Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ - ޕަލަސްތީން

ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ތާޢީދު ދެގޮތެއްނުވެ އެގޮތުގައި ދެމިއޮންނާނެ: ރައީސް ސޯލިހް

ނިގުޅައިގަނެފައިވާ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް އަނބުރައި ހޯދައިދެވޭނީ އދ އިން ކަނޑައަޅާފައިވާ ގޮތަށް ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ވެސް ޤާއިމުކުރެވިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ނޮވެމްބަރު 2019 | ހުކުރު 18:00
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ތާޢީދު ދެގޮތެއްނުވެ އެގޮތުގައި ދެމިއޮންނާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބާގައި ފަލަސްޠީނުގެ ރައީސަށް ފޮނުއްވި މެސެޖުގައެވެ.

Advertisement - newsAdvertisement

ރައީސްގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ޒަމާންވީ އެކުވެރި ގާތްގުޅުމާއި ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ތާޢީދު ދެގޮތެއްނުވެ އެގޮތުގައި ދެމިއޮންނާނެކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު ކުރެވޭ ބޭއިންސާފު އަދި ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް ތަޙައްމަލުކުރަންޖެހިފައި ވަނީ ދަތި އުނދަގޫ ދިރިއުޅުމެއްކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ހަމަ އެހެންމެ އެތައްއަހަރެއް ވަންދެން ނިގުޅައިގަނެފައިވާ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް އަނބުރައި ހޯދައިދެވޭނީ އދ އިން ކަނޑައަޅާފައިވާ ގޮތަށް ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ވެސް ޤާއިމުކުރެވިގެންކަން ފާހަގަ ކުރައްވައި އެ މަސައްކަތް އަވަސްކުރުމަށް ރައީސްގެ މެސެޖުގައި ގޮވާލައްވާފައިވެއެވެ.

އަދި ޞުލްޙައަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްދާންވާނީ އދ ގެ ސަލާމަތީ މަޖުލީހާއި އދ ގެ އާންމު މަޖުލީހުގެ ޤަރާރުތަކާއި ޤާނޫނުތަކާ އަދި އެނޫންވެސް ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މިންތަކާ އެއްގޮތްވާ ގޮތުގެމަތިންކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ މި ޙައްޤުތައް ލިބިދިނުން ލަސްވެ، ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުން ރައީސްގެ މެސެޖުގައި ފާޅުކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖުގައި، ފަލަސްޠީނުގެ މައްސަލައަށް ޙައްލެއްލިބި ޞުލްޙަ ޤާޢިމުކުރެވޭނީ އދ ގެ ނިންމުމާ އެއްގޮތަށް ފަލަސްޠީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ޤުދުސްއަކީ ޕަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ޤާޢިމުކުރެވޭ ފަލަސްޠީނުގެ ދަޢުލަތާއެކުކަމުގައި ވިދާޅުވެފައިވެއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޢަމަލުތަކާއި ބޭއިންސާފާއި ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތުގައި އެޤައުމުގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ދެމި ތިބޭނެކަމުގެ ޔަޤީންކަން ރައީސްގެ މެސެޖުގައި ދެއްވާފައިވެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު