Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްއާރުއެމް

ހަރުކަށި ވިސްނުން ފަތުރައި ދީން އޮޅުވައިލުމަށް ރާއްޖޭގެ އެކި ހިސާބުގައި މީހުން ހަރަކާތްތެރިވޭ: އެމްއާރްއެމް

އިސްލާމް ދީނާ ގުޅުވައިގެން ބަޔަކު ވާހަކަ ދައްކަމުން ދަނީ އިސްލާމީ އަގީދާ ބަލިކަށި ކޮށްލުމަށް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2019 | ހޮނިހިރު 08:06
އެމްއާރުއެމުން ބޭއްވި ޖަލްސާގެ ތެރެއިން

އެމްއާރުއެމުން ބޭއްވި ޖަލްސާގެ ތެރެއިން

ހަރުކަށި ވިސްނުން ފަތުރައި ދީން އޮޅުވައިލުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މީހުން ޙަރަކާތްތެރިވަމުން އަންނަ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ ރައްޔިތުންނަށް އަރުވަމުން އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަމުންދާއިރު ހަނދާން ކުރަންވީ، ދިވެހިރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ އަޞްލަކީ، މާތްވެގެންވާ އިސްލާމްދީން ކަމެވެ.

Advertisement - newsAdvertisement

އަދި އިންސާނީ ޙައްޤުތަކުގެ ނަމުގައި އިސްލާމް ދީނުގެ އުޞޫލުތަކަށް ގޮންޖަހައި ހިތުހުރި ގޮތަކަށް އުޅުމަށް އެކިއެކި ފަރާތްތަކުން ގޮވާލަމުންދާކަމީ މިއަދު ދިވެހީންނަށް ފެންނަން އޮތް ހަޤީޤަތެއްކަމަށާއި ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުގެ މަސައްކަތް ރާއްޖޭގައި ފެތުރި އިސްލާމްދީނުގެ އަޞްލު އޮޅޭގޮތަށް އެޖަމާޢަތްތަކުގެ މަސައްކަތުން އެތައް ދިވެހީންގެ ހިތްތަކުގައި އިސްލާމީ ރިވެތި އުޞޫލުން ބޭރުން ކަންކަން ކުރުމަށް ބާރުއަޅާ ބަޔަކުވެސް ރާއްޖޭގެ އެކި ހިސާބު ތަކުގައި މަސައްކަތް ކުރަމުންދާކަމަށް ވަނީ ފާހަގަކޮށްފައެވެ. އެމްއާރުއެމުން ބުނެފައިވަނީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެ ތިބެ، އެކަމާ ދެކޮޅަށް އަބަދުވެސް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށެވެ.

އަދި އެފަދަ ކަންކަމުގައި މަދުބަޔަކުނަމަވެސް ބައިވެރިވަމުންދާކަމީ ހިތާމަހުރި ކަމެކެވެ. އެފަދަ ޢަމަލުތަށް ހިންގާފަރާތްތައް ހޯދައި، އެފަރާތްތަކަށް ނަޞޭޙަތްތެރި ވުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރުމަށް އެ ޕާޓީންވަނީ ގޮވާލާފައެވެ.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން ކަމަށް ފާހަގަކޮށް އެމްއާރްއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެ ކުޑަކުޑަ އާބާދީއެއްގެ ގޮތުގައި، ކުދިކުދި ރަށްތަކެއްގައި، މިނިވަންކަމާއި އަމާންކަމާއިއެކު އޮތުމުގެ އެއް ސަބަބަކީވެސް އިސްލާމް ދީން ދެމިއޮތުންކަމަށެވެ. މީގެ އިތުރަށް ދިވެހިންގެ ކިބައިގައި ހުރި ގިނަ ރިވެތި ސިފަތަކާއި އާދަކާދަތަކާއި އިޖްތިމާޢީ އަގުތަކުގެ އެއްސަބަބަކީވެސް އިސްލާމް ދީންކަމަށް ދިވެހިން ޤަބޫލުކުރާކަމަށާއި ދިވެހިންގެ މެދުގައި މިއޮތް އަޚުވަންތަކަމުގެ ގުޅުމުގެ ރޫޙު ވަރުގަދަކުރަންޖެހޭކަމަށް އެމްއާރުންއެމުން ވަނީ ބުނެފައެވެ.

ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީނުގެ ހިދާޔަތުކަމާއި އަދި ދިވެހި ޤައުމިއްޔަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށް ފާހަގަކޮށް އެމްއާރުއެމުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ، ރާއްޖޭ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓޭ އެންމެ ބޮޑު އަސާސެއް ކަމުގައި ދިވެހިން އަބަދުވެސް ޤަބޫލުކުރަނީ އިސްލާމްދީނުގެ ހިދާޔަތު ދިވެހީންނަށް ލިބުންކަމުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ޓެރަރިޒަމާ އިސްލާމް ދީނާ ގުޅުވައިގެން ބަޔަކު ވާހަކަ ދައްކަމުން ދަނީ އިސްލާމީ އަޤީދާ ބަލިކަށި ކޮށްލުމަށާއި، އެކަމަކު އެފަދަ ދޮގު ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ބައެއް ދިވެހީން އަމަލު ކުރަމުންދާ ކަމީވެސް ހަޤީޤަތެއްކަމަށް އެމްއާރުއެމުން ބުނެއެވެ. ނަމަވެސް ޓެރަރިޒަމްގެ އަމަލުތަކަކީ އިސްލާމްދީނުގައި ކަނޑައެޅިގެން މަނާ ކުރާ ކަންތައްތަކެއްކަމަށާއި، އެފަދަ ތުހުމަތުތަކަކީ ޙަޤީޤަތެއް ނޫން ކަން މުޅި ދުނިޔެ އަށް ދައްކައިދޭން ޖެހޭކަމަށް އެމްއާރްއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އިސްލާމް ދީނަކީ ޓެރަރިޒަމާއި، ހައްދުފަހަނައަޅައި ދިޔުން ފަދަ އަނިޔާވެރި އެންމެހައި ކަންތައްތަކަށް ނޫނެކޭ ބުނާ ދީންކަން ފާހަގަކޮށް، ދިވެހިން ދުނިޔެ އަށް ދައްކުވައިދޭން ޖެހެނީ އިސްލާމް ދީނަކީ ރަހުމާއި އޯގާވެރިކަމުގެ ދީންކަމާއި، އަދި ހިދާޔަތާއި ތެދުމަގުގެ ދީންކަމުގައި އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ

ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ

14 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު