Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހީމް ދީދީ (ޑރ ޑީ

ރައީސް ޔާމީނުގެ ޝަރީއަތް ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށް: ޑރ.ޑީޑީ

ފަނޑިޔާރުވެސް ދެފަރާތައް ފުރުސަތު ދޭ މަންޒަރު ރައްޔިތުންނަށް ސާފުކޮށް ހާމަވެގެންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ނޮވެމްބަރު 2019 | ބުދަ 17:32
އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހީމް ދީދީ (ޑރ ޑީޑީ)

އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހީމް ދީދީ (ޑރ ޑީޑީ)

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގ ދައުވާގެ ޝަރީއަތް ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހީމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑިޑީ ވިދާޅުވީ، ރައީސް ޔާމީނުގެ ޝަރީއަތް ކުރިއަށްދަނީ އިޖުރާއަތުތައް ފުރިހަމަވެ، ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި ރައީސް ޔާމީނަށް ބޭނުންފުޅުވާ ހުރިހާ ޤާނޫނީ ފުރުސަތުތަކެއް ފަހިވެގެންދާ މަންޒަރު ފެންނަ ކަމަށާއި، ނަމަވެސް އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށްގެންދިޔައީ އެގޮތަށް ނޫންކަން ޑީޑީ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ހުޅުވާލައިގެން ޝަރީއަތް ހިންގުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށާއި، ހުޅުވާލެވިގެން ޝަރީއަތްތައް ކުރިއަށްދާއިރު ފަނޑިޔާރުވެސް ދެފަރާތައް ފުރުސަތު ދޭ މަންޒަރު ރައްޔިތުންނަށް ސާފުކޮށް ހާމަވެގެންދާ ކަމަށެވެ. އެގޮތުން ހުޅުވާލެވިގެން ގެންދާއިރު ގާޒީ ހައިލަމް ހިންގަވާ ޝަރީއަތްތައްވެސް ގެންދަވާ ގޮތް ތަފާތުކަން ވަކީލުންނާއި ހަވާލާދީ ޑީޑީ ފާހަގަކުރެއްވިއެވެ.

ޑީޑީ އިތުރަށް ވިދާޅުވީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް މި ޝަރީއަތް ވީހާވެސް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ކަމަށެވެ.

އޭގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ކަންކަން ހިނގާފައި އޮތް ގޮތް ތަފާތުކަން ފާހަގަ ކުރައްވައި ޑީޑީ ވިދާޅުވީ، އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަންވެސް އޭރުގެ ސަރުކާރުން ނިގުޅައިގެން ކަމަށާއި، ނަމަވެސް މި ސަރުކާރުން އެފަދައިން ކަންކަން ނުހިންގަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރެވޭ ދައުވާގެ ޝަރީއަތް އިންސާފުވެރިކަމަށް ގިނަ ބަޔަކު ޤަބޫލުކުރާއިރު، ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ބުރާސްފަތު ދުވަހުގެ މެންދުރުފަހު 13:30އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު