ހައުސިން މަޝްރޫއުގެ ދަށުން ކުޑަހުވަދޫގެ އަމިއްލަ ގޯތިތަކުގައި ފްލެޓް އެޅުމުގެ ފުރުޞަތު
28 ނޮވެމްބަރު 2019 | ބުރާސްފަތި 03:5301 ޑިސެންބަރުގެ ކުރިން ލިޔުން ހުށަހަޅަންޖެހޭ

ދ. ކުޑަހުވަދޫގެ އޭރިއަލް ފޮޓޯއެއް
ސަރުކާރުން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދ ކުޑަހުވަދޫގައި އަޅާ ހައުސިންގް ޔުނިޓުތަައް، އެރަށުގެ އަމިއްލަ ގޯތިތަކުގައި އެޅުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައިފިއެވެ.
ކުޑަހުވަދޫ ކައުންސިލުން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދ އަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ 900 ހައުސިންގެ ޔުނިޓްގެ ތެރެއިން އެރަށުގައި 400 ހައުސިންގ ޔުނިޓު އަޅަން ނިންމާފައިވާ ކަމަށެވެ.
މިހައުސިންގ ޔުނިޓްތަކުގެ ތެރެއިން އަމިއްލަ މީހުންނަށް ލިބިފައިވާ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް ޑިސެމްބަރު 01 ވަނަދުވަހުގެ 14:00 ގެ ކުރިން ކައުންސިލަށް ގޯތި ނުވަތަ އިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ އަދި ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ ހުށަހެޅުމުގެ ފުރުބަތު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.
ކައުންސިލުން ބުނީ މި މަޝްރޫއުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޔުނިޓްގެ ބޮޑުމިނަކީ ގާތްގަނޑަކަށް 900 އަކަފޫޓް (3 ކޮޓަރީގެ) އަދި ހައުސިންގ ޔުނިޓްއަޅާ ގޯތީގެ ބޮޑުމިން ގާތްގަނޑަކަށް 1400 އަކަފޫޓް ހަމަވާގޮތަށް ކަމަށެވެ.
ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަކީ މިސަރުކާރުގެ ވަޢުދެކެވެ. އެގޮތުން އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ހައުސިން ޔުނިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދެއެވެ.









