Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަމިއްޔަތުއްސަލަފް

ސަލަފް ޖަމިއްޔާ އަބަދުވެސް ހައްދުފަހަނަ އެޅުމާއި ހަރުކަށި ފިކުރާ ދެކޮޅުވާނެ: ޖަމިއްޔަތުއްސަލަފް

22 ނޮވެމްބަރު 2019 | ހުކުރު 13:49

ހަރުކަށި ފިކުރުގެ ފަރާތްތަކަށް އެ ޖަމާއަތުން ނަސޭހަތްދީ ކައުންސެލިންގ ދީފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ނޮވެމްބަރު 2019 | ހުކުރު 13:49
ޖަމިއްޔަތުއްސަލަފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޖަމިއްޔަތުއްސަލަފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ސަލަފް ޖަމިއްޔާއަކީ އަބަދުވެސް ހައްދުފަހަނައަޅާ ދިއުމާއި، ހަރުކަށި ވިސްނުމާ ދެކޮޅު ޖަމިއްޔާއެއްކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ސަލަފް ޖަމިއްޔާއާއި ގުޅުވައި އެކަމުގައި ސަލަފް ޖަމިއްޔާ "ފްރޭމް" ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ، އެކަމުގެ ހަޤީޤަތް ހާމަ ކޮށްދިނުމަށް ހުކުރު ދުވަހު އެ ޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލަފް ޖަމިއްޔާގެ ނައިބް ރައީސް ޝެއިޙް ހަސަން މޫސާ ފިކުރީ ވިދާޅުވީ، ހައްދުފަހަނަ އެޅުމާއި، ހަރުކަށި ވިސްނުމަކީ ސަލަފް އިން ޤަބޫލުކުރާކަމެއް ނޫން ކަަމަށެވެ. އަދި ހަރުކަށި ފިކުރުގެ ފަރާތްތަކަށްވެސް އެ ޖަމާއަތުން ނަސޭހަތްދީ ކައުންސެލިންގ ދީފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

ޝެއިޙް ހަސަން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހިނގާ އެއްވެސް ހަނގުރާމައަކާއި ސަލަފް ޖަމިއްޔަތާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި، އެފަދަ ފިކުރުތަކަށް އެ ޖަމިއްޔާއިން އަބަދުވެސް ދެކޮޅު ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ދީނީ ގޮތުން ފިތުނަ އުފައްދަން މަސައްކަތްކުރާ ބައެއްގެ އަމަލުތަކެއް ކަމަށާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އާއި، ފުލުހުންގެ އިންޓެލިޖެންސަށްވެސް އެކަން އޮޅިފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ސަލަފް ޖަމިއްޔަތާއި ގުޅުވައި އެ ޖަމިއްޔާ ބަދުނާމު ކުރަމުންދާކަމަށް ވިދާޅުވެ ސަލަފް ޖަމިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިޙް އަޙްމަދު ސަލީމް ވިދާޅުވީ، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅޭގޮތުން ނެރިފައިވާ ރިޕޯރޓުގައި ސީދާ އެ ޖަމިއްޔާއާއި ގުޅުން އޮތް ކަމެއް ކަމަށް ބަޔާން ކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ރިޕޯރޓްގައި ބަޔާން ކޮށްފައިވަނީ ޑރ.އަފްރާޝީމްއަށް އިލްމީ ގޮތުން ދީފައިވާ ރައްދެއްގެ ވާހަކަ ކަމަށާއި، އެއަށްވުރެ މާ ވަރުގަދަ އަދި ހަރުކަށި ރައްދުތައް އެހެން ފަރާތްތަކުން ދީފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ޑރ. އަފްރާޝީމް އަލީއަކީ ދީނީ ގޮތުން ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، އެފަދަ ބޭފުޅަކަށް ސީދާ ހަމަލާއެއްދީ އަވަހާރަ ކޮށްލުމަކީ ހުރިހާ އިލްމުވެރިންނަށް އަމާޒުކޮށް ދިން ހަމަލާއެއް ގޮތުގައިވެސް އެ ޖަމިއްޔާއިން ވަނީ ސިފަކޮށްފައެވެ.

އޭގެއިތުރުން، މިހާރު ކަންކަން ހިނގަމުންދާ ގޮތުން ޖަމިއްޔާއާއި ދޭތެރޭގައި ކަންކަންވާނެ ގޮތެއް ނޭނގޭ ކަމަށާއި، ނަމަވެސް ޖަމިއްޔާ އުވާލައިފި ނަމަ އަމަލު ކުރާނެ ވަކި ގޮތެއް އަދި ވިސްނާފައި ނުވާކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގުޅޭ ގޮތުން މަަރު ކޮމިޝަނުން ނެރުއްވާފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ސަބް ކޮމެޓީއެއް އެކުލަވާލާލުމަށް ފަހު ވަނީ ރިޕޯޓެއް ތައްޔާރުކޮށްފައެވެ. ސަބް ކޮމެޓީގެ ރިޕޯޓުގައި ސަލަފު ޖަމިއްޔާއަކީ ޓެރަރިޒަމްއަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި ފާހަގަކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2017

ރާއްޖޭގެ ސަލާމަތީ ކަންކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމްއާއި، ހައްދުފަހަނަ އެޅުން: ސަފީރު އަހުމަދު މުހައްމަދު

24 އޮކްޓޯބަރު 2017
ރާއްޖޭގެ ސަލާމަތީ ކަންކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމްއާއި، ހައްދުފަހަނަ އެޅުން: ސަފީރު އަހުމަދު މުހައްމަދު
23 އޮކްޓޯބަރު 2017

ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމާއި ދެކޮޅު ހެދޭނެ ބާރެއް ނެތް: ކުޅުދުއްފުށީ ކައުންސިލް

23 އޮކްޓޯބަރު 2017
ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމާއި ދެކޮޅު ހެދޭނެ ބާރެއް ނެތް: ކުޅުދުއްފުށީ ކައުންސިލް
15 ސެޕްޓެމްބަރު 2017

ޤާނޫނުތައް ނެގެހެއްޓުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނަން: ރައީސް ޔާމީން

15 ސެޕްޓެމްބަރު 2017
ޤާނޫނުތައް ނެގެހެއްޓުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނަން: ރައީސް ޔާމީން
16 އޯގަސްޓު 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭންޖެހޭ:ސަލަފް

16 އޯގަސްޓު 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭންޖެހޭ:ސަލަފް
24 ޖުލައި 2017

ސުޕްރީމް ކޯޓުން އިންސާފު ލިބުމަށް ހުރަސް އެޅުމާއި މަޖިލީހަށް ވަނުމަށް ހުރަސް އެޅުމާ ތަފާތެއް ނެތް: މައުމޫން ހަމީދު

24 ޖުލައި 2017
ސުޕްރީމް ކޯޓުން އިންސާފު ލިބުމަށް ހުރަސް އެޅުމާއި މަޖިލީހަށް ވަނުމަށް ހުރަސް އެޅުމާ ތަފާތެއް ނެތް: މައުމޫން ހަމީދު
10 ޖުލައި 2017

ޕާޓީ ބަދަލުކުރުމަކީ ގޮނޑި ގެއްލެންޖެހޭ ކަމެއް ކަމަށް އަބަދުވެސް ގަބޫލުކުރަން: އަބްދުއްރަހީމް

10 ޖުލައި 2017
ޕާޓީ ބަދަލުކުރުމަކީ ގޮނޑި ގެއްލެންޖެހޭ ކަމެއް ކަމަށް އަބަދުވެސް ގަބޫލުކުރަން: އަބްދުއްރަހީމް
26 ޖޫން 2017

ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް: އާސިމް

26 ޖޫން 2017
ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް: އާސިމް
26 މާރިޗު 2017

މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި

26 މާރިޗު 2017
މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް