Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކާގެ ޚާރިޖީ ސިޔާސަތު

ކުރީ ސަރުކާރުން ހަންބަންޓޮޓާ ބަނދަރު ޗައިނާއަށް 99 އަހަރަށް ދިނުމަކީ ހެދި ބޮޑު ގޯހެއް: ސްރީލަންކާގެ ރައީސް

ބިރެއް ނުގަނޭ ޗައިނާއަށް ހަންބަންޓޮޓާ ބަނދަރު ދިގު މުއްދަތަކަށް ދިނުމަކީ ގޯހެކޭ ބުނާކަށް

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2019 | އަންގާރަ 14:36
ސްރީލަންކާގެ ރައީސް \"ބާރަތުޝަކްތީ\" ގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަނީ

ސްރީލަންކާގެ ރައީސް \"ބާރަތުޝަކްތީ\" ގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަނީ

ކުރީ ސަރުކާރުން ސްރީލަންކާގެ ހަންބަންޓޮޓާ ބަނދަރު 99 އަހަރަށް ކުއްޔަށް ދިނުމަކީ އެސަރުކާރުން ހެދި ބޮޑު ގޯހެއް ކަމަށް ސްރީލަންކާގެ މިހާރުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާގެ "ބާރަތުޝަކްތީ އިން" ނޫހުގެ އެޑިޓަރ އިން ޗީފް ޕްރޮގުރާމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. މިއީ ރިޔާސަތާއި ޙަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނު މީޑިއާއަކަށް ވަކިން ދެއްވި މިފަދަ ފުރަތަމަ ބަސްދީގަތުމެވެ.

އެޑިޓަރ އިން ޗީފް ޕްރޮގުރާމުގައި ގޯޓަބަޔާ ރާޖަޕަކްސެ ވަނީ އާ ސަރުކާރުން ޤައުމުގެ ތަރައްޤީއަށް ކުރައްވާނޭ ކަންތައްތަކާއި، އަލަށް ތަންފީޒުކުރައްވާނެ ކަންތައްތަކާއި ގުޅޭ ގޮތުން ވަރަށް ޞަރީޙަ އިބާރާތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ކުރީ ސަރުކާރުން ތަންފީޒު ކުރަމުން ދިޔަ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް އެޅުނު ހުރަސްތަކަށް އަލިއަޅުއްވަލައްވަމުން ވިދާޅުވީ ސްރީލަންކާގެ ބަނދަރުތައް ބޭރުގެ ފަރާތްތަކަށް ދޫކޮށްލުމަކީ ކުރީ ސަރުކާރުން ކުރި ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

އިންޓަވިއުގައި އެޤައުމުގެ ޚާރިޖީ ސިޔާސަތަށް އަލިއްޅުއްވާލައްވަމުން ވިދާޅުވީ، ދުނިޔޭގެ ބާރުތަކުން ނުވަތަ ނުފޫޒު ގަދަ ޤައުމުތަކުން، ދުނިޔެއަށް އަތްގަދަ ކުރަން ކުޅޭ ކުޅިގަނޑުގައި، އެއްވެސް ޤައުމަކާއި އެއްކޮޅަށް ނޯންނާނެކަމަށާއި، ވަކިކޮޅަކަށް ބުރަ ވުމަކީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި ޢަމަލުކުރާނެ ގޮތެއް ނޫންކަމަށެވެ. އަދި އެއްވެސް ޤައުމަކަށް ގެއްލުންވާ ފަދަ ގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް ބަންޓަން ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ. އަދި ސްރީލަންކާގެ މިހާރުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ އެއްވެސް ޤައުމަކަށް ބުރަ ނުވެ، ހުރިހައި ޤައުމަކާއި އެކުވެސް ގުޅިގެން މަސައްކަތް ކުރުން ކަމުގައި ވިދާޅުވިއެވެ.

ގޯޓާބަޔާ ރާޖަޕަކްސަ ވިދާޅުވީ ޗައިނާއިން ސްރީލަންކާއަށް ނުފޫޒު ފޯރުވާކަމުގެ ބިރުވެތިކަމުގައި އިންޑިއާއާއި،ސިންގަޕޫރާއި، އޮސްޓްރޭލިޔާ ފަދަ ޤައުމުތަކުން ސްރީލަންކާއާއި ގާތްގުޅުމެއް ބާއްވަން ފަސްޖެހޭކަމަށެވެ. އެހެންނަމަވެސް، ޗައިނާއާއި އެކު ކުރަމުންދަނީ އިޤްތިޞާދީ މުޢާމަލާތްތަކެއް ކަމަށް ވިދާޅުވެ، އެޤައުމުތަކުން ސްރީލަންކާގައި އިންވެސްޓްކުރުމަށް ދައުވަތުދޭކަން އިޢުލާންކުރެއްވިއެވެ. އަދި ސްރީލަންކާއިން ތަރައްޤީއަށް ކުރަމުންދާ ދަތުރުގައި އެއް ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ހުރިހައި ޤައުމެއްގެ ބައިވެރިވުން ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި ބީރަށްޓެހި ކަން ނައްތާލައި، އެޤައުމުތަކުން ސްރީލަންކާއާއި އެކު ގާތްގުޅުމެއް ބޭއްވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ކުރިން ތަންފީޒުކުރަމުން އައި މިކަމާއި ގުޅިން ހުރި ޤާނޫނާއި ޤަވައިދުތަކުގައި ހުރި ހުރަސްތައް ނައްތާލާނެ ކަމުގެ ޔަޤީންކަން ގޯޓަބަޔާ ވަނީ އަރުވާފައެވެ.

އިންޑިއާގެ "ބާރަތުޝަކްތީ އިން" ނޫހުގެ އެޑިޓަރ އިން ޗީފް ޕްރޮގުރާމަށް ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ އެކްސްކްލޫސިވް އިންޓަވިއު އެއް ދެއްވީ، މިމަހުގެ 29 ވަނަ ދުވަހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވަނިކޮށްނެވެ. މިއީ ރިޔާސަތާއި ޙަވާލުވެވަޑައިގެންނެވި ފަހުން ސްރީލަންކާގެ ރައީސް ބޭރުގެ ޤައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

04 މާރިޗު 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު