Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ޑރ އަފްރާޝީމްގެ ރިޕޯޓާ ގުޅިގެން އެއްވެސް މީހަކަށް ފިޔަވަޅު އެޅޭނެ ޖާގައެއް ނެތްކަމަށް ކޮމިޝަނުން ބުނޭ : އިމްރާން

ދެފަހަރެއްގެ މަތިން ކޮމިޝަންގެ ބޭފުޅުންނާއި ޕީޖީ އޮފީހުގެ ބޭފުޅުންނާއި އަދި ފުލުހުންގެ އިސްވެރިންނާއި ބައްދަލުކުރެއްވި ކަމަށް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 ނޮވެމްބަރު 2019 | އަންގާރަ 06:56
ހޯމް މިނިސްޓަރ އައްޝެއިހް އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އައްޝެއިހް އިމްރާން އަބްދުﷲ

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ޑރ އަފްރާޝީމްގެ މައްސަލަ ބެލުމަށްފަހު ނެރުނު ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރު ކުރުމުގެ އަމުރެއް އަދި މީހެއްގެ މައްޗަށް ދައުވާކުރުމުގެ ޖާގައެއް ނެތްކަމަށް އެކޮމިޝަނުން ބުނެފައިވާކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ރިޟްވާނާއި، ޑރ އަފްރާޝީމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ފިޔަވަޅު އެޅުން ލަސްވަނީ ކީއްވެތޯ މެމްބަރަކު ސުވާލުކުރެއްވުމުން މިނިސްޓަރ ވިދާޅުވީ، ޑރ އަފްރާޝީމްގެ މަރުގެ ރިޕޯޓް ނެރުމާއެކު ދެފަހަރެއްގެ މަތިން ކޮމިޝަންގެ ބޭފުޅުންނާއި، ޕީޖީ އޮފީހުގެ ބޭފުޅުންނާއި އަދި ފުލުހުންގެ އިސްވެރިންނާއި ދެ ފަހަރެއްގެ މަތިން މިނިސްޓަރ އަމިއްލަ ފުޅަށް ބައްދަލުކުރެއްވި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެންމެ ފުރަތަމަ ބައްދަލުވުމުގައި އެރިޕޯޓުގެ މައްޗަށް ބިނާކޮށް ފިޔަވަޅެއް އެޅޭނެ އަދި ހައްޔަރުކުރެވޭނެ އެއްވެސް މީހަކު ހުރިތޯ އެއްސެވި ކަމަށާއި އެއާގުޅިގެން ކޮމިޝަންގެ ބޭފުޅުން ވިދާޅުވީ އެވަގުތުގައި އެކަން ދެންނެވެން ނެތްކަމަށް ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން 24 ގަޑިއިރު އެބޭފުޅުންނަށް އެރުވުމަށްފަހު ރިޕޯޓުތަކާއި ލިބިފައި ހުރި ބަޔާންތަކާއި ގުޅުންހުރި ހުރިހާ އެއްޗެއް ދިރާސާކުރުމަށްފަހު އެއްވެސް މީހެއްގެ މައްޗަށް ހައްޔަރުގެ އަމުރެއް އަދި ދަޢުވާ އެއް ކުރުމަށް ފުރުޞަތު އޮތްތޯ ދިރާސާކޮށްގެން ގެނައުމަށް ދެންނެވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޕީޖީއާއި ކޮމިޝަނުގެ އިތުރުން ފުލުހުންގެ ޓީމެއް އެކުލަވާލާ 24 ގަޑިއިރު ތެރޭގައި އެރިޕޯޓް ދިރާސާކޮށްގެން ގެނައުމަށް ދެންނެވިކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިމައްސަލާގައި ޕީޖީ ފާހަގަކުރެއްވި ކަމަކީ މިމައްސަލާގައި ހިމެނޭ އަލީ ޝާން (ސަޓޯ) ގެ މައްސަލަކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މި މައްސަލައިގައި ސަޓޯގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ އުފުލިއެވެ. ނަމަވެސް ހެކި ނެތުމުން އޭނާގެ މައްޗަށް ދަޢުވާ ސާބިތެއް ނުވެއެވެ. އަދި މައްސަލަ އިސްތިޢުނާފު ވެސް ކޮށްފައެއް ނުވެއެވެ.

މިނިސްޓަރ ވިދާޅުވީ މަރުކޮމިޝަނަކީ ޤާނޫނަކުން ގިނަގުނަ ބާރުތަކެއް ލިބިދީފައިވާ ކޮމިޝަނަކަށް ވުމުން ސީދާ ކޮމިޝަނުގެ ބޭފުޅުންގެ އަރިހުގައި ދެދުވަސްމަތިން ކޮމިޝަނުގެ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރުކުރުމަށް އަދި ދަޢުވާކުރުމަށް ފޮނުވުމުގެ ފުރުޞަތު އޮތްތޯ ސާފުކުރެއްވި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެންޓި ޓެރަރިޒަމްގެ ޤާނޫނަށް އިޞްލާޙު ގެނެވުނު ފަހުން މިހާތަނަށް ނުކުރެވި ހުރި އެތައް މަސައްކަތެއްކޮށް އޭގެ ދަށުން މިހާރުވެސް ބަޔަކު ހައްޔަރުކުރެވިފައިވާ ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ޢަމަލީގޮތުން ބައިވެރިވި މީހުންގެ ގޮތުގައި ރިޕޯޓުގައި ބުނެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމް އަހްމަދާއި، ހ. ހިކޯސްޓް، އަލީ ޝާން (ސަޓޯ) އަދި އޭރު 18 އަހަރު ނުފުރޭ ކުޑަ ކުއްޖެކެވެ.

މިމައްސަލައިގައި ހުމާމުގެ މައްޗަށް ދައުލަތުން ކުރި ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ ސާބިތުވެ، އޭނާގެ މައްޗަށް އިއްވި މަރުގެ ޙުކުމް ކޯޓުގެ ހުރިހާ މަރުޙަލާއަކުން ވެސް ވަނީ ދަމަހައްޓައިފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު