Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން ހަނގުރާމަ

ސައުދީގެ ގުޅިފައިވާ ލަޝްކަރުން ޔަމަނަށްދޭ ޙަމަލާތައް 80 އިން ސައްތަ ދަށްކޮށްފި: އދ

23 ނޮވެމްބަރު 2019 | ހޮނިހިރު 08:37

ޔަމަން ހަނގުރާމައިގަ 100 ހާސް މީހުން މަރުވެ، މިލިޔަނަށް ވުރެ ގިނަ މީހުން ޙާލުގައި ޖެހުނު

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 23 ނޮވެމްބަރު 2019 | ހޮނިހިރު 08:37
ބޯޑަރު ހުރަސްކޮށް ދިން ބޮމުގެ ޙަމަލާއެއް

ބޯޑަރު ހުރަސްކޮށް ދިން ބޮމުގެ ޙަމަލާއެއް

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ ސައުދީގެ ގުޅިފައިވާ ލަޝްކަރުން ޔަމަނަށްދެމުންދާ ޙަމަލާތައް މަދުކޮށްފައިވާކަމަށް އދ އިން ބުނެފިއެވެ.

އދ ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އދ އިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މަރޓިން ގްރިފިތްސް ވިދާޅުވީ ހޫޘީންނާއި ދެކޮޅަށް ސައުދީންދޭ ޙަމަލާތަކުގެ މިންވަރު މިދިޔަ ދެހަފުތާއަށް ބަލާއިރު 80 އިން ސައްތަ ދަށްކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ ދެހަފުތާ ތެރޭގައި 48 ގަޑިއިރުވަންދެން ވައިގެ ޙަމަލާއެއް ނުދީ އޮންނަކަމަށާއި، މިއީ ޔަމަނުގައި ސައުދީގެ ގުޅިފައިވާ ލަޝްކަރުން ޙަމަލާދޭން ފެށިފަހުން މިހާ ގިނައިރަށް ޙަމަލާ ހުއްޓާލާފައި އޮންނަ ފުރަތަމަ ފަހަރުކަމަށެވެ.

ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ އެޤައުމުގެ އޭރުގެ ރައީސް އަބްދުއް ރައްބޫ މަންސޫރު ހާދީގެ ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ސައުދީގެ ގުޅިފައިވާ ލަޝްކަރުން ވަނީ 2015 ވަނަ އަހަރުގެތެރޭގައެވެ. އެ ލަޝްކަރުން މަސައްކަތްކުރީ ޔަމަނު ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރަމުންދިޔަ ހޫޘީން މަތަކުރުމަށެވެ. އެގޮތުން ދިން އަސްކަރީ ވައިގެ ޙަމަލާތަކުގައި އާންމުންގެ އެތައްހާސް މީހުން މަރުވިއެވެ. މީގެތެރޭގައި ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ބާޒާރު ޞަރަޙައްދުތަކަށްދޭ ޙަމަލާތަކުގައި މަރުވާ މީހުންގެ އަދަދު ގިނަކަމުން ސައުދީގެ ގުޅިފައިވާ ލަޝްކަރަށް ބައިނަލްއަޤުވާމީ ޤައުމުތަކުގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

ސައުދީ ކޯލިޝަންގެ ޙަމަލާތަކުގައި ޢާންމުން މަރުވަމުންދާ މިންވަރު އިތުރު ވަމުންދާތީ ސައުދީންނާއި ހޫޘީންނާއި ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓާލާ އެއްބަސްވުމަކަށް އައުމަށް، ބައިނަލް އަޤުވާމީ ބައިވެރިވުމާއެކު ސެޕްޓެމްބަރުމަހު ވަނީ މަސައްކަތް ފަށާފައެވެ. އެއްބަސްވުމަކަށް އައުމަށް ބޭއްވި މަޝްވަރާތަކުގައި ހޫޘީން ބުނެފައިވަނީ ސައުދީ ކޯލިޝަނުން ވައިގެ ޙަމަލާތައް އެއްކޮށް ހުއްޓާލައިފިނަމަ، ބޯޑަރު ހުރަސްކޮށް ދެމުންގެންދާ މިސައިލާއި ޑްރޯން ޙަމަލާތައް ހުއްޓާލަނެކަމަށެވެ.

ޔަމަނު ހަނގުރާމައާއި އަދި ހަނގުރާމަ ހުއްޓާލާ އެއްބަސްވުމާއި ގުޅޭގޮތުން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ވިދާޅުވީ، މިފަދަ އެއްބަސްވުމަކަށް އާދެވިއްޖެނަމަ ޔަމަންގެ ދުވަސްވީ ހަމަނެޖެހުން ހުއްޓުވުމަށް، ފުޅާ ދާއިރާއެއްގައި ޞުލްޙައިގެ މަޝްވަރާކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

ޔަމަންގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް އައިއިރު އެއް ލައްކަ މީހުން މަރުވެ، އެތައް މިލިޔަން މީހުން ވަނީ ޙާލުގައި ޖެހިފައެވެ. ޔަމަނުގެ ފަސް އަހަރުވީ ދިގު ހަނގުރާމަ އދ އިން ސިފަކުރަމުންދަނީ ދުނިޔެއަށް މިހާތަނަށް ކުރިމަތިވި އިންސާނީ އެންމެ ބޮޑު ކާރިޘާގެ ގޮތުގައެވެ. އދ އިން ބުނާ ގޮތުގައި 12 މިލިއަން ކުޑަކުދިން މިހަނގުރާމައިގައި ޝިކާރައަކަށްވެ، ބޭރުގެ އެހީއަށް ބޭނުންވެފައިވާކަމަށެވެ.

އދ އިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މަރޓިން ގްރިފިތްސް ވިދާޅުވީ ޔަމަނުގެ މައްސަލަ ޙައްލުކުރަން އދ ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ޤާރާރެއްގެ ދަށުން ކަންކަން ކުރިޔަށް ގޮސްފިނަމަ އަންނަ 2020 ވަނަ އަހަރުގެ ކުރީކޮޅު ޔަމަނުގެ މައްސަލައަށް ޙައްލެއް ލިބޭނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށްވެސް މަންދޫބު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 ޖުލައި 2017

ގަތަރުގެ މައްސަލަ:ޑިމާންޑްތަކާ މެދު ގަތަރު ސީރިއަސް ނޫން ކަމަށް ސައުދީއާ ގުޅިފައިވާ ގައުމުތަކުން ބުނެފި

06 ޖުލައި 2017
ގަތަރުގެ މައްސަލަ:ޑިމާންޑްތަކާ މެދު ގަތަރު ސީރިއަސް ނޫން ކަމަށް ސައުދީއާ ގުޅިފައިވާ ގައުމުތަކުން ބުނެފި
29 ޖޫން 2017

ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި

29 ޖޫން 2017
ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި
22 ޖޫން 2017

ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި

22 ޖޫން 2017
ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
23 މެއި 2017

ޓްރަމްޕްގެ ބަހުގެ ޙަމަލާތައް އީރާނަށް

23 މެއި 2017
ޓްރަމްޕްގެ ބަހުގެ ޙަމަލާތައް އީރާނަށް
20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
24 މާރިޗު 2017

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ

24 މާރިޗު 2017
އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް