Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޖީ ބިޝާމް

އިސްތިއުފާ ދެއްވުމުގެ ކުރިން ޕީޖީ ބިޝާމް ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމާއި ބައްދަލުކުރެއްވި!

އިސްތިއުފާދެއްވީ ބުރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2019 | ހުކުރު 17:19
އިސްތިއުފާ ދެއްވި ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް

އިސްތިއުފާ ދެއްވި ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް

މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިިން ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ކުރީގެ ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމާއި ބައްދަލުކުރެއްވިކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކަމުގެ ހެއްކަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްްދުލް ގައްޔޫމްގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގް ދައުވާގެ އަދަބު ކަނޑައެޅުމުގެ ކުރިން ދިފާއި ވަކީލުންނަށް އަދަބައި މެދު އެއްވެސް ކަމެއް ފާހަގަކުރުމަށް އެރުވި ފުރުސަތުގައި ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން އިސްތިއުފާ ދެއްވުމުން ދައުލަތުގެ ވަކީލުންގެ ހައިސިއްޔަތާއި މެދު ވަނި ސުވާލު އުފައްދަވާފައެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ ގާނުނުގައި ވާގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން އިސްތިއުފާ ދެއްވައިފި ހާލަތެއްގައި އެ މަސްއޫލިއްޔަތާއި ހަވާލުވާނީ ޑެޕީއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގައި ހުންނެވި ބޭފުޅާކަމަށެވެ. އަދި ޕީޖީ އިސްތިއުފާ ދެއްވުމަކީ އަދަބު ކަނޑައެޅުމަށް ވަކި ޝަރީއަތެއް ބާއްވަން ޖެހޭ ސަބަބެއް ނުންކަމަށްވެސް ދައުލަތުގެ ވަކީލާ ވަނީ ފާހަގަކުރައްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަޤާމުން އިސްތިއުފާ ދެއްވައިފައިވާކަން ހާމަކުރައްވަމުން ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޖީ ބިޝާމްގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށާއި، އެކަމަނާގެ ޚިދުމަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެކަމަނާއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށެވެ.

މަޤާމުން އިސްތިއުފާ ދެއްވުމުގެކުރިން ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފައްޓަވާފައިވާ އިޖުރާއަތުތަކަކީ އިހުލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ އަދި ގާނޫނުއަސާސީގެ ނައްޞާއި ރޫހާއެއްގޮތަށް ކުރިއަށް ގެންދަވާ އިޖުރާއަތުތަކެއްކަމުގައި ގަބޫލުނުކުރެވޭކަމަށެވެ.

ބަޔާނުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ، މަގާމުން ވަކިކުރުމުގެ މައްސަލައެއް ޖުޑީޝަރީ ކޮމެޓީން މަޖިލީހުގެ ރައީސަށް ފޮނުއްވުމުން މަޖިލީހުގެ ރައީސް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްވަމުން ވިދާޅުވި ވާހަކަފުޅާއި، އެމައްސަލަ ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުއްވުމުން، ކޮމެޓީން އެމައްސަލާގައި އަމަލު ކުރާގޮތް ތަފާތު ކަމަށެވެ.

އެކަން ފާހަގަކުރައްވާ ޕީޖީ ބިޝާމްގެ ބަޔާނުގައި ވަނީ، އޭނާ މަގާމުން ވަކިކުރެއްވުމުގެ މައްސަލަ މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާއަށް އިއްވަމުން ވިދާޅުވެފައިވަނީ، މީހުން މެރުމާއި، ވަގަށް ނަގުމަށްފަހު، މަރާލެވިފައިވާ، އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލަތަކުގެ ރިޕޯޓްތަކަށް މަޖިލީހަށް ހުށަހެޅި މެމްބަރުން ބަހުސް ކުރައްވާއިރު، އަދި ވައްކަމާއި ފަސާދައާއި އަނިޔާއާއި ޓެރެރިޒަމްގެ އަމަލުތަކާއި ހައްދުފަހަނަ އެޅުމުގެ އަމަލުތަކާއި، މީގެން އެއްވެސް ކަމަކާ ގުޅޭގޮތުން ޕްރޮސެކިއުޝަނެއް އެކަށީގެންވާ ގޮތުގައި ހިނގާފައިވާތަން މެމްބަރުން ގަބޫލު ނުކުރައްވާކަން މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ދައްކަވާ ވާހަކަތަކުންނާއި ބައްދަލުވުންތަކުން އެނގޭ ކަމަށެވެ.

ބިޝާމްގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެގޮތަށް ވިދާޅުވެ، އޭނާ މަގާމުން ވަކިކުރެއްވުމަށް، ޖުޑިޝަރީ ކޮމެޓީއަށް ފޮނުއްވުމުން، އެކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމެޓީގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާއަށް ރިޔާއަތްކޮށް، ޕީޖީގެ މަގާމުން އޭނާ ވަކިކުރުމުގެ ސަބަބެއް ކަމަށެވެ. ބިޝާމް ވަނީ، އޭނާ މަގާމުން ވަކިކުރުމުގެ ސަބަބެއް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި ވިދާޅުވުމާއި، ޖުޑީޝަރީ ކޮމެޓީން ފާހަގަކުރާ ސަބަބުތަކާ އެއްގޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެފައެވެ.

ޕީޖީ ބިޝާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި މީހުން މެރުމާއި، ބޮޑެތި ޖަރީމާތައް ރާއްޖޭގައި ހިނގާދިޔައިރު، ވެސް އެމަގާމުގައި ހުންނެވި ފަރާތެވެ. އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލައި، މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ޖަލަށްލިއިރުވެސް ޕީޖީގެ މަގާމުގައި ހުންނެވީ ބިޝާމް އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ 01 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ނިޔަލަށް ހުޅުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު