Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމް7

އެމް7 ގެ ބުކްޝޮޕް ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ބުކްޝޮޕް ހުޅުވާފައިވަނީ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ނޮވެމްބަރު 2019 | ހޮނިހިރު 07:49
މި ފިހާރަ ހުންނަނީ ހުޅުމާލޭ ނިރޮޅު މަގު ހަތް ނަންބަރު ގޯޅީގައި

މި ފިހާރަ ހުންނަނީ ހުޅުމާލޭ ނިރޮޅު މަގު ހަތް ނަންބަރު ގޯޅީގައި

އެމް7 ބުކްޝޮޕްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. މި ފިހާރަ ހުންނަނީ ހުޅުމާލޭ ނިރޮޅު މަގު ހަތް ނަންބަރު ގޯޅީގައެވެ.

އެމް7 ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ އެމް7 ގެ ބުކްޝޮޕެއް ހުޅުމާލޭގައި ހުޅުވީ، ސްކޫލް ބަންދު ސީޒަންގައި ހުޅުމާލެއިން ފަސޭހަކަމާއެކު ފޮތް ލިސްޓަށް ފޮތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

ސައްތާރު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް ވިހާ ވެސް ފަސޭހަ ގޮތެއްގައި ފޮތް ލިސްޓް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ. އެމް7 ގެ ފޮތް ސީޒަން މިފަހަރު ތަފާތުކޮށްލުމަށް ފަހު ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުން ފަސޭހަ ކަމާއިއެކު ވައުޗަރަށް ފޮތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

އެމް7 ޕްރިންޓަކީ ރާއްޖޭގެ ބައެއް ޓެކްސްޓް ފޮތްތައް ލިޔެ އުފައްދާ ޗާޕުޚާނާއެވެ. އަދި އެމް7 ގެ ފޮތް ފިހާރަތަކުން ވިއްކާ މޮނިޓަރ ފޮތާއި ސްޓޭޝަނަރީއަކީ ފެންވަރު ރަނގަޅު ސާމާނު ކަމަށް އެ ކުންފުނިން ބުނެއެވެ.

ފޮތް ލިސްޓްތައް ރީތި ޕެކޭޖެއްގައި ފުރަތަމަ ވިއްކަން ފެށީ އެމް7 ބުކްޝޮޕުންނެވެ. މިފަހަރު ވެސް ފޮތްތައް ދޫކުރަން ނިންމާފައިވަނީ ރީތި ޕެކޭޖެއްގައި ކަމަށް އެމް7 އިން ބުނެއެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

12 އެޕްރީލު 2017
އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު