Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

"ރޯޑް ސޭފްޓީ ކައުންސިލެއް" އުފައްދާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަނީ

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކުޅުދުއްފުށީ ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2019 | ބުދަ 06:25
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ކުޅުދުފުށީ ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ކުޅުދުފުށީ ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް

"ރޯޑް ސޭފްޓީ ކައުންސިލް" އެއް އުފައްދާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވައިފިއެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކުޅުދުއްފުށީ ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަޠީފެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ނިޒާމުގައި ގެންގުޅޭ އުޅަނދުތައް ދުއްވުމުގައި އަދި ބޭނުންކުރުމުގައި ހިނގަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވައި މަގުތަކަކީ ރައްކާތެރި ތަންތަން ކަމުގައި ހެދުމަށް އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުމާއި އެ ޤާނޫނު ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުމެވެ.

އެއްގަމު ދަތުރު ފަތުރުގެ ޤާނޫނަށް ހުށަހެޅިފައިވާ ބައެއް އިޞްލާޙުތަކަށް ބަލާލާއިރު މި ޤާނޫނު ތަންފީޒު ކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އަށް ލަފާ ދިނުމަށްޓަކައި " ރޯޑް ސޭފްޓީ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އެކުލަވާލަން ޖެހެއެވެ.

މި ކައުންސިލް އެކުލެވިގެންވާން ޖެހެނީ ސަރުކާރުގެ 6 އިދާރާއެއްގެ މެމްބަރުން ހިމެނޭ ގޮތަށެވެ. އެގޮތުން މި ކައުންސިލުގައި އެއްގަމު ދަތުރު ފަތުރާއި ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ، މަގުހެދުމާއި އިމާރާތްކުރުމާއިގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ އަދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މެމްބަރަކު ހިމަނަން ޖެހެއެވެ. މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މެމްބަރަކު ކައުންސިލުގައި ހިމަނަންޖެހެއެވެ.

މި ކައުންސިލުން މަޝްވަރާ ކުރަމުންދާ ކަމެއްގައި އެ ކަމެއްގެ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދުމުގެ އިޚްތިޔާރު "ރޯޑް ސޭފްޓީ ކައުންސިލް" އަށް ލިބިގެންވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު