Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުޚީ

ޖަލެއްގައި އަނިޔާވެރި ޢަމަލެއް ހިންގައިފިނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ސްޓޭޓް މިނިސްޓަރު ނަޒީރު

26 ނޮވެމްބަރު 2019 | އަންގާރަ 03:00

ޖަލު ބެލެހެއްޓުމުގެ ނިޒާމު ވަރަށް ބޮޑަށް ވަނީ ހަރުދަނާ ކުރެވިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 26 ނޮވެމްބަރު 2019 | އަންގާރަ 03:00
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު

ރާއްޖޭގެ ޖަލެއްގައި އަނިޔާގެ ޢަމަލެއް ހިނގާކަމުގެ މަޢުލޫމާތު ނުރަސްމީކޮށް ލިބުނު ނަމަވެސް ވަގުތުން އެކަމަށް ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނަޒީރު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރާއެކު ޖަލުގެ ނިޒާމަށް ހަރުދަނާ އުޞޫލުތަކާއި ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެނިޒާމު ވަރަށް ބޮޑަށް ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަޒީރު ވިދާޅުވީ ކުރީ ސަރުކާރުތަކުން ޖަލުގެ މައްސަލަތައް ސިއްރުކޮށް އިހުމާލުވި ކަމަށް ރައްޔިތުން ތުހުމަތުކުރި ނަމަވެސް، މިހާރު އެފަދަ ތުހުމަތު ކުރެވޭނެ ޖާގައެއް ނެތް ކަމަށާއި، ޖަލުތަކުގެ ތެރޭގައި އަނިޔާގެ މައްސަލައެއް ހިނގާކަމުގެ ޝަކުވާ ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް މީޑިއާތަކުން ނުވަތަ އެހެންގޮތަކުން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފިނަމަ ވަގުތުން އެކަމަށް އެޓެންޑް ކުރާނެ ކަމަށެވެ. އަދި އެހާދިސާއެއް ހިނގިގޮތް ތަޙްޤީޤޫކޮށް ފިޔަވަޅު އަޅަން ޖެހޭ ފަރާތަކަށް ފިޔަވަޅު އަޅާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ޖަލުގަ ހިނގާ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، ޢާންމުންނަށް ދޭން ޖެހޭ މަޢުލޫމާތުތައް ސިއްރު ކުރުމެއް ނެތި ހާމަކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ޖަލުތަކުގައި އިޞްލާޙު ކުރަން ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ ނަޒީރު ވިދާޅުވީ، މި ކަންކަން އިޞްލާޙުކުރުމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. މީގެ ސަބަބުން އިޞްލާޙި މަސައްކަތައް ވަގުތު ނެގިކަމުގައި ވިޔަސް އެކަންކަން ޙައްލު ކުރުމަށް އިޞްލާޙީ ފިޔަވަޅުތައް ވަރަށް ހަރުދަނާގޮތެއްގައި ތަންފީޒު ކުރަމުން އަންނަ ކަމަށެވެ. ނަޒީރުގެ ވާހަކަފުޅުގައި ޖަލުގަ ހިނގާ ކަންކަން ބެލުމަށްޓަކައި އަދުގެ ސަރުކާރުގެ އެތެރޭގައި މިހާރު ރޭވިފައިވާ ނިޒާމުގެ ހަރުދަނާކަން ފާހަގަކުރައްވާ އެކަމާއި ހިތްހަމަޖެހޭކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނަޒީރު ވިދާޅުވީ ޤައިދީންގެ ޙައްޤުތައް ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. ފަލަ ސުރުޚީ ޕްރޮގުރާމުގައި ނަޒީރު ތަކުރާރުކޮށް ވިދާޅުވީ ކުރީ ސަރުކާރުތަކުން ޖަލު ބަލަހައްޓަން ގެންގުޅު ސިޔާސަތު އެންމެ ރަނގަޅު ނޫންކަމަށާއި، ޤައިދީންގެ ޙައްޤުތައް ކަށަވަރުވެފައި ނުވަނީ އެ ސިޔާސަތު ތަންފީޒު ކުރުމުގައި އިހުމާލުވެފައިވާތީ ކަމަށެވެ.

އެގޮތުން ޖަލުތަކުގެ އޮފިސަރުން ތަމްރީނުކޮށްފައި ތިބީ ސެކިއުރިޓީ ބެލެހެއްޓުމަށް ކަމަށާއި، އެއޮފިސަރުންގެ ވިސްނުން ހުރީ މީހަކު ބަންދުކޮށްގެން ހިފަހައްޓައިގެން ގެންގުޅުމުގެ ވިސްނުން ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި ޤައިދީންނަކީ ޖަލުގެ މުއްދަތު ނިންމުނަށްފަހު މުޖުއަމަޢަށް ފައިދާހުރި ނުވަތަ ބޭނުންހިފޭ މީހުންގެ ގޮތުން ނެރުމުގެ ވިސްނުމެއް އޭރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޖަލުތަކުގެ އޮފިސަރުންގެ މި ވިސްނުން ބަދަލުކޮށް ޖަލުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ޖަލުތައް ބަލަހައްޓާ އޮފިސަރުންނަށް ކުރިން ދެމުން އައި ތަމްރީނުތަކައް ބަދަލު ގެނެސްފައިވާކަން ނަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެފަހުން ތަމްރީނު ކުރި ބެޗުގެ އޮފިސަރުންގެ ކިބައިން ފެންނަ އަޚްލާޤީ އަދި ސުލޫކީ ކަންކަން ތަފާތުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

04 މެއި 2017

އަނިޔާވެރިކަމަށް އެއްވެސް އިރެއްގައި ކުރިއެރުމެއް ނޯންނާނެ: ޝާހިދު

04 މެއި 2017
އަނިޔާވެރިކަމަށް އެއްވެސް އިރެއްގައި ކުރިއެރުމެއް ނޯންނާނެ: ޝާހިދު
23 އެޕްރީލު 2017

އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީނުގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުން: ފުލުހުން

23 އެޕްރީލު 2017
އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީނުގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުން: ފުލުހުން
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
10 އެޕްރީލު 2017

އިދިކޮޅު ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އަތޮޅުތެރޭގައި މުޒާހަރާކޮށްފި

10 އެޕްރީލު 2017
އިދިކޮޅު ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އަތޮޅުތެރޭގައި މުޒާހަރާކޮށްފި
09 އެޕްރީލު 2017

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

09 އެޕްރީލު 2017
ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ
01 އެޕްރީލު 2017

ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު

01 އެޕްރީލު 2017
ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު
31 މާރިޗު 2017

ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން

31 މާރިޗު 2017
ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް