Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އެކުލަވާލަންވީ ދިވެހިންގެ ރުހުން އޮތް އިލްމްވެރިންގެ ލިސްޓެއް!

ފަނޑިޔާރުންގެ މަގާމަށް އައްޔަނުކުރަން އިލްމުވެރިންގެ ގުޅުން ޖަމިއްޔާގެ ރުހުން އޮތް ފަރާތްތަކުގެ ލިސްޓެއް ވަނީ އެކުލަވާލާފަ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 26 ނޮވެމްބަރު 2019 | އަންގާރަ 14:25
ރާއްޖޭގެ ބައެއް އިލްމްވެރިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރާއްޖޭގެ ބައެއް އިލްމްވެރިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އިހަކަށް ދުވަހު އަޑުއިވިގެންދިޔައީ އިލްވެރިންގެ ގުޅުން ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިގެން އުޅޭ ރައްޔިތުންތަކެއްގެ ސިޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވި ހަބަރު އެވެ. މިބުނާ ޖަމިއްޔާއިން އާންމުކުރި ބަޔާނުގައި ބުނެފައިވާގޮތުން އެ ސިޓީއަކީ ފަނޑިޔާރުންގެ މަގާމަށް އައްޔަނުކުރަން އެ ޖަމިއްޔާގެ ރުހުން އޮތް ފަރާތްތަކުގެ ނަންތައް ހިމެނޭ ލިސްޓެކެވެ. މިއަދާ ހަމައަށް އައިއިރުވެސް މި ލިސްޓެއްގައި ހިމެނެނީ ކޮންކޮށް ބޭފުޅުންނެއްގެ ނަންތަކެއްކަމެއް ޖަމިއްޔާއިން އާންމުކޮށްފައެއް ނުވެ އެވެ.

ފަނޑިޔާރުކަމަށް އައްޔަންކުރުމަށް އިލްމްވެރިންގެ ގުޅުން ޖަމިއްޔާގެ ރުހުން އޮތް ފަރާތްތަކެއްގެ ލިސްޓެއް ރައީސް ސޯލިހަށް އެރުވިއިރު އޮތީ ދެތިން ސުވާލެކެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުޅި ޖުޑީޝަރީ ހައިޖެކްކޮށް، ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަންގެ ނުޒޫފާއި، ފަސާގައި ޖެހިވަޑައިގެން ފަނޑިޔާރުންތައް ހުކުމްތައް ނެރުއްވަމުންގެންދެވިއިރު، މި ދެންނެވި ދީނީ އިލްމްވެރިން ތިބީ ކޮންތާކުތޯ؟ ރާއްޖެއަށް މިވަގުތު މުހިންމީ އިލްމްވެރިންގެ ރުހުން އޮތް ފަރާތްތަކެއްގެ ސިލްޓްތޯ ނުވަތަ، ފައިސާގެ ދަހިވެތިކަމާއި، ލިބޭ މަގުބޫލުކަމެއްގައި ދީނީ ވާހަކަތަށް ދައްކަވާ އިލްމްވެރިންގެ ބަދަލުގައި، ރައްޔިތުންގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންތިއްބެވި އިލްމްވެރިންގެ ލިސްޓެއްތޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެގޭ ފަނޑިޔާރުގެތަކީ، އެންމެ ޖާހިލިއްޔަ ޒަމާނުގައިވެސް ދުނިޔެ ދެކިފައިނުވާފަދަ، އިންސާފުން ބޭރުގައި ހުކުމްތައް ނެރުއްވުމާއި، ކޮރަޕްޝަނާއި، ފައިސާގެ ނުފޫޒުގައި ހުކުމްތައް ލިޔުއްވަމުންގެންދެވި ފަނޑިޔާރު ގެތަކެކެވެ. ދަންވަރުގައި ކޯޓުތައް ހުޅުވައި، ދަންވަރު 1:13 ގައިވެސް ހުކުމްތައް ނެރުއްވަމުންގެންދެވީ ދައުވާ ލިބޭ މީހާ ބަލި އެނދުގައި ވަނިކޮށެވެ. ހުކުމްތައް ލިޔުއްވަމުންގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިންނެވި މިނިސްޓަރެކެވެ. ފަނޑިޔާރުންނަށް ހުކުމްތައް ގެންގޮސްދިނީ، ޒުވާން ކުދިންކޮޅެއް ބޭނުންކޮށްގެންނެވެ. ސަރުކާރުން ނުރުހޭ ގޮތަކަށް ހުކުމެއް ނެރުއްވާނެކަމަށް ބެލެވިއްޖެނަމަ، ނުވަތަ ހުކުމެއް ނެރިއްޖެނަމަ ކޯޓުތަކުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުންތައް ހައްޔަރުކޮށް، މުޅި ޖުޑީޝަރީ އޮތީ ހައިޖެކްކޮށްފަ އެވެ.

މި ވާހަކަތަކަކީ ރައްޔިތުންނަށް މިއަދު އައު ވާހަކަތަކަށް ނުވިނަމަވެސް، އިލްމްވެރިންގެ ގުޅުމުގައި ތިއްބެވި އިލްމްވެރިންނަށް އެ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާއަށް ފުލުފުލުގައި ސިޓީތައް ފޮނުއްވުމަށް ކެރިވަޑައިގެންނެވި ތަނެއް ފެނިގެންގޮސްފައެއް ނުވެ އެވެ. އެއިރުގައި އިލްމްވެރިންގެ ރުހުން އޮތް ލިސްޓެއް ތައްޔާރުކޮށް، ރައީސަށް އެރުވިތަނެއްވެސް ފެނިގެންގޮސްފައެއް ނުވެ އެވެ. ބަދަލުގައި އިލްމްވެރިންގެ ތެރެއިން ގިނަ އިލްމްވެރިން ތިއްބެވީ ފަރުދާގެ ފަހަތުގައި ފިއްލަވައިގެން ސަރުކާރުން ކުރަމުންގެންދިޔަ އަނިޔާތަކަށް އަތް ޖެއްސެވުމަށެވެ. ނޫނި ތިއްބެވީ ހަނު އެވެ. އެ ސަރުކާރާއި ދެކޮޅަށް އެއްޗެއް ވިދާޅުވުމަށް ކެރިވަޑައިގެންނެވީ ދެތިން އިލްމްވެރިޔަކަށް އެކަނި އެވެ.

ދެން އޮތީ އެހެން ވާހަކައެއްކެވެ. އެއީ ރާއްޖެއަށް މިވަގުތު މުހިންމީ އިލްމްވެރިންގެ ރުހުން އޮތް ފަނޑިޔާރުންތަކެއް އައްޔަންކުރުމަށް ލިސްޓެއްތޯ ނުވަތަ ރައްޔިތުންގެ ރުހުން އޮތް އިލްމްވެރިންގެ ލިސްޓެއްތޯ؟

އެހެނީ ދީން ސިޔާސީ އައްޑަނައެއްގެ ގޮތުގައި ހިއްޕަވާ، ދީނީ އިލްމްވެރިންނަށް ލިބިވަޑައިގަންނަވާ ކުޑަ މާއްދީ އުފަލަކަށްޓަކައި، ދީނީ ބަސް ވިދާޅުވަމުންގޮސް، ދީނީ އިލްމްވެރިންނަށް ރައްޔިތުންނަށް ކުރާ އިތުބާރު އެއްކޮށްމެ ވަނީ ނެތިގެންގޮސްފަ އެވެ. ނަން މަޝްހޫރު ގިނަ ދީނީ އިލްމްވެރިންނަށް ބެލިކަމުގައިވިނަމަވެސް، ފެންނަން އޮތީ މި ހަޤީޤަތްތަކެވެ.

ދީން ބޭނުންކުރައްވާ، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބަައިއްވަންތަކަށް ނަގާލުމަށް މި ދެންނެވި ދީނީ އިލްމްވެރިން ކެނޑިނޭޅިކުރާ މަސައްކަތްތަކުގެ ނަތީޖާއެކީ އެއީ އެވެ. ރައްޔިތުންނަށް ދީނުގައި އޮންނަ ރިވެތި މަގު ބުނެދިނުމުގެ ބަދަލުގައި މި ދެންނެވި ދީނީ އިލްމްވެރިން ކުރައްވާކަމެއްގެ ގޮތުގައިި އޮތީ ކޮންމެވެސް ފަރާތަކާއި މެދު ނަފްރަތު އުފެދޭ ވާހަކަތައް ދަކައި، ޤައުމު ބައިބައިކުރުމެވެ. ގަބޫލުކުރަން ބޭނުންނުވި ނަމަވެސް ކުޑަކުޑަ މިސް ފަސްގަނޑުން ފެނަން ހުރި ހަޤީޤަތްތަކަކީ މިއީ އެވެ.

މި ހުރިހާކަމެއްގެ ތެރެއިން، މިވަގުތު ޤައުމަށް ބޭނުންވަނީ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް އިލްމްވެރިންގެ ރުހުން އޮތް ލިސްޓަކަށްވުރެ ބޮޑަށް، ރައްޔިތުންގެ އިތުބާރާއި، އިހުތުރާމް އޮތް ދީނީ އިލްމްވެރިންގެ ލިސްޓެކެވެ. ސިޔާސީގޮތުން ރާއްޖެ އެވަގުތެއްގައި އޮތް ތަނަކަށް ނުބަލާ، ދީނުގައިވާ ރިވެތި ގޮތް ބުނެދީ، ޤައުމުގެ އެއްބަޔެއްވަންތަކަން ހިފަހައްޓާނެ އިލްމްވެރިންތަކެއް ލިސްޓެކެވެ. ނަފްރަތު އުފެއްދުމުގެ ބަދަލުގައި، ލޯތްބާއި، އިހުތިރާމް އުފައްދާނެ ފަދަ މުޖުތަމައުއެއް ބިނާކުރުމަށް ބާރު އަޅާ އިލްމްވެރިންގެ ލިސްޓެކެވެ.

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2017

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން
10 ސެޕްޓެމްބަރު 2017

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ
09 ސެޕްޓެމްބަރު 2017

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
03 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟
22 އޯގަސްޓު 2017

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު