Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ-ޕާކިސްތާން މައްސަލަ

އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަން އިންޑިއާއަަށް ދޭން ޕާކިސްތާނުން ދެކޮޅު

ޕާކިސްތާނުން އިންޑިއާއަށް ގޮނޑި ދޭން ބޭނުން ނުވަނީ ކަޝްމީރު މައްސަލައާ ހެދި

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2019 | ބުދަ 08:44
އދ ގެ ސަމާލަތީ މަޖިލީހުގެ މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން

އދ ގެ ސަމާލަތީ މަޖިލީހުގެ މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން

އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންމަބަރުކަން އިންޑިއާއަށް ދޭން ދެކޮޅުހަދާކަން ޕާކިސްތާނުން ހާމަކޮށްފިއެވެ.

އދ ގެ ސަލާމަތީ މަޖިލީހުގައި އަންގާރަދުވަހު ބޭއްވި ބައްދަލުވުމުގައި ޕާކިސްތާނުން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު މުނީރު އަކްރަމް ވަނީ، އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަމާއި، އަދި ދާއިމީ ނޫން މެންބަރުކަމުގެ ގޮނޑި އިންޑިއާއަށް ދޭން އެޤައުމުން ދެކޮޅުހަދާކަން ދޭހަވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. މަންދޫބުގެ ވާހަކަފުޅުގައި ކަޝްމީރުގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވިދާޅުވީ އދ ގެ ސަލާމަތީ މަޖިލީހަށް ކުރިމަތިލާ ގްރޫޕް އޮފް ފޯ(ޖީ4)ގެ ޤައުމުގެތެރެއިން އެއް ޤައުމު އެކަމަށް ކުފޫ ހަމަނުވާކަމަށެވެ. އެއް ޤައުމުގެ ގޮތުގައި މަންދޫބު ފާހަގަކުރައްވަނީ އިންޑިއާ ކަމަށް ބައިނަލް އަޤުވާމީ މީޑިއާތަކުންނާއި ބައިނަލް އަޤުވާމީ މަޞްރަޙު ދިރާސާ ކުރާ މުރާސިލުން ދަނީ ސިފަކުރަމުންނެވެ.

މަންދޫބުގެ ވާހަކަފުޅުގައި ނިޞްބަތް ކުރައްވާފައިވަނީ ކަޝްމީރުގެ މައްސަލައިގައި އދ އިން ފާސްކޮށްފައިވާ ޤަރާރުތަކަށް އިންޑިއާ ބޯ ނުލަނބާ ނުވަތަ އެ ޤަރާރުތައް ތަންފީޒު ނުކުރާ މައްސަލައަށެވެ.

ޖީ4 ގެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އިތުރުން، ޖަރުމަންވިލާތާއި، ބްރެޒިލްއާއި ޖަޕާނެވެ. އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރު ޤައުމުތަކުގެ ތެރޭގައި މިހާރު ހިމެނެނީ އެމެރިކާއާއި، ޗައިނާއާއި، ފަރަންސޭސި ވިލާތާއި، އިގިރޭސި ވިލާތުގެ އިތުރުން ރަޝިޔާއެވެ. މިޤައުމުތަކަކީ ވީޓޯ ކުރުމުގެ ބާރު ލިބިގެންވާ ޤައުމުތަކެވެ.

ޖީ4 ބްލޮކް ނުވަތަ ގްރޫޕް 2005 ވަނަ އަހަރު އެކުލަވާލީ، ދުނިޔެއަށް ކުރިމަތިވާ ތަފާތު އެކި މައްސަލަތަކުގައި، ނުވަތަ ބައިނަލް އަޤުވާމީ ގޮތުން ފެންމަތިވާ ބައެއް މައްސަލަތަކުގައި، ސަލާމަތީ މަޖިލީހަށް ހުށަހަޅާ ޤަރާރު ވީޓޯ ކުރުމުގެ ބާރު ބޭނުންކޮށްގެން ދާއިމީ މެންބަރު ޤައުމުތަކުން މަޖިލީހުން ބޭރުކުރަމުންދާތީ އެވެ. މިކަމާއި ކަންބޮޑުވުން ފާޅުކޮށް އދ ގެ ޗާޓަރަށް އިޞްލާޙުވެސް މިޤައުމުތަކުން ހުށަހެޅިއެވެ. އަދި ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުން އެކުލަވާލާފައިވާ ގޮތް މުރާޖަޢާކުރަންވެސް ޖީ4 ގެ ޤައުމުތަކުން ދިޔައީ އދ އަށް މަޝްވަރާ އަރުވަމުންނެވެ.

ޖީ4 ގެ ޤައުމުތަކުން ވަނީ އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ކަމަށް ކުރިމަތިލާން ކެންޑިޑަސީ ހުށަހަޅާކަން އިޢުލާންކޮށްފައެވެ. އަދި ބްލޮކްގައި ހިމެނޭ ހުރިހައި ޤައުމަކުން މިކަމުގައި އެއްޤައުމު އަނެއް ޤައުމަށް ތާޢީދުކުރާކަންވެސް ވަނީ އިޢުލާން ކޮށްފައެވެ.

އދ ގެ ސަލާމަތީ މަޖިލީހަކީ އދ މައި 6 ގުނަވަންތަކުގެ ތެރެއިން އެންމެ ބާރުގަދަ ގުނަވަނެވެ. އެ މަޖިލީހުގެ ޒިންމާއަކީ ދުނިޔޭގެ ސަލާމަތާއި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް މަސައްކަތްކުރުމެވެ. އޭގެ އިތުރުން ދުނިޔޭގެ އިތުރު ޤައުމަކުން އދ ގައި ބައިވެރިވާނަމަ އެކަމަށް ހުއްދަ ދިނުން ހިމެނެއެވެ. އަދި އދ ގެ ޗާޓަރަށް އެއްވެސް ބަދަލެއް ގެނެވޭނީވެސް އެ މަޖިލީހުން އެކަން ފާސްކޮށްގެންނެވެ. ވީޓޯ ކުރުމުގެ ބާރު ލިބިގެންވާ ދާއިމީ އެންމެ މެންބަރަކު އެކަމާއި އިދިކޮޅު ހެދިނަމަވެސް މަޖިލީހުން އެކަމެއް ފާސް ނުކުރެވޭނެއެވެ.

ޖީ4 ގައި ހިމެނޭ ޤައުމުތަކުން އދ ގައި ޙަރަކާތްތެރިވާތާ 64 އަހަރުވެފައިވާއިރު، 1987 ވަނަ އަހަރުން ފެށިގެން އެޤައުމުތަކުން އަންނަނީ އދ ގެ ސަލާމަތީ މަޖިލީހުގައި ދާއިމީ ނޫން މެންބަރު ޤައުމުތަކުގެ ގޮނޑި އެކި ދައުރުތަކުގައި ފުރަމުންނެވެ. 2010 ވަނަ އަހަރާއި ހަމަޔަށް ބަލާއިރު، ބްރެޒިލް އާއި ޖަޕާނުން 5 ދައުރު، ޖަރުމަނުން 3 ދައުރު އަދި އިންޑިއާއިން 4 ދައުރު ފުރިހަމަކޮށްފައިވެއެވެ.

އިންޑިއާއިން އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރަކަށް ވުމަށް ކުރާ މަސައްކަތާއި ދެކޮޅު ހަދަނީ ކަޝްމީރު މައްސަލައިގައި އިންޑިއާއިން ތަންފީޒު ކުރަމުންދާ ސިޔާސަތުގެ ސަބަބުންނެވެ. އަދި ޞުލްޙައަށް ގޮވާލާ އދ ގެ މުއާހަދާތަކާއި ބައިނަލް އަޤުވާމީ އެކި އެކީ ޤާނޫނުތަކުގެ އިތުރުން ކަޝްމީރުގެ މައްސަލައިގައި އދ ގެ އެކި ގުނަވަންތަކުން އާންމުކޮށްފައިވާ ޤަރާރުތަކާއި ދެކޮޅަށް ކަޝްމީރުގައި އިންޑިއާއިން ހިންގަމުންދާ ޢަމަލުތަކުގެ ސަބަބުންނެވެ.

ފަހަކަށް އައިސް އިންޑިއާއި ޕާކިސްތާނުގެ ސިޔާސީ މަޞްރަޙު ގޯސްވީ، މިދިޔަ އޯގަސްޓްމަހުގެ ފަސް ވަނަ ދުވަހު އިންޑިއާގެ އިންޑިއާގެ ޤާނޫނު އަސާސީއަށް ގެނައި ބަދަލުތަކާއެކު، މައި ސަރުކާރުން ވަނީ އިންޑިއާއިން ވެރިކަން ކުރާ ޖައްމޫ އެންޑް ކަޝްމީރަކީ އަމިއްލަ ސަރުކާރެއް އޮންނަ ސްޓޭޓެއްގެ ބަދަލުގައި އިންޑިއާގެ މައި ސަރުކާރުގެ ބާރު ހިންގާ ދެ ޔޫނިއަން ޓެރިޓަރީގެ ގޮތުގައި ކަނޑައެޅި މައްސަލައިގައެވެ.

ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ޚާއްޞަ އިމްތިޔާޒުތައް ވަނީ އުވާލާފަ އެވެ. މިމައްސަލައިގައި ދެސަރުކާރުގެ މައްސަލަ ހޫނުވެ، މިކަމާއި ނުރުހުން ފާޅުކޮށް ޕާކިސްތާނުންވަނީ އެޤައުމުގައި ހުންނެވި އިންޑިއާގެ ހައިކޮމިޝަނަރު އެޤައުމުން ފޮނުވާލާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފްދު ލަދުގަންނަވާލައި، އައިޕީޔޫގެ ބައްދަލުވުމުން ބޭރުކޮށްފި

އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީހުގެ ވަފްދު ލަދުގަންނަވާލައި، އައިޕީޔޫގެ ބައްދަލުވުމުން ބޭރުކޮށްފި

21 އޮކްޓޯބަރު 2017
އޮޅިގެން ދެވުނު ހަމަލާއެއްގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ 10 މީހަކު މަރުވެއްޖެ

އޮޅިގެން ދެވުނު ހަމަލާއެއްގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ 10 މީހަކު މަރުވެއްޖެ

02 އޮކްޓޯބަރު 2017
ފާދިރީ ރަމް ރަހީމްގެ މައްޗަށް އަދަބު ކަނޑައަޅަން ގާތްވެފައިވާއިރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ތިބީ ތައްޔާރީ ހާލަތުގައި!

ފާދިރީ ރަމް ރަހީމްގެ މައްޗަށް އަދަބު ކަނޑައަޅަން ގާތްވެފައިވާއިރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ތިބީ ތައްޔާރީ ހާލަތުގައި!

28 އޯގަސްޓު 2017
ރައީސް މަޑޫރޯ ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް ނަންގަވައިފި

ރައީސް މަޑޫރޯ ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް ނަންގަވައިފި

19 އޯގަސްޓު 2017
ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ

ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ

29 ޖުލައި 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު