދިނުމުގައި ޙަރަކާތްތެރިވާ ޑޮކްޓަރުގެ އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ގެއިން ނުކުތީ ޑޮކްޓަރުގެ އެޕޮއިންޓްމަންޓަކަށެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާގެ ސައިކަލުގެ ޓަޔަރު ހަލާކުވި ކަމަށާއި، އެތަނުން ދިޔަ ލޮރީ ޑްރައިވަރެއް ސައިކަލުގެ ޓަޔަރު ހަދާދޭނެކަމަށް ބުނި ކަމަށް އޭނާގެ ދައްތަ ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން އޭނާގެ ފޯނަށް ގުޅިއިރު ނިވާލާފައި އޮތުމުން އާއިލާއިން ވަގުތުން އެ ސަރަހައްދަށް ގޮސް ބެލި ކަމަށާއި، ނަމަވެސް އޭނާގެ ޚަބަރެއް ނުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން 4 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭނާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ މުޅި އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އަޑުއުފުލާފައެވެ. އެގޮތުން ހުކުރު ދުވަހު ޓްވިޓަރގައިވެސް އެންމެ "ޓްރެންޑިންގ" މައުޟޫއަކަށް އެ ޤައުމުގައި އޮތީ އޭނާގެ މަރުގެ ވާހަކަ ކަމަށް ބީބީސީގައި ރިޕޯރޓު ކޮށްފައިވެއެވެ.

ގޭންގް ރޭޕްތަކާއި އަންހެނުންނަށް ކުރާ އަނިޔާ އިންޑިއާގައި އިތުރުވެފައިވާއިރު، އެ ޤައުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގައި ދުވާލެއްގެ މައްޗަށް މަދުވެގެން 92 ރޭޕްކޭސް ފުލުހުންނަށް ހުށައަޅައެވެ. އެގޮތުން 2017 ވަނަ އަހަރުވެސް ރޭޕްއާއި ގުޅުންހުރި 33،658 (ތިރީސް ތިންހާސް ހަސަތޭކަ ފަންސާސް އަށް) ކޭސް ފުލުހުން ރަޖިސްޓްރީ ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު