Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިންސީ ފުރައްސާރައިގެ މައްސަލަ

ފަސް އަހަރުގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ޕީޖީއަށް ފޮނުވީ މި އަހަރު

ޖިންސީ ފުރައްސާރަކޮށްގެން ހުށަހެޅިފައިވާ 9 މައްސަލައެއް މިއަހަރު ފައިލް ކުރެވިފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2019 | އާދީއްތަ 14:45
ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު

ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު

ވޭތުވެ ދިޔަ ފަސް އަހަރު ޕީޖީ އޮފީހަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފޮނުވާފައިވަނީ މިއަހަރު ކަމަށް ފުލުހުންގެ ތަރުޖަމާނު, ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިޒްމިއާ ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާއަކީ ޒަމާނުއްސުރެ ހިނގަމުންދާކަމެއް ކަމަށާއި އަނިޔާ ތަހައްމަލުކުރާ ވަރަށް ގިނަ އަންހެނުންނަކީ އެކަން ސިއްރު ކުރާ މީހުން ކަމަށެވެ. އަދި އެފަދަ އަނިޔާތަކާއި ދެކޮޅަށް އަޑުއުފުލާ އަންހެނުންނަށް އެމީހުންގެ އަނިޔާތައް ހާމަކުރީތީ އެތައް ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިޒްމިއާ ވަނީ ވޭތުވެ ދިޔަ ފަސް އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އަންހެނުންނަށްކުރާ ތަފާތު އަނިޔާތަކުގެ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލާފައެވެ.

އިޒްމިއާ ވިދާޅުވީ އަންހެނުންނަށް ޖިންސީ ފުރައްސާރަކޮށްގެން ހުށަހެޅިފައިވާ 9 މައްސަލައެއް މިއަހަރު ފައިލް ކުރެވިފައިވާކަމަށެވެ. އަދި ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި އަންހެނުންނަށް ޖިންސީ ފުރައްސާރަކޮށްގެން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސައެއް ފޮނުވާފައިވަނީ 2019 ވަނަ އަހަރު އެކަނި ކަމަށެވެ.

އިޒްމިއާ ވިދާޅުވީ މިފަދަ މައްސަލަތައް ބެލުން ރަނގަޅު ކުރުމުގައި ފުރަތަމަ ފިޔަވަޅު އެޅިފައިވާ ކަމަށެވެ. އެހެންނަމަވެސް ހިނގައިގަންނަން ބައިވަރު މަސައްކަތްތައް ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިޒްމިއާ ވިދާޅުވީ މައްސަލަ ހުށަހެޅިފައި ނުވުމަކީ އެފަދަ ކަމެއް ނުހިނގުމެއް ނޫން ކަމަށެވެ. އަދި ރޭޕްގެ މައްސަލަތަކަކީ ދެ ޖިންސަށް ބެލިކަމުގައި ވިޔަސް "އަންޑަރ ރިޕޯޓެޑް" ކޭސްތައްކަން ފާހަގަކުރެއްވިއެވެ. މިފަދަ މައްސަލަތަކުގައި އަންހެނުން ޝިކާރައަށްވާ މައްސަލަތައް ނިސްބަތުން ގިނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އާއްމުކޮށް ހުށަހެޅޭ އޮރިޔާން ކާޑުގެ މައްސަލަތަކަކީ އިނދެގެން އުޅޭ ދެމީހުންނާއި ރައްޓެހިވެގެން އުޅޭ ދެމީހުންގެ ދެމެދުގައި ހިނގާ ކަންކަން ފާހަގަކުރެވޭކަމަށާއި އެގޮތުން ދެމަފިރިން އެކުގައި އުޅޭ ދުވަސްވަރު ދެމަފިރިންގެ ގުޅުމުގެ ތެރެއިން ނަގާފައި ހުންނަ ފޮޓޯތައް އެ ދެމަފިރިން މައްސަލަޖެހޭ ދުވަހު ބޭނުންކުރަނީ ބްލެކްމެއިލް ކުރުމުގެ ހަތިޔާރެއްގެ ގޮތައް ކަމަށް އިޒްމިއާ ވިދާޅުވިއެވެ. އަދި ރައްޓެހިވެގެން އުޅޭ ދެމީހުން ނަގާފައި ހުންނަ "އިންޓިމެޓް" ފޮޓޯތައްވެސް އެތަނުން އަންހެންމީހާ ރުޅިވާން މަސައްކަތްކުރުމުން ފިރިހެން މިހާ އެ ފޮޓޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ހުށަހެޅިފައިވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

ބައެއް ފަހަރު އަންހެން މީހާ ލައްވާ ގަދަކަމުން ބަދުއަޚްލާގީ އަމަލުތައް ހިންގުމަށް މިފަދަ ފޮޓޯތައް ބޭނުންކުރާ ކަމަށާއި ނުދަންނަ މީހުންގެ ފަރާތުން މަދުންނަމަވެސް މިފަދަ މައްސަލަތައް ހުށަހެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެއިތުރުން ފުރާވަރުގެ އަންހެން ކުދިން ފިރިހެންކުދިންނާއި ރައްޓެހިވެ، ޗެޓްކޮށް ހަދާއިރު ފިރިހެނުންގެ ޑިމާންޑްއަށް އަންހެން ކުދިންގެ ޖިންސީ ގުނަވަނުގެ ފޮޓޯތައް ނަންގުވާ، ފޮނުވާ ހަދާކަމަށް ފުލުހުންގެ ފަރާތުން އިޒްމިއާ ވިދާޅުވި އެވެ. އެފޮޓޯތައް އެމީހުން ފަހުން ބޭނުންކޮށްފައި ހުންނަނީ އެ އަންހެން ކުއްޖާއާއި އޭނާގެ އާއިލާ މީހުންނަށް ބްލެކްމެއިލްކުރުމަށްކަން ފާހަގަކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގެ ޝިކާރައަކަށް ވިޔަ ނުދިނުމަށް ކޮންމެ އަންހެނެއްވެސް އަދި ކޮންމެ އަންހެން ކުއްޖެއްވެސް އެމީހެއްގެ ޒާތީ މައުލޫމާތު "އިންޓިމޭޓް" ވަގުތުތަކުގައި ފޮޓޯ ނުނެގުމަށާއި އެފަދަ ފޮޓޮއެއް ނެގިޔަ ނުދިނުމަށް އިޒްމިއާ އިލްތިމާސްކުރެއްވިއެވެ. ކިތަންމެ ލޯބިން، ކިތަންމެ ގިނަ އަހަރުތަކެއް އެކުގައި އުޅުނަސް އަދި ކިތަންމެ އިތުބާރު ކުރެވޭނެ ކަމަށް ގަބޫލުކުރެވުނަސް އަމިއްލަ ނަފްސަށް ކުރާ އިހުތިރާމެއްގެ ގޮތުން އިންޓިމޭޓް ފޮޓޯތައް ނުވަތަ އެހެން އެއްވެސް މީހަކަށް ފެންނަން ބޭނުންނުވާ ކަހަލަ ޒާތީ ފޮޓޯތައް ނުނެގުމަކީ ވަރަށް މުހިއްމުކަމެއްކަމަށް އިޒްމިއާ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކަކީ ގިނަ ބަޔަކު ހުށަހެޅުމަށް ޖެހިލުންވެ، ފަސްޖެހޭ މައްސަލަތަކަކަށްވާތީ، ވަރަށް ގިނަ ފަހަރު ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަތައް އަންނަނީ އެހެން ގޮތްގޮތުން ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުރުމުގެ މައްސައެއް ދިމާވެއްޖެނަމަ ފުލުހުންނަށް އެ މައުލޫމާތު ހިއްސާ ކުރުމަށާއި ސިއްރުކުރުމަކީ އެއްވެސް ހައްލެއް ނޫން ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު