Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑީއާރުޕީ

ޑީއާރުޕީގެ އެސްޖީއަކަށް ޖާބިރުގެ ދަރިކަނބަލުން އައްޔަން ކުރައްވައިފި

23 ނޮވެމްބަރު 2019 | ހޮނިހިރު 07:40

ޑީއާރުޕީގެ އެސްޖީގެ މަގާމަށް ޖާބިރުގެ ދަރިކަނބަލުން އާމިނަތު ޖާބިރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 ނޮވެމްބަރު 2019 | ހޮނިހިރު 07:40
ޑީއާރުޕީގެ އެސްޖީ އާމިނަތު ޖާބިރާއި ބައްޕާފުޅު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު

ޑީއާރުޕީގެ އެސްޖީ އާމިނަތު ޖާބިރާއި ބައްޕާފުޅު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު

ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން، އާމިނަތު ޖާބިރު ހަމަޖައްސައިފި އެވެ.

ޑީއާރުޕީގެ އެސްޖީގެ މަޤާމަށް އާމިނަތު ޖާބިރު ހަމަޖައްސަވާފައިވާއިރު، އެޕާޓީގެ އެސްޖީ އަކަށް އެންމެ ހެފަހުން ހުންނެވީ ގއ. ކޮލަމާފުށި އޯޝަންރީޑް، އަބްދުﷲ އަފީފެވެ.

Advertisement - newsAdvertisement

އަފީފު އެމަޤާމަށް އައްޔަން ކުރައްވާފައިވަނީ ވެސް މި ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަފީފު އެމަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެސްޖީގެ މަޤާމުގައި ހުންނެވީ ނަހުލާ އަލީ އެވެ. ނަހުލާ ވަނީ ދާދިފަހުން ޕީޕީއެމާ ގުޅިވަޑައިގަންނަވާފަ އެވެ.

ޑީއާރުޕީގެ ކުރީގެ ނައިބު ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އެޕާޓީން ވަކިވެވަޑައިގެން ޕީޕީއެމާ ގުޅިވަޑައިގެންނެވުމުން ޑީއާރުޕީގެ ނާއިބު ލީޑަރުކަމަށް ހަމަޖައްސާފައިވަނީ ވެސް ޖާބިރުގެ ކޮއްކޮ އިބްރާހީމް ޝިހާމް އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަމަށް ޖާބިރު އިންތިޚާބުވުމާއެކު، ޖާބިރު ވަނީ މިދިއަ ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޑީއާރުޕީގެ ލީޑަރުގެ މަޤާމަށް ވަޑައިގެން، ޑީއާރުޕީއަކީ ހަރުދަނާ އަދި ހަރަކާތްތެރި ޕާޓީއަކަށް ހެދުމުގެ މަސައްކަތް ކުރައްވަމުން ނެވެ.

އެގޮތުން އެޕާޓީއަށް އިތުރު 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފައްޓަވާފައިވާއިރު، ޑީއާރުޕީގެ ކޮންގްރެސްއެއް ބޭއްވުމަށް ވަނީ ނިންމަވާފަ އެވެ.

ޑީއާރުޕީގެ ކައުންސިލުން ވަނީ އަންނަ 2020 އަހަރުގެ ފެބްރުއަރީ މަހުގެ 27-29 އަށް އެޕާޓީގެ ކޮންގްރެސް ކާށިދޫ ދާއިރާގައި ބޭއްވުމަށް ނިންމާފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 ޖޫން 2017

އެލްޖީއޭ ބޯޑަށް މެމްބަރުން އައްޔަން ކުރެއްވުމަށް ތިން ނަމެއް މަޖިލީހަށް ހުށަހަޅައިފި

05 ޖޫން 2017
އެލްޖީއޭ ބޯޑަށް މެމްބަރުން އައްޔަން ކުރެއްވުމަށް ތިން ނަމެއް މަޖިލީހަށް ހުށަހަޅައިފި
23 މެއި 2017

ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި

23 މެއި 2017
ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި
17 މެއި 2017

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރަކަށް ފައިސަލް އައްޔަން ކުރައްވައިފި

17 މެއި 2017
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރަކަށް ފައިސަލް އައްޔަން ކުރައްވައިފި
27 އެޕްރީލު 2017

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި
22 މާރިޗު 2017

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
19 މާރިޗު 2017

ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!

19 މާރިޗު 2017
ފުލުހުންގެ އިންޓެލިޖެންސް ވެރިއެއް އައްޔަން ނުކުރާތާ ދޮޅު އަހަރު!
09 މާރިޗު 2017

މެންބަރު ވައްޑެގެ ދަރިކަނބަލުން ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި

09 މާރިޗު 2017
މެންބަރު ވައްޑެގެ ދަރިކަނބަލުން ރައީސް އޮފީހުގެ ވަޒީފާ އިން ވަކިކޮށްފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް