Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ ލަންކާގެ ގުޅުން

އިންޑިއާއިން ސްރިލަންކާއަށް 450 މިލިއަން ޑޮލަރުގެ އެހީއެއް: މިއީ ޗައިނާގެ ނުފޫޒު ކަނޑުވާލަން ކުރިކަމެއް

އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށާއި، އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް 400 މިލިއަން ޑޮލަރު

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 30 ނޮވެމްބަރު 2019 | ހޮނިހިރު 05:12
އިންޑިއާގެ ރައީސާއި އިންޑިއާގެ ބޮޑުވަޒީރުގެ ބައްދަލުވުމުގެ ތެރެއިން

އިންޑިއާގެ ރައީސާއި އިންޑިއާގެ ބޮޑުވަޒީރުގެ ބައްދަލުވުމުގެ ތެރެއިން

އިންޑިއާ ކަނޑުގެ ޞަރަޙައްދަށް ނުފޫޒު ފޯރުވަން ޗައިނާއިން ކުރަމުންދާ މަސައްކަތައް ބުރޫ އެރުވުމުގެ ގޮތުން އިންޑިއާއިން ސްރީލަންކާއަށް 450 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

މިއެހީ ދޭކަން އިންޑިއާއިން އިޢުލާންކުރީ ސްރިލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސަ އިންޑިއާށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ދެޤައުމުގެ ވެރިން ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު، ދެއްވި ގުޅިފައިވާ ބަޔާނުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ސްރިލަންކާގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށާއި، އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް ސްރީލަންކާގެ ރައީސް އިޢުލާންކުރައްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް އެހީތެރިވުމަށް 450 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާކަމަށެވެ. މިއީ ފަހުން އަނބުރާ ދައްކާގޮތައްދޭ އެހީއެކެވެ.

އަދި ސްރީލަންކާގެ ޖާސޫސީ އިދާރާ ވަރުގަދަ ކުރިމާއެކު، ސްރީލަންކާގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއެއް ވެދިނުމަށް ނިންމާފައިވާކަމަށެވެ. މޯދީ ވިދާޅުވީ ދެޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަކީ ލާމެހިފައިވާކަމެއް ކަމުން، ސްރީލަންކާގެ ސަލާމަތާއި ރައްކާތެރިކަމަށް ވެދެވޭ އެހީއަކީ އޭގެ ޒާތުގައި އިންޑިއާއަށްވެސް މަންފާކުރާނެކަމެއްގެ ގޮތުގައި ޤަބޫލުފުޅު ކުރައްވާކަމަށެވެ.

ޗައިނާއިން އިންޑިއާ ކަނޑުގެ ޞަރަޙައްދަށް އަތްގަދަކުރަން އުޅޭފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ސްރީލަންކާއަށް ފައިސާގެ އެހީ ދިނީ ހަމަ އެކަނި ސްރިލަންކާގެ މުސްތަޤުބަލު އުޖާލާކުރުމަށް އެޤައުމުގެ އާ ސަރުކާރަށް އެހީތެރިވުމުގެ ވިސްނުމުގައި އެކަނި ނޫންކަމަށާއި، މިއީ މުޅި އިންޑިއާ ކަނޑުގެ ޞަރަހައްދަށް އިންޑިއާ ހުރި ޝައުޤުވެރިކަމެއްގެ ގޮތުން ދިން އެހީއެއް ކަމަށެވެ.

ސްރީލަންކާގެ ރައީސް އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ ޒަޢާމަތާ ޙަވާލުވެވަޑައިގެންނެވި ފަހުން ބޭރުގެ ޤައުމަކަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މީގެއިންވެސް ދައްކުވައިދެނީ އިންޑިއާއެކު ބަދަހި ގުޅުމެއް ބޭއްވުމަށް ސްރީލަންކާ ސަރުކާރުން އަހައްމިއްޔަތުކަންދޭ މިންވަރެވެ. އެހެންނަމަވެސް ގޯޓަބަޔާ ރާޖަޕަކްސަގެ ރިޔާސީ ބަޔާނުގައި، އެއްވެސް ޤައުމަކަށް ބުރަނުވެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރާނެކަމަށް ވަޢުދުވެވަޑައިގެންފައިވެއެވެ.

ސްރީލަންކާގެ އާ ސަރުކާރުން ޗައިނާއާއި އިންޑިއާއާއި ދެޤައުމާއެކުވެސް އޮންނަ ގުޅުން އެއް މިންގަނޑެއްގައި ބާއްވަން މަސައްކަތް ކުރި ނަމަވެސް ކުރީ ސަރުކާރުންތަކުން ޢަމަލުކޮށްފައިވަނީ ވަރަށް ތަފާތުކޮށްނެވެ. ގިނަ ކަންކަން ކޮށްފައިވަނި ޗައިނާއަށް ބުރަވެއެވެ. ގޯޓަބަޔާ ރާޖަޕަކްސަގެ ބޭބޭފުޅު ރާޖަޕަކްްސަގެ ސަރުކާރާއި ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާގެ ސަރުކާރުގައި ޗައިނާއާއެކު ގާތްގުޅުމެއް ބާއްވާފައިވެއެވެ.

މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ، މިދިޔަ ސަރުކާރުން އިންޑިއާ އެކަހެރިކޮށް، ޗައިނާއާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަމުން ދިޔަކަމެވެ. އެގޮތުން އެޤައުމުގެ ރައްޔިތުން އެންމެ ނުރުހުންވީ އެއް މަޝްރޫޢަކީ ސްރީލަންކާއިން އެޤައުމުގެ ހަނބަންޓޮޓާގައި ތަރައްޤީކުރި ވިޔަފާރި ބަނދަރު 99 އަހަރަށް ޗައިނާއަށް ދޫކުރުމެވެ.

މިކަމަށް އާ ރައީސް ވަނީ ފާޑުވިދާޅުވެފައެވެ. ގޯޓަބަޔަ ރާޖަޕަކްސަ ވިދާޅުވީ ޗައިނާއަކީ ސްރީލަންކާގެ ގާތް އެކުވެރިއެއް ކަމުގައިވީ ނަމަވެސް ހަންބަންޓޮޓާ ބަނދަރު ތަރައްޤީކުރުމަށް ޗައިނާއާއީ ޙަވާލުކުރި އެއްބަސްވުމަކީ ސްރީލަންކާ ސަރުކާރުން ހެދި ގޯހެއްކަމަށް ބުނަން ހާސްވެވަޑައިނުގަންނަވާކަމަށެވެ. އަދި އެއްބަސްވުން މުރާޖަޢާކުރެއްވުމުގެ ވިސްނުމެއް ގެންގުޅުއްވާކަމަށްވެސް ވިދަޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
20 މެއި 2017

އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި

20 މެއި 2017
އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު