Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީނުގެ ޝަރީޢަތް

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލުނު މަނީލޯންޑްރިންގ ދައުވާ ސާބިތުވެެ 5 އަހަރުގެ ޖަލުހުކުމެއް އިއްވައިފި

ޔާމީނުގެ މައްޗަށް އިއްވާފައިވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2019 | ބުރާސްފަތި 10:03
ރައީސް ޢަބްދުﷲ ޔާމީން

ރައީސް ޢަބްދުﷲ ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ 5 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމްކޮށްފިއެވެ.

ދައުލަތަށް ދައްކަންޖެހޭ 5 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ވެސް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މި މިހުކުމުގައި ބުނެފައި ވެއެވެ.

Advertisement - newsAdvertisement

ޔާމީނުގެ މައްޗަށް އިއްވި ޙުކުމުގައި ބުނެފައިވަނީ ދައުލަތުގެ ހުށަހެޅި ހެކިތަކާއި، ހެކިވެރިން ހެކިބަހުން ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެފައިވާކަމަށެވެ. މައްސަލަ ބަލާ ފަސް ގާޒީން ދިރާސާކޮށް ބަހުސްކޮށް 5 ގާޒީންނަށް އިއްތިފާޤުވެވިފައިވަނީ 8 ކަމަކަށް ރިއާޔަތްކޮށް ކުށް ސާބިތުވާކަމަށެވެ.

ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ބޭއްވި ޙުކުމް ކުރުމުގެ ޝަރީއަތުގައި ޔާމީނުގެ ވަނީ ރައީސް ޔާމީނުގެ މައްޗަށް ކުށުގެ އަމަލުގެ ހުރިހާ އުންސުރެއް ހަމަވާކަމަށެވެ. އަދި ޕާޓީއަށް ލިބެންޖެހޭ ފައިސާ ޖަމާކުރަން ޖެހޭނީ ޕާޓީގެ އެކައުންޓަށް ކަން ސިޔާސީ ޕާޓިތަކުގެ ޤާނޫނުން އެގޭކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ. މި ނުކުތާ ޝަރީއަތުން ފާހަގަ ކުރަންޖެހުނީ، ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކާ ގުޅިގެންނެވެ. ރައީސް ޔާމީން ވިދާޅުވެފައި ވަނީ މަނީ ލޯންޑަރ ކުރުމުގެ މިދައުވާގައި ބުނާ، އެއް މިލިއަން ޑޮލަރަކީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކަށް އެހީވާ ފަރާތަކުން ދީފައިވާ ފައިސާކަމަށެވެ.

ހުކުމުގައި ބަޔާން ކޮށްފައިވާ ބައެއް މުހިއްމު ކަންކަން:

1. އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަން ޝަރީއަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކުންނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތުގެ ހެކިބަހުން އެނގުން.

2. އެ ފައިސާއަކީ ގއ. ބޮޑުމުލާ ކިޔާ ފަޅު ރަށެއް ވިއްކާލައި، އިކުއިޒިޝާން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަން އަދީބުއާއި ޒިޔާތުގެ ފަރާތުން ކޯޓުގައި ހެކިބަސް ދެއްވާފައިވާކަން.

3. އެފައިސާ 11 އޮކްޓޯބަރު 2015 ގައި އެސްއޯއެފް އެކައުންޓަށް ޖަމާކޮށް، 13 އޮކްޓޯބަރު 2015ގަ އާއި 15 އޮކްޓޯބަރު 2015ގައި 500،000 ޑޮލަރުގެ ދެ ޗެކަކުން ޖުމްލަ އެއް މިލިއަން ޑޯލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަން

4. ގއ. ބޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ލިބުން ލަސްވެގެން އަދީބަށް ގުޅުއްވައި، އެ ފައިސާ ޖަމާކޮށްދެއްވުން އެދިފައިވުން.

5. އެފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތާއި ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައީސް ޔާމީންއާ ސުވާލުކޮށް، އެފައިސާއަކީ ދައުލަތުގެ ފައިސާކަމާއި އެފައިސާ ބޭނުންނުކޮށް، އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ރައީސް ޔާމީންނަށް ދަންނަވައި، ބޭންކް އޮފް މޯލްޑިވްސްއާ ވާހާކަ ދައްކައިގެން އެސްކްރޯ އެކައުންޓެއް ހަދައި އެފައިސާ އެ އެކައުންޓަށް ޖަމާކުރުމަށް އެއްބަސްވިކަން

6. އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެއްބަސްވި ނަމަވެސް، އެފައިސާގެ ބަދަލުގައި އަދީބަށްފަހު ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރުގެ އެކައުންޓުން އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، މަނީ ލޯންޑަރ ކުރިކަމަށް ބުނާ އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރުގެ "އަސްލު އޮޅުވާލައި" އެފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއް ހުޅުވައި، 36 މަސްދުވަހު ވަންދެން އެފައިސާއިން ފައިދާ ނެގުން.

7. އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން ވިދާޅުވެގެން އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވިކަން މޫސާ ޒަމީރުގެ ހެކިބަހުން އެނގުން.

8. މޫސާ ޒަމީރު އެފައިސާ ހޯއްދެވީ، ހުޅުމާލެގައިވާ އޭނާގެ ބިމެއް ދެ މިލިއަން ޑޮލަރަށް ވިއްކާލުމަށްފަހުކަމާއި އެގޯތި ވަސީމް ކިޔާ މީހަކު ގަތްކަން ޒަމީރުއާއި ވަސީމްގެ ހެކިބަހުން އެނގުން.

9. ދިފާއުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެއީ ޕީޕީއެމް ކެމްޕެއިނަށް ހެޔޮއެދޭ ފަރާތަކުން ދީފައިވާ ފައިސާކަމަށް ވިދާޅުވާއިރު، އެވަރުގެ އަދެދެއް ދުވަހަކު ވެސް ނުލިބޭކަމާއި އެންމެ ގިނަ ވެގެންވެސް ލިބެނީ ލައްކައެއް ނުވަތަ ދެލައްކަ ކަމަށް ވިދާޅުވެ އަދީބު ހެކިބަސް ދިނުން.

10. ސިޔާސީ ޕާޓީއަކަށް ލިބޭ ފައިސާ ހުންނަންޖެހޭނީ، އެޕާޓީގެ ބޭންކު އެކައުންޓްގައި ކަން ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅު ހިސާބުން، އެމައްސަލާގައި އެ ކޯޓުން އަމަލު ކޮށްފައިވާ ގޮތާއި، މިމައްސަލައިގެ ހުކުމާ ހަމައަށް އައިގޮތް ވަރަށް ތަފްސީލްކޮށް ގާޒީ އަލީ ރަޝީދު ވަނީ ހުކުމް އިއްވުމަށް ބޭއްވި މިޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެ ދެއްވާފަ އެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ހުކުމް ކޮށްފައިވާއިރު، އެމައްސަލަ ބައްލަވާފައިވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އެވެ. ނަމަވެސް އެމައްސަލައިގެ ހުލާސާ ބަޔާން އިއްވާ، ހުކުމް ކުރުމާ ހަމާގައި އޮތްވައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައާކާ ގުޅިގެން ގާޒީ ހައިލަމް ވަނީ ސްސްޕެންޑް ކުރައްވާފަ އެވެ. ގާޒީ ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން ކްރިމިނަލް ކޯޓު ހިނގެވުން ވަގުތީ ގޮތުން ހަވާލުކުރެއްވީ އެކޯޓުގެ ގާޒީ އަލީ ރަޝީދު އާއެވެ. އަދި ރައީސް ޔާމީންގެ ފަރާތުން އެދިލައްވާފައިވާތީ، ކްރިމިނަލް ކޯޓުން ވަނީ އެމައްސަލަ ބެލުމަށް ފަސް ގާޒީންގެ ބެންޗެއް އެކުލަވާލާފަ އެވެ.

ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ކްރިމިނަލް ކޯޓު ހިންގުމާއި ވަގުތީ ގޮތުން ޙަވާލުވެވަޑައިގެން ހުންނެވި ގާޒީ ޢަލީ ރަޝީދާއި، ގާޒީ އަޙްމަދު ޝަކީލާއި، ގާޒީ މުޙައްމަދު ސަމީރު ޢަލީ އާދަމްގެ އިތުރުން ޙުސައިން ފާއިޒް ރަޝާދެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު