Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްއެމްއޭ

އެމްއެމްއޭ ގާނޫނު: އަގުތައް ވަކި ހަމައެއްގައި ހިފެހެއްޓުމަށް އިސްލާހުކުރުން މުހިންމު

ރައީސް ނަޝީދު ވިދާޅުވީ މި ގާނޫނަށް ގެނެވޭ އެންމެ ބޮޑު އިސްލާހަކީ އޮތޯރިޓީގެ މައިގަނޑު މަގްސަދަށް ގެނެވޭ އިސްލާހު ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2019 | ހޯމަ 06:55
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

އެމްއެމްއޭ ހަރުދަނާކޮށް ހިންގުމަޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުއްވީ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމްއެވެ.

Advertisement - newsAdvertisement

މި ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްއެމްއޭގެ ގާނޫނަށް އެކި ފަހަރުމަތިން އިސްލާހު ގެނެވުނު ނަމަވެސް މައިގަނޑުގޮތެއްގައި އަދިވެސް އަމަލުކުރަމުން ގެންދަނީ 1981 ވަނަ އަހަރު އެ ގާނޫނު އެކުލަވާލެވުނު އިރުގައި އޮތް ގޮތަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މި ގާނޫނަށް ގެނެވޭ އެންމެ ބޮޑު އިސްލާހަކީ އޮތޯރިޓީގެ މައިގަނޑު މަގްސަދަށް ގެނެވޭ އިސްލާހު ކަމަށެވެ.

ބިލަށް ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ގާނޫނުގައި ހުރި އުނިކަމެއްގެ ސަބަބުން މިއަދުގެ ވިޔަފާރީގެ މާހައުލާއި ދުނިޔޭގެ ފައިސާގެ ބާޒާރާއި އިގްތިސާދަށް އަންނަ ހަލުވި ބަދަލުތަކާއި ފައި ހަމަ ކުރެވޭ ގޮތަށް އެމްއެމްއޭގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރެވެމުން ގޮސްފައިނުވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ބިލުގައި ހުށަހެޅިފައިވާ އިސްލާހުތަކަކީ މުހިއްމު އިސްލާހުތަކެއް ކަން ފާހަގަ ކުރައްވާ މެމްބަރު ވިދާޅުވީ ބޭންކިންގް އަދި ނޮން ބޭންކިންގް ފައިނޭންޝަލް އިންސްޓިޓިއުޝަންސްތައް ރެގިއުލޭޓް ކުރުމަށްޓަކައި އެމްއެމްއޭއަށް ބާރު ލިބިގެންނުވާ ނަމަ އެބާރު ހޯދުމަށް ބިލުގައި ހުށަހެޅިފައިވާ ހުށަހެޅުމަށް ތާއީދު ކުރައްވާ ކަމަށެވެ.

މިގާނޫނަކީ 1980ގެ އަހަރުތަކުގެ ތެރޭގައި ފާސްކޮށް އަމަލުކުރަން ފެށުނު ގާނޫނެއް ކަން ފާހަގަކުރައްވާ ވިލުފުށި ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވީ އެ ގާނޫނަށް އިސްލާހުތައް ގެންނަން ޖެހިފައިވާތާ ވަރަށް ގިނަ ދުވަސް ވެފައިވާކަމަށެވެ. މެމްބަރު ވިދާޅުވީ އެމްއެމްއޭގެ އެންމެ މުހިއްމު މައްސޫލިއްޔަތުތަކަކީ ދިވެހި ރާއްޖޭގެ ފައިސާ ނުވަތަ ލީގަލް ޓެންޑަރ އިޝޫ ކުރުމާއި އަދި އޭގެ އަގު ހިފެހެއްޓުން ކަމަށެވެ. އަދި އާދެ ހަމައެއާއި އެކު ދިވެހި ރާއްޖޭގެ މާލީ ސިޔާސަތު ހިންގާ އެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ މަގްސަދުތަކަކީ އެމްއެމްއޭގެ މައިގަނޑު މަގްސަދުތަކާއި މަސައްކަތްތައް ޒަމާނީ ސެންޓްރަލް ބޭންކެއްގެ މަގްސަދުތަކާއި މަސައްކަތްތަކާއި އެގޮތް ކުރުމެވެ. އަދި އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަކީ ފަންނީ އަދި ޕްރޮފެޝަނަލް ބޯޑަކަށް ހެދުމަށް މަގުފަހި ކުރުމާއި، ދިވެހި ރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސާދު ކުރިއެރުވުމަށް ބޭނުންތެރި އެކި އެކި މަޝްރޫއުތައް ހިންގާ، މާލީ ދާއިރާ ތަރައްގީ ކުރުމުގެ ގާނޫނީ ބާރު އެ އޮތޯރިޓީއަށް ލިބިދިނުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. ބިލް ހުށަހެޅުނު އިތުރު މަގްސަދުތަކުގެ ތެރޭގައި ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސަރުކާރުގެ ސެކިއުރިޓީޒް މާކެޓް ތަރައްގީކޮށް ފުޅާ ކުރުުމާއި މާކެޓްގައި ހަރަކާތްތެރިވާ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒް ކުރުމުގެ ގާނޫނީ ބާރު އެ އޮތޯރިޓީއަށް ލިބިދިނުން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު