Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް މާރުކޭޓު

މާރުކޭޓު ގޮޅި ތަކުގެ އަދަދު ވީހާވެސް ބޮޑަށް އިތުރުކޮށް، ހަފްތާއެއްގެ ތެރޭގައި އުސޫލު އިއުލާނު ކުރަނީ

ކައުންސިލްގެ އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ގޮޅި ލިބޭނެ ގޮތްވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ނޮވެމްބަރު 2019 | ހޮނިހިރު 19:37
ލޯކަލް މާރުކޭޓު

ލޯކަލް މާރުކޭޓު

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ އަދަދު ވީހާވެސް ބޮޑަށް އިތުރުކޮށް، އަންނަ ހަފްތާ ތެރޭގައި އެކަމާއި ގުޅޭ އުސޫލު އިއުލާނު ކުރައްވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ، ކައުންސިލް ހުރިހާ މެމްބަރުންވެސް އެކަމުގައި އެއްގަލަކަށް އެރިފައިވާ ކަމަށާއި، ވިސްނުމަކީ މާރުކޭޓުގެ ގޮޅީގެ އަދަދު ކުރިއެކޭ އެއް ހަމައެއްގައި އިތުރުކޮށްދީ ވީހާވެސް ގިނަ ރައްޔިތުންނަށް ގޮޅި ލިބޭނެ ގޮތް ވުން ކަމަށެވެ. އެގޮތުން އެކަން ވީހާވެސް ދެފުއް ފެންނަ ގޮތެއްގައި ކުރުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވަމުން ޝިފާ ވިދާޅުވީ، ކުރިއަށް އޮތް ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެތަން ހަދާ ނިންމޭނެ ކަމަށާއި، ޕްލޭނިންގ މިނިސްޓްރީގެވެސް އެހީތެރިކަމާއެކުގައި އެ މަސައްކަތް ކުރުމަށްޓަކައި ޓީމެއް އެކުލަވާލެވިފައިވާ ކަމަށެވެ.

މޭޔަރު ވިދާޅުވީ އެކަމާއި ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްވެސް ކައުންސިލްގެ ބެލުމުގެ ދަށުން ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ހަފްތާ ތެރޭގައި އުސޫލު އާންމު ކުރެވި، ގޮޅިތައް ދޫކުރުމުގެ ކަންކަން އުސޫލާއި އެއްގޮތަށް ކުރިއަށްދާނެކަމަށެވެ.

މިދިޔަ އޯގަސްޓް މަހުގެ 31 ގެ ނިޔަލަށް މާރުކޭޓުގެ ގޮޅިތައް ހުސްކުރަން އަންގާ މާރުކޭޓް މަރާމާތަށް ބަންދުކުރިއިރު 160 އަށްވުރެ ގިނަ ގޮޅި އެތާގައި ހުއްޓެވެ. އަދި ގޮޅިތައް ބަންދު ކުރުމަށް އެންގުމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ޝަކުވާތައް ކައުންސިލަށް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅޭގޮތުން ޝިފާ ވިދާޅުވީ، ގޮޅިތައް ބަންދު ކުރުމަށް ނިންމީ އެކަށީގެންވާ ވަގުތުވެސް އިތުރަށް ދިނުމަށްފަހު ކަމަށާއި، ބަންދު ކުރަން ޖެހުނީ އާންމުންގެ މަސްލަހަތާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ފާހަގަ ކުރެވުމުން ކަމަށެވެ.

އެގޮތުން އެ ސަރަހައްދުގެ ޗަކަ ފެންތަކާއި، ގޮޅިތަކަށް ވާރޭ ވެހުން ފަދަ މައްސަލަތައް ޝިފާ ވަނީ ފާހަގަ ކުރައްވާފައެވެ.

ދަތުރުވެރިންގެ މާރުކޭޓު މާލެ ސިޓީ ކައުންސިލުން އޮގަސްޓް 31 ވަނަ ދުވަހު ބަންދުކޮށްފައިވަނީ މަރާމާތަށް ކަމަށް ބުނެއެވެ. އަދި މަރާމަތަށްފަހު ގިނަވެގެން އެއް މަސްދުވަހުގެ ތެރޭގައި މާރުކޭޓު ހުޅުވާނެ ކަމަށް އޭރު ކައުންސިލުން ވަނީ ބުނެފައެވެ.

އަލުން މާރުކޭޓު ހުޅުވާއިރު 176 ގޮޅީގެ ބަދަލުގައި ހުންނާނީ 63 ގޮޅި ކަމަށާއި އެ ގޮޅިތަކުގައި 8 ފޫޓް 10 ފޫޓް ހުންނާނެ ކަމަށް އޭރު ސިޓީ ކައުންސިލުން ބުންޏެވެ. އެހެންނަމަވެސް މިހާރު މި ވަނީ ގޮޅި ތަކުގެ އަދަދާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ މެދުގައި އުފެނުނު ހިޔާލު ތަފާތުވުންތަކަށް ނިމުމެއް އައިސް ގޮޅިތައް ވީހާވެސް އިތުރު ކުރުމަށްފަހު ދޫކުރުމަށް ކަމަށް ޝިފާ މިވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު